Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026 | ބުދަ 10:01

އީރާނުގެ ދައުލަތުގެ މީޑިއާ އިން އާންމު ކުރި ބަޔާނެއްގައި، އެ ޤައުމުގެ އަސްކަރިއްޔާގެ މަރުކަޒީ އޮޕަރޭޝަނަލް ކޮމާންޑް ޚާތަމުލް އަންބިޔާއު އިން ބުނީ، އެމެރިކާ އާއި ޔަހޫދީ ދައުލަތް އިޒްރޭލަށް ނިސްބަތްވާ އިޤްތިޞާދީ މަރުކަޒުތަކާއި، ބެންކު ތަކަށް ހަމަލާ ދިނުމުގެ ފުރުސަތު ދުޝަމަނުން މިހާރު ފަހި ކޮށްދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 10:01
އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުުﷲ ރޫހުﷲ ޚުމައިނީ (ވ)، އެމަނިކުފާނުގެ ފަހުން އެ މަގާމަށް ވަޑައިގެންނެވި އަދި ދާދި ފަހުން އަވަހާރަ ވެފައިވާ އަލީ ޚާމަނާއީ (މ)، އެމަނިކުފާނުގެ ދަރިކަލުން އަދި އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ (ކ) އާ ޤައުމީ ދިދަ ހަވާލުކުރައްވާ މަންޒަރު ފެެންނަ ފޮޓޯ ގަނޑެއް

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އާޔަތުުﷲ ރޫހުﷲ ޚުމައިނީ (ވ)، އެމަނިކުފާނުގެ ފަހުން އެ މަގާމަށް ވަޑައިގެންނެވި އަދި ދާދި ފަހުން އަވަހާރަ ވެފައިވާ އަލީ ޚާމަނާއީ (މ)، އެމަނިކުފާނުގެ ދަރިކަލުން އަދި އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ (ކ) އާ ޤައުމީ ދިދަ ހަވާލުކުރައްވާ މަންޒަރު ފެެންނަ ފޮޓޯ ގަނޑެއް | އޭއެފްޕީ

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، ސަރަހައްދުގައި ހުރި އެ ދެ ޤައުމުގެ އިޤްތިޞާދީ މަރުކަޒު ތަކަށް ވެސް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި އެވެ.

ބުދަ ދުވަހު އީރާން އިން މިފަދަ އިންޒާރެއް ދީފައި ވަނީ، އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އީރާންގެ ބެންކަކަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައި ވަނިކޮށެވެ. އީރާން އިން ބުނެފައި ވަނީ އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ ތަން ތަނަށް ހަމަލާ ދޭނެ ކަމަށާއި، އޭގެ ތެރޭގައި ބެންކުތައް ވެސް ހިމެނޭނެ ކަމަށެވެ. 

އީރާންގެ ދައުލަތުގެ މީޑިއާ އިން އާންމު ކުރި ބަޔާނެއްގައި، އެ ޤައުމުގެ އަސްކަރިއްޔާގެ މަރުކަޒީ އޮޕަރޭޝަނަލް ކޮމާންޑް ޚާތަމުލް އަންބިޔާއު އިން ބުނީ، އެމެރިކާ އާއި ޔަހޫދީ ދައުލަތް އިޒްރޭލް އަށް ނިސްބަތްވާ އިޤްތިޞާދީ މަރުކަޒުތަކާއި، ބެންކު ތަކަށް ހަމަލާ ދިނުމުގެ ފުރުސަތު ދުޝަމަނުން މިހާރު ފަހި ކޮށްދީފައިވާ ކަމަށެވެ. މިއީ އީރާންގެ މުހިންމު ތަން ތަނަށް ދެމުންދާ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން ކުރާނެ ކަމެއް ކަމަށް ވެސް އެ ކޮމާންޑް އިން ބުނެފައިވެ އެވެ. 

މި ނިންމުމާ ގުޅިގެން މުޅި ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުން، ބެންކުތަކާ އެއް ކިލޯ މީޓަރު ކައިރިއަށް ނުދިޔުމަށް އީރާންގެ އަސްކަރިއްޔާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. މިއީ ހަމަޅާ ތަކުގެ ސަަބަބުން އާންމު މީހަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ރިޕޯޓު ތަކުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އީރާންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންގާރަ ދުވަހުގެ ރޭ އެމެރިކާ އާއި އިޒްރޭލް އިން ވަނީ އެ ޤައުމުގެ ވެރި ރަށް ތެހެރާންގައި ހުންނަ ބެންކަކަށް ހަމަލާ ދީފަ އެވެ. މި ހަމަލާ ތަކުގައި ބެންކުގެ މުވައްޒަފުންގެ ތެރެއިން ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، މަރުވި މީހުންގެ ސީދާ އަދަދެއް ކަށަވަރު ކުރެވިފައި ނުވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލްއެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2026

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

11 މާރިޗު 2026
އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި
11 މާރިޗު 2026

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް
11 މާރިޗު 2026

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

11 މާރިޗު 2026
ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި
11 މާރިޗު 2026

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

11 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި
11 މާރިޗު 2026

ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

11 މާރިޗު 2026
ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ
11 މާރިޗު 2026

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް
11 މާރިޗު 2026

އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި

11 މާރިޗު 2026
އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި
11 މާރިޗު 2026

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026
ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި
11 މާރިޗު 2026

ޓްރަމްޕްގެ އެޑްވައިޒަރަކާ ބައްދަލު ކުރުމުގެ ހުއްދަ އަކަށް ޖަލުގައި ހުންނެވި ބޮލްސޮނާރޯ، ސުޕްރީމް ކޯޓުގައި އެދިއްޖެ

11 މާރިޗު 2026
ޓްރަމްޕްގެ އެޑްވައިޒަރަކާ ބައްދަލު ކުރުމުގެ ހުއްދަ އަކަށް ޖަލުގައި ހުންނެވި ބޮލްސޮނާރޯ، ސުޕްރީމް ކޯޓުގައި އެދިއްޖެ
11 މާރިޗު 2026

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް