Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޕުޓިން ގެންދަވަނީ އީރާންގެ ލީޑަރުންނާ ބަރާބަރަށް މުއާމަލާތް ކުރައްވަމުން

މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު އޮތް ޙާލަތާ ގުޅިގެން ފާއިތުވި ދުވަސް ތަކުގައި ރަޝިޔާގެ ރައީސް ޕުޓިން އާއި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސާރުގޭ ލަވްރޮވް ވަނީ އީރާންގެ އިސްވެރިންނާ ވާހަކަ ދެއްކެވުން ކުރިއަށް ގެންދަވާފައި. އެގޮތުން ރަޝިޔާ އާއި އީރާންއާ ދެމެދު ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 11:22
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން | ރޮއިޓާސް

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ގެންދަވަނީ އީރާނުގެ ލީޑަރުންނާ ބަރާ ބަރަށް މުއާމަލާތު ކުރައްވައި، ގުޅުން ބާއްވައި އަދި ސަރަހައްދީ ސަލާމަތަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިތްރީ ޕެސްކޮވް ވިދާޅުވީ، އީރާނާއި އީރާންގެ ލީޑަރުންނާއި، ރަޝިޔާއާ ދެމެދު ދެމެހެއްޓެނިވި ގުޅުމެއް އޮތް ކަމަށެވެ. އޭނާ ވިދާޅުވީ ސަރަހައްދުގައި ސުލްޙަ އާއި ސަލާމަތް އަލުން ޤާއިމު ކުރުމަށް ކުރެވިދާނެ ކޮންމެ ކަމެއް ކުރުމަށް، ރަޝިޔާ އަބަދު ވެސް ތައްޔާރަށް އޮތް ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމަށް ވެސް، ޕެސްކޮވް ވަނީ ހާމަ ކުރައްވައިފަ އެވެ. 

މެދު އިރުމަތީގެ ސަރަހައްދުގައި މިހާރު އޮތް ޙާލަތާ ގުޅިގެން ފާއިތުވި ދުވަސް ތަކުގައި ރަޝިޔާގެ ރައީސް ޕުޓިން އާއި، ރަޝިޔާގެ ފޮރިން މިނިސްޓަރު ސާރުގޭ ލަވްރޮވް ވަނީ އީރާންގެ އިސްވެރިންނާ ވާހަކަ ދެއްކެވުން ކުރިއަށް ގެންދަވައިފަ އެވެ. އެގޮތުން ރަޝިޔާ އާއި އީރާންއާ ދެމެދު ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

މީގެ އިތުރުން ރަޝިޔާގެ ރައީސް ޕުޓިން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާ ތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ މަޝްވަރާ ތަކަކީ ވަރަށް ރަނގަޅު އަދި އުންމީދީ މަޝްވަރާ ތަކެއް ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، މެދު އިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، ބައިނަލްއަޤުވާމީ މުޖުތަމައުން އަންނަނީ އެ ސަރަހައްދުގެ ޙާލަތާ މެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މި ޙާލަތުގައި ރަޝިޔާ އިން އީރާން އާއެކު ގާތް ގުޅުމެއް ބޭއްވުމަކީ، ސަރަހައްދުގެ ސިޔާސީ ހަމަހަމަކަން ދެމެހެއްޓުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް ބައިނަލްއަޤުވާމީ މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނުމާ ގުޅިގެން، ރަޝިޔާ އިން ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. އެެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ވެފައިވާއިރު، އެ މަގާމަށް ފަހުން އައްޔަން ކުރެއްވި މުޖުތަބާ ޚާމަނާއީ އަށް ވެސް ޕުޓިން ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރަޝިއާ-އީރާންރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލެވްރޯވް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލްގެ އިޤްތިޞާދީ މަރުކަޒު ތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

11 މާރިޗު 2026
އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

11 މާރިޗު 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026
ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

11 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

11 މާރިޗު 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު