Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026 | ބުދަ 08:11

ސައުދީގެ ކެބިނެޓުން ވަނީ އެ ޤައުމަށާއި، ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކާއި، ބައެއް އަރަބި ޤައުމުތަކާއި، އިސްލާމީ ޤައުމުތައް އަދި ރަޙުމްތެރި ޤައުމު ތަކަށް އީރާން އިން ދެމުންދާ ހަމަލާތައް ކުށްވެރި ކުރާ ކަމަށް. އެ ހަމަލާ ތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރި ކަަަމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށާއި، އެއީ ބައިނަލްއަޤުވާމީ ޤާނޫނު ތަކުގެ އިތުރުން، މުއާހަދާތަކާ ފުށު އަރާ ކަމެއް ކަމަށް ވެސް ސައުދީގެ ކެބިނެޓުން ވަނީ ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 08:11
ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން އީރާން އިން ރައްދުގައި ހަމަލާ ތަކެއް ދެމުން އަންނައިރު، ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލިސް ނުވަތަ، ކެބިނެޓުން ވެސް އީރާން ކުށްވެރި ކުރާ ކަމަށް ނިންމައިފި އެވެ.

އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ސައުދީ އަރަބިއްޔާގެ ކެބިނެޓުގައި ވަނީ އެ ޤައުމުގެ ސިޔާދަތާއި، ސަރަހައްދީ ހަމަޖެހުން ރައްކާތެރު ކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމުގެ ހައްގު ސައުދީ އަރަބިއްޔާ އަށް ލިބިގެންވާ ކަމަށް ނިންމައިފަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އެވެ. 

ކެބިނެޓުގެ ބައްދަލުވުމުގައި ސައުދީގެ ވަޒީރުން ވަނީ، އެ ޤައުމުގެ އެކި އެކި ސަރަހައްދު ތަކަށާއި، ތަން ތަނަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި "ދުޝްމަނުންގެ" މިސައިލްތަކާއި ޑްރޯންތައް ހުއްޓުވައި ނައްތާލުމުގައި ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ދެއްކި ހުނަރުވެރި ކަމަށް ތައުރީފު ކޮށްފަ އެވެ. ވަޒީރު ފާހަގަ ކުރައްވާފައި ވަނީ، އެކަމުން ދައްކުވައި ދެނީ ސައުދީ އަރަބިއްޔާާގެ ދިފާއީ ނިޒާމުގެ ބާރުވެރިކަން އަދި ޚަރުދަނާކަން ކަމަށެވެ. 

މީގެ އިތުރުން ސައުދީގެ ކެބިނެޓުން ވަނީ އެ ޤައުމަށާއި، ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ޤައުމުތަކާއި، ބައެއް އަރަބި ޤައުމުތަކާއި، އިސްލާމީ ޤައުމުތައް އަދި ރަޙުމްތެރި ޤައުމު ތަކަށް އީރާން އިން ދެމުންދާ ހަމަލާތައް ކުށްވެރި ކުރާ ކަމަށެވެ. އެ ހަމަލާ ތަކަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރި ކަަަމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިމަތިވެފައިވާ ނުރައްކަލެއް ކަމަށާއި، އެއީ ބައިނަލްއަޤުވާމީ ޤާނޫނު ތަކުގެ އިތުރުން، މުއާހަދާތަކާ ފުށު އަރާ ކަމެއް ކަމަށް ވެސް ސައުދީގެ ކެބިނެޓުން ވަނީ ނިންމައިފަ އެވެ. ޚާއްސަ ގޮތެއްގައި އާންމު ތަންތަނާއި، ވަސީލަތްތަކަށް ހަމަލާ ދިނުމަކީ ވަރަށް ސީރިއަސް ކަމެއް ކަމަށް ކެބިނެޓުން ފާހަގަ ކޮށްފައިވެ އެވެ. 

ސައުދީގެ ކެބިނެޓުން އީރާން ކުށްވެރި ކޮށްފައިވާއިރު، މިއީ އެމެރިކާ އާއި އިޒްރޭލް އިން އިސްވެ އީރާން އަށް ހަމަލާ ދިނުމުގެ ސަބަބުން ފެށިފައިވާ ހަނގުރާމަ އެކެވެ. ނަމަވެސް، އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކުގެ އެއްވެސް ވާހަަކައެއް އެ ކެބިނެޓުގައި ގެނެސްފައި ނުވެ އެވެ. އެ ކެބިނެޓުން ވަނީ މިހާރު މެދު އިރުމަތީގެ ސަރައްދުގައި ކުރިމަތިވެފައިވާ ގޮން ޖެހުންތަކާ ކުރިމަތިލުމަށް ގަލްފުގެ ޤައުމުތަޚާއި، އަރަބި ބައިވެރިންނާ އެކު ސައުދީ އަރަބިއްޔާ އިން ކުރަމުން އަންނަ މަސައްކަތް ތަކަށް ވެސް ބަލާލައިފަ އެވެ. 

މިގޮތުން ގަލްފު ކޯޕަރޭޝްން ކައުންސިލް އާއި، ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުން ގުޅިގެން ބޭއްވި ބައްދަލުވުމުގެ އިތުރުން، އަރަބި ލީގުގެ ބައްދަލުވުމުގައި ނެރުނު ބަޔާން ތަކަށް ސައުދީގެ ވަޒީރުން ވަނީ މަރުޙަބާ ކިޔުއްވައިފަ އެވެ. މި ދެ ބައްދަލުވުމުގައި ވެސް ވަނީ އީރާން އިން ދިން ހަމަލާތައް ކުށްވެރިކޮށް، އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ޔަޤީން ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައޫދީ އަރަބިއްޔާސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2026

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

11 މާރިޗު 2026
ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި
11 މާރިޗު 2026

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

11 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި
11 މާރިޗު 2026

ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

11 މާރިޗު 2026
ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ
11 މާރިޗު 2026

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް
11 މާރިޗު 2026

އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި

11 މާރިޗު 2026
އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި
11 މާރިޗު 2026

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026
ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި
11 މާރިޗު 2026

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން
11 މާރިޗު 2026

އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި

11 މާރިޗު 2026
އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި
11 މާރިޗު 2026

އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި

11 މާރިޗު 2026
އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި
11 މާރިޗު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާގެ 140 ސިފައިން ޒަޚަމްވެއްޖެ ކަމަށް ޕެންޓަގަން އިން ބުނެފި

11 މާރިޗު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާގެ 140 ސިފައިން ޒަޚަމްވެއްޖެ ކަމަށް ޕެންޓަގަން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް