Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން ހަނގުރާމަ ނިންމާނީ ޓްރަމްޕްގެ މަޤުސަދުތައް ހާސިލުވުމުން ކަމަށް ބުނެފި

އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ މައިގަނޑު މަޤުސަދު ތަކުގެ ތަފްސީލް ދެއްވަމުން ލެވިޓް ވިދާޅުވީ، އީރާންގެ މިސައިލް ތަކާއި، އެ ތަކެތި އުފެއްދުމުގެ ޤާބިލުކަން ނައްތާލުން، އަދި އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލުން ހިމެނޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 މާރިޗު 2026 | ބުދަ 09:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކަނޑައަޅުއްވާފައިވާ މަޤުސަދުތައް ޙާސިލުވުމުން ކަަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލެވިޓް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެވިޓް ވިދާޅުވީ، އީރާންގެ އަމާޒު ތަކަށް އެމެރިކާ އާއި އިޒްރޭލް ގުޅިގެން ދެމުންދާ ހަމަލާތައް ހުއްޓާލާނީ ކަނޑައެޅިފައިވާ އަސްކަރީ ލަނޑު ދަނޑިތައް ފުރިހަމަ އަށް ހާސިލުވުމުން ކަމަށެވެ. އަދި އީރާން އިން ރަސްމީކޮށް އެއްބަސް ވިޔަސް ނުވިޔަސް، އެ ޤައުމުން އެއްވެސް ޝަރުތަކާ ނުލައި ފުރިހަމަ އަށް އަމާންދޭ ޙާލަތަށް ދިޔުމަކީ އެ އޮޕަރޭޝަންގެ މައިގަނޑު އެއް މަގުސަދު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކުރިއެރުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލެވިޓް ވިދާޅުވީ، ހަމަލާތައް ކުރިއަށް ދަނީ ރޭވިފައިވާ ތާވަލަށް ވުރެ ވެސް ބާރު މިނުގައި ކަމަށެވެ. އެގޮތުން އެމެރިކާގެ އަސްކަރިއްޔާ އާއި، ހިތްވަރު ގަދަ ސިފައިން ވަރަށް ހަލުވިކަމާ އެކު ކަނޑައެޅިފައިވާ އަމާޒުތައް ހާސިލު ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެެވެ. ލެވިޓްގެ އިތުރުން ޓްރަމްޕް ވެސް ވަނީ މިހެން ވިދާޅުވެފައެވެ. އަދި ހަނގުރާމަ ކާމިޔާބުވަމުން ދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. 

އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންގެ މައިގަނޑު މަޤުސަދު ތަކުގެ ތަފްސީލް ދެއްވަމުން ލެވިޓް ވިދާޅުވީ، އީރާންގެ މިސައިލް ތަކާއި، އެ ތަކެތި އުފެއްދުމުގެ ޤާބިލުކަން ނައްތާލުން އަދި އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން އީރާނަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ދާއިމީ ގޮތެއްގައި ކަށަަވަރު ކުރުމާއި، އެ ސަރަހައްދުގައި ޙަރަކާތްތެރިވާ އީރާނަށް ތާއީދު ކުރާ ޓެރަރިސްޓު ޖަމާއަތްތައް ބަލިކަށި ކޮށްލުމަކީ ވެސް، އޮޕަރޭޝަންގެ މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލް އިން ގެންދަނީ އީރާންގެ އެކި ސަރަހައްދު ތަަކަށް ހަމަލާ ދެމުންނެވެ. އޭގެ ރައްދުގައި އީރާން ވެސް ވަރުގަދަ ހަމަލާ ތަކެއް ދެމުން އަންނައިރު، އެމެރިކާ އާއި އިޒްރޭލް އަށް ވެސް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ. ޚާއްސަކޮށް މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ ގިނަ އަސްކަރީ ބޭސް ތަކަށް އީރާން އިން ހަމަލާ ދީފައިވާއިރު، އެ ތަންތަނަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެސް ލިބިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކެރޮލައިން ލެވިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026
ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

11 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

11 މާރިޗު 2026
ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު