Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިރާގު

އިރާގުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެންނަން ނިންމާފައި ވަނިކޮށް، ރޫބިއޯގެ ވަރުގަދަ އިންޒާރެއް

އަލް މާލިކީގެ ކުރީގެ ސަރުކާރާ މެދު އެމެރިކާ އިން ހިތްހަމަ ނުޖެހޭކަން އެމެރިކާ އިން ވަނީ އިރާގަށް އަންގާފައި. އަދި ޤައުމުގެ ބޮޑު ވަޒީރު ހޮވުމަކީ އިރާގުގެ ނިންމުމެއް ކަމަށާއި، ނަމަވެސް، ދެން އަންނަ ސަރުކާރާ މެދު އެމެރިކާ އިން، އެމެރިކާގެ މަސްލަހަތަށް ރިއާޔަތްކޮށް ނިންމުންތައް ނިންމާނެ ކަމަށް އެމެރިކާ އިން ބުނެފައިވާ ކަމަށް މައުލޫމާތު ދީފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2026 | ހޯމަ 07:19
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ރޮއިޓަސް

އިރާގުގެ ބޮޑު ވަޒީރުގެ މަގާމަށް، އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީ ގެންނަން ނިންމާފައި ވަނިކޮށް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

އިރާގެ ޝިއާ އިއްތިހާދުން ނިންމާފައި ވަނީ އެ ޤައުމުގެ ބޮޑު ވަޒީރުގެ މަގާމަށް އަލް މާލިކީ ގެނައުމަށެވެ. ކޯޑިނޭޝަން ފްރޭމްވޯކް އިން ނެރުނު ބަޔާނެއްގައި ބުނީ، ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ބޮޑު ބްލޮކްގެ ކެންޑިޑޭޓުގެ ގޮތުގައި، ބޮޑު ވަޒީރުގެ މަގާމަށް އަލް މާލިކީ ނޮމިނޭޓު ކުރުމަށް އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އެ ބަޔާނުގައި ވަނީ އަލް މާލިކީގެ ސިޔާސީ އަދި އިދާރީ ތަޖުރިބާ އާއި، ދައުލަތް ހިންގެވުމުގައި އޭނާގެ އަތުގައި އޮތް ފުރިހަމަ ރެކޯޑު ވެސް ފާހަގަ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރޫބިއޯ ވިދާޅުވީ އީރާން އަށް ތާއީދު ކުރާ ސަރުކާރެއް އެފެދުމުން އެމެރިކާ އާއި އިރާގާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ. އެމެރިކާގެ ބާރުގަދަ ނުފޫޒު ތަކުގެ ސަބަބުން 2014 ވަނަ އަހަރު ބޮޑު ވަޒީރުގެ މަގާމުން އަލް މާލިކީ ދުރުވިއިރު، އަލުން އޭނާ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަކީ އެމެރިކާ އިން ކަންބޮޑުވާނެ ކަމެކެވެ. 

ރޫބިއޯ ވިދާޅުވީ އިރާގުގައި ދެން އުފެދޭ ސަރުކާރުން މެދު އިރުމަތީގައި ސުލްޙަ އާއި އަމާންކަން ޤާއިމު ކުރުމަށް ބާރުވެރިކަން ގެނެސްދޭނެ ސަރުކާރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަލް މާލިކީ ވަނީ މީގެ 10 އަހަރު ކުރިން ވެސް އިރާގުގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން، 2014 ވަނަ އަހަރަށް އޭނާ ވަނީ އެ ޤައުމުގެ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވެފައި ވަނީ، ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ ބަޔާން ކުރެއްވީ އީރާން ކޮންޓްރޯލް ކުރާ ސަރުކާރަކަށް އިރާގު ގެ މަސްލަހަތު ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި އެފަދަ ސަރުކާރަކުން އިރާގު ސަރަހައްދީ ހަނގުރާމަތަކާ ދުރުގައި ބޭއްވޭނެ ކަމަށް ނުދެކޭ ކަމަށާއި، އެމެރިކާ އާއި އިރާގާ ދެމެދު އޮންނަ ފައިދާ ހުރި ގުޅުން ކުރިއަށް ނުގެންދެވޭނެ ކަމށް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ، 

އިރާގުގެ ސިޔާސީ ބައެއް މަސްދަރު ތަކުން އޭއެފްޕީ އަށް ބުނެފައިވާ ގޮތުގައި، އަލް މާލިކީގެ ކުރީގެ ސަރުކާރާ މެދު އެމެރިކާ އިން ހިތްހަމަ ނުޖެހޭކަން އެ ޤައުމުން ވަނީ އިރާގަށް އަންގައިފަ އެވެ. އަދި ޤައުމުގެ ބޮޑު ވަޒީރު ހޮވުމަކީ އިރާގުގެ ނިންމުމެއް ކަމަށާއި، ނަމަވެސް، ދެން އަންނަ ސަރުކާރާ މެދު އެމެރިކާ އިން، އެމެރިކާގެ މަސްލަހަތަށް ރިއާޔަތްކޮށް ނިންމުންތައް ނިންމާނެ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. 

އިރާގުގެ ތެލުގެ އާމްދަނީގެ ބޮޑު ބައެއް އެމެރިކާގެ ނިއު ޔޯކްގެ ފެޑަރަލް ރިޒާވް ބޭންކުގައި ބެހެއްޓިފައިވާތީ، އިރާގުގައި އެމެރިކާ އަށް ބާރާއި، ނުފޫޒު ހިންގުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ އެމެރިކާގެ ހަމަލާ އަށް ފަހު، 2003 ވަނަ އަހަރު ސައްދާމް ޙުސެއިންގެ ވެރިކަން ވައްޓާލުމަށް ފަހު، އެމެރިކާ އިން ހަމަޖައްސާފައިވާ އިންތިޒާމެކެވެ. 

އަންގާރަ ދުވަހު އައު ރައީސް އަކު ހޮވުމަށް އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އިރާގުގެ ރައީސް އަކީ މާ ބޮޑެތި ބާރު ތަކެއް ލިބިފައިވާ މަގާމަކަށް ނުވި ނަމަވެސް، ބޮޑު ވަޒީރު އައްޔަން ކުރައްވާނީ ރައީސް އެވެ.

މަސްދަރު: އޭއެފްޕީ

އިރާގުނޫރީ އަލް މާލިކީމާކޯ ރޫބިއޯ އީރާން-އެމެރިކާއެމެރިކާ-އިރާގު

ކޮމެންޓް

އިތުރަށް ކިޔާލަން

އިރާގުގެ ބޮޑު ވަޒީރަކަށް، ކުރީގެ ބޮޑު ވަޒީރު އަލް މާލިކީ ގެންނަން ތާއީދު ކޮށްފި

އިރާގުގެ ބޮޑު ވަޒީރަކަށް، ކުރީގެ ބޮޑު ވަޒީރު އަލް މާލިކީ ގެންނަން ތާއީދު ކޮށްފި

25 ޖެނުއަރީ 2026
ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

ޣައްޒާގެ ގަވަނިން ބޮޑީއާ ދެކޮޅު ހަދާ ކަމަށް އިސްރާއީލް އިން ހާމަ ކޮށްފި

18 ޖެނުއަރީ 2026
ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

ރޫބިއޯ އާއި ބްލެއާ ހިމަނައި، ޣައްޒާގެ ބޯޑު އޮފް ޕީސް އުފައްދަވައިފި

17 ޖެނުއަރީ 2026
އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

އިރާނުގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރި އިސްވެރިންނަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި

15 ޖެނުއަރީ 2026
75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

75 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ހިޖުރަކުރުމަށް ދޫކުރާ ވިސާ ވަކި މުއްދަތެއް ނެތް ގޮތައް މެދުކަނޑާލަން ނިންމައިފި

14 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު