Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިރާގުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާން ކޮށްފި

އައިއެންއޭ ނޫސް އިދާރާ އިން އަލްއަވާދީއާ ހަވާލާދި ރިޕޯޓު ކޮށްފައި ވަނީ، ޚާމަނާއީ އަކީ އިސްލާމީ އުންމަތުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ބޭފުޅެއްގެ ގޮތުގައި އަލްއަވާދީ ސިފަ ކުރައްވާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މާރިޗު 2026 | އާދީއްތަ 07:33
އެއްވުމެއްގެ ތެރެއިން އީރާންގެ ރައްޔިތަކު ޚާމަނާއީގެ ފޮޓޯފުޅެއް ހިފައިގެން

އެއްވުމެއްގެ ތެރެއިން އީރާންގެ ރައްޔިތަކު ޚާމަނާއީގެ ފޮޓޯފުޅެއް ހިފައިގެން | ރޮއިޓާސް

އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން، އިރާގުގެ ސަރުކާާރުން ތިން ދުވަހުގެ ރަސްމީ ހިތާމަ އިއުލާާން ކޮށްފި އެވެ. 

އިރާގުގެ ސަރުކާރުގެ ތަރުޖަމާނު ބާސިމް އަލްއަވާދީ ވިދާޅުވީ، އިލްމުވެރިއެއް އަދި މުޖާހިދެއްގެ ގޮތުގައި ހުންނެވި ރޫހާނީ ލީޑަރު ޚާމަނާއީ އަވަހާރަވުމުން ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އީރާންގެ ރައްޔިތުންނާއި، މުޅި އިސްލާމީ އުންމަތަށް ތައުޒިޔާ ފޮނުވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. އިރާގުން ސިފަ ކޮށްފައިވާ ގޮތުގައި މި ހަމަލާ އަކީ އިންސާނީ އަދި އަޚުލާގީ މިންގަނޑުތަކާއި، އަދި ބައިނަލްއަޤުވާމީ ޤާނޫނު ތަކާ ޚިލާފު އަމަލެކެވެ. 

އައިއެންއޭ ނޫސް އިދާރާ އިން އަލްއަވާދީއާ ހަވާލާދި ރިޕޯޓު ކޮށްފައި ވަނީ، ޚާމަނާއީ އަކީ އިސްލާމީ އުންމަތުގެ އެންމެ ކުރީ ސަފުގައި ހިމެނޭ ބޭފުޅެއްގެ ގޮތުގައި އަލްއަވާދީ ސިފަ ކުރައްވާފައިވާ ކަމަށެވެ. އަދި ޚާމަނާއީ އަވަހާރަ ކޮށްލުމަކީ ވަރަށް ސާފުކޮށް ހިންގާފައިވާ އަމަލެއް ކަމަށާއި، އެއީ ދެރަވެ އަދި ހިތާމަ ކުރާ ފަދަ އަމަލެއް ކަމަށް ވެސް، އިރާގު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވެ އެވެ. 

އިރާގުގެ ސަރުކާާރުން ތިން ދުވަހުގެ ރަސްމީ ހިތާާމަ އިއުލާާން ކުރުމަކީ، އީރާން އާއި އިރާގާ ދެމެދު އޮންނަ ގާތް ގުޅުން ހާމަވާ ކަމެކެވެ. މި ދެ ޤައުމުގެ ދެ މެދުގައި ދީނީ، ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް ވަރަށް ބަދަހިކޮށް އޮންނަކަން ފާހަގަވެފައިވެ އެވެ. އިރާގުގެ އިތުރުން، ސަރަހައްދުގެ އެހެން ޤައުމު ތަކުން ވެސް ވަނީ މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އީރާން އަށް ތައުޒިޔާ ފޮނުވައިފަ އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން ހޮނިހިރު ދުވަހު އީރާން އަށް ދޭން ފެށި ހަމަލާ ތަކުގައި ޚާމަނާއީގެ އިތުރުން، އީރާނުގެ ސަރުކާރުގެ އިސްވެރިން އަދި އަސްކަރިއްޔާގެ އިސްވެރިން ވެސް ވަނީ އަވަހާރަ ކޮށްލައިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އާޔަތުﷲ އަލީ ޚާމަނާއީއީރާންބާސިމް އަލްއަވާދީޢިރާން-ޢިރާޤްއީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

01 މާރިޗު 2026

ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ

01 މާރިޗު 2026
ޚާމަނާއީ: ނުގުޑާ ފަދަ ޢަޒުމެއްގައި ހުންނެވި، އެމެރިކާ އަށް ފަހަތަށް ނުޖެއްސުނު ބާނީ
01 މާރިޗު 2026

އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި

01 މާރިޗު 2026
އީރާންގެ ޑިފެންސް މިނިސްޓަރާއި، އަސްކަރިއްޔާގެ ޗީފް ވެސް އަވަހާރަ ކޮށްލައިފި
01 މާރިޗު 2026

ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ

01 މާރިޗު 2026
ވަގުތީ ގޮތުން ވެރިކަން ހިންގާނެ ކައުންސިލެއް އީރާން އިން އެކުލަވާލަނީ
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުން، އިޒްރޭލްގެ ޑިފެންސް މިނިސްޓަރު އުފާ ފާޅު ކޮށްފި
01 މާރިޗު 2026

ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ

01 މާރިޗު 2026
ޚާމަނާއީ އަވަހާރަ ކޮށްލުމުގެ ހިތާމައިގައި އެތައް ހާސް ބަޔަކު އީރާންގެ މަގު ތަކަށް ނިކުމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު