Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިރާގު

އަލް މާލިކީ އަކީ ނުބައި މީހެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވެސް އިރާގަށް އިންޒާރު ދެއްވައިފި

ޓްރަމްޕް ވިދާޅުވީ އަލް މާލިކީގެ ސިޔާސަތު ތަކާއި، ވިސްނުން ތަކަކީ ވަރަށް ގޯސް ކަންތައް ތަކެއް ކަމަށް. އެހެންކަމުން، އިރާގުގެ ބޮޑު ވަޒީރަކަށް އޭނާ އިންތިޚާބު ކޮށްފި ނަމަ، އެމެރިކާ އިން އިރާގަށް ދެމުން އަންނަ އެހީތެރިކަން މެދު ކަނޑާލައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 06:21
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް | ގެޓީ އިމޭޖަސް

އިރާގުގެ ބޮޑު ވަޒީރަކަށް، އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު ނޫރީ އަލް މާލިކީ ވަޑައިގެންފި ނަމަ، އެމެރިކާ އިން އިރާގަށް އެއްވެސް އެހީތެރިކަމެއް ނުދޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ. 

އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އިރާގު އިން އަލް މާލިކީ އެ ޤައުމުގެ ބޮޑު ވަޒީރަކަށް ގެނައުމަކީ ވަރަށް ނުބައި ކަމެއް ކަމަށެވެ. އެގޮތުން އަލް މާލިކީގެ ކުރީގެ ބޮޑު ވަޒީރު ކަމުގައި އިރާގު ވެއްޓުނީ ވަރަށް ބިރުވެރި ޙާލަތަކަށް ކަމަށާއި، އަލުން އެފަދަ ކަމެއް ދިމާވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް ވިދާޅުވީ އަލް މާލިކީގެ ސިޔާސަތު ތަކާއި، ވިސްނުން ތަކަކީ ވަރަށް ގޯސް ކަންތައް ތަކެއް ކަމަށެވެ. އެހެންކަމުން، އިރާގުގެ ބޮޑު ވަޒީރަކަށް އޭނާ އިންތިޚާބު ކޮށްފި ނަމަ، އެމެރިކާ އިން އިރާގަށް ދެމުން އަންނަ އެހީތެރިކަން މެދު ކަނޑާލައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރު ދެއްވައިފަ އެވެ. 

އެއަށް ފަހު ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އެހީތެރިކަން ނެތް ނަމަ، އިރާގަށް ކާމިޔާބު ނުހޯދޭނެ ކަމަށާއި، އެ ޤައުމަށް ތަރައްޤީ އާއި މިނިވަންކަން ވެސް ނުހޯދޭނެ ކަމަށެވެ. އެއަށް ފަހު ވިދާޅުވީ، "މޭކް އިރާގު ގްރޭޓް އެގެއިން" މިހެންނެވެ. މިއީ ޓްރަމްޕްގެ ރިޔާސީ ކެމްޕެއިން އާއި ވެރިކަމުގެ ޝިއާރުގެ ގޮތުގައި ގެން ގުޅުއްވައި "މޭކް އެމެރިކާ ގްރޭޑް އެގެއިން" ސިޔާސަތެވެ. 

އިރާގުގެ ޤާނޫނު ހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ ޝިއާ އިއްތިހާދުގެ ޕާޓީ ތަކުން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އެ ޤައުމުގެ ބޮޑު ވަޒީރަކަށް އަލް މާލިކީ ގެނައުމަށެވެ. އެއާ އެކު، މީގެ 12 އަހަރު ކުރިން ބޮޑު ވަޒީރު ކަމުގެ މަގާމުން ދުރަށް ވަޑައިގެންނެވި އަލް މާލިކީ، އަލުން ބޮޑު ވަޒިރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. 

އިރާގަށް އިންޒާރު ދެއްވައި ޓްރަމްޕް ވާހަކަ ދެއްކެވުމުގެ ކުރިން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ އިރާގަށް އިންޒާރު ދެއްވައިފަ އެވެ. އެގޮތުން ބޮޑު ވަޒީރު އިންތިޚާބު ކުރުމަކީ އިރާގުގެ އަމިއްލަ ކަމެއް ކަމަށާއި، ނަމަވެސް އިރާގުން ނިންމާ ނިންމުމެއްގެ ސަބަބުން، އެމެރިކާ އިން ވެސް އެ ޤައުމަށް ފައިދާ ވާނެ ގޮތަށް ކަންކަން ނިންމަން ޖެހޭނެ ކަމަށް ރޫބިއޯ ވިދާޅުވެފައިވެ އެވެ.

އިރާގުގެ ބޮޑު ވަޒީރު ކަމުން އަލް މާލިކީ ދުރަށް ވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. އެއީ ވެސް އެމެރިކާ އިން ކުރަމުން ދިޔަ ޕްރެޝަރާއި، އެ ޤައުމުގެ ނުފޫޒުގެ ސަބަބުންނެވެ. އެމެރިކާ އާއި އަލް މާލިކީއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، އޭނާ އަކީ އީރާންއާ ގާތް ގުޅުމެއް ބާއްވަވާ މީހެއް ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން، އަލުން އަލް މާލިކީ އިރާގުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަކީ އެެމެރިކާ އިން ކަންބޮޑު ވާނެ ކަމެކެވެ.

ބޮޑު ވަޒީރު ކަމަށް އަލް މާލިކީ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި ވަނިކޮށް، އެމެރިކާ އިން އިރާގަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެމެރިކާގެ ސިޓީގައި ބުނެފައި ވަނީ، އަލް މާލިކީގެ ކުރީގެ ސަރުކާރާ މެދު އެމެރިކާ އިން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށެވެ. 

އިރާގުގެ ތެލުގެ އާމްދަނީގެ ބޮޑު ބައެއް އެމެރިކާގެ ނިއު ޔޯކްގެ ފެޑަރަލް ރިޒާވް ބޭންކުގައި ބެހެއްޓިފައިވާތީ، އިރާގުގައި އެމެރިކާ އަށް ބާރާއި، ނުފޫޒު ހިންގުމުގެ ފުރުސަތު އެބަ އޮތެވެ. މިއީ އެމެރިކާގެ ހަމަލާ އަށް ފަހު، 2003 ވަނަ އަހަރު ސައްދާމް ޙުސެއިންގެ ވެރިކަން ވައްޓާލުމަށް ފަހު، އެމެރިކާ އިން ހަމަޖައްސާފައިވާ އިންތިޒާމެކެވެ. 

އިރާގުގެ ބޮޑު ވަޒީރު ކަމަށް އެންމެ ފުރަތަމަ އަލް މާލިކީ ވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. އެއީ އެމެރިކާގެ ވަރަށް ބޮޑު ތާއީދަކާ އެކު އެވެ. އަލް ޤައިދާ އާއި، ސުންނީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ އިން އޭރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް އަލް މާލިކީ ވަރަށް ބޮޑަށް ތާއީދު ކުރެއްވި އެވެ. ނަމަވެސް، މަޒުހަބީ ސިޔާސަތުގެ ސަބަބުން އައިސިސް ހަރުކަށި ޖަމާއަތް އުފެދުމަށް މަގު ފަހިވި ކަމަށް ބުނެ، އެމެރިކާ އިން ވަނީ އަލް މާލިކީއާ ދެކޮޅުވެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިރާގުނޫރީ އަލް މާލިކީރައީސް ޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ އެމެރިކާ-އިރާގުއެމެރިކާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

އީރާން އަށް ހަމަލާ ދިނުމަށް ސައުދީގެ އެއާ ސްޕޭސް ބޭނުން ނުކުރެވޭނެ: ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން

28 ޖެނުއަރީ 2026
އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

އެމެރިކާ އިން ޤަބޫލު ކުރަނީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމުން މައާފު ލިބޭނެ ކަމަށް

27 ޖެނުއަރީ 2026
އިޒްރޭލް އިން އެމެރިކާއާ އެކު 10 އަހަރުގެ ސަލާމަތީ އެއްބަސްވުމެއް ޤާއިމު ކުރަން މަޝްވަރާ ކުރަނީ

އިޒްރޭލް އިން އެމެރިކާއާ އެކު 10 އަހަރުގެ ސަލާމަތީ އެއްބަސްވުމެއް ޤާއިމު ކުރަން މަޝްވަރާ ކުރަނީ

27 ޖެނުއަރީ 2026
އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

އެމެރިކާގެ މަގު ތަކުގައި މީހުން މަރުވާ މަންޒަރު ބަލަން ޓްރަމްޕް ބޭނުމެއް ނުވޭ

27 ޖެނުއަރީ 2026
ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

ސަރަޙައްދުގެ މަސްރަޙު ނުތަނަވަސްކަން އިތުރުވަން ދަނިކޮށް، އިޒްރޭލުގެ އެއަރލައިން ތަކުން ފްރީ ކެންސަލޭޝަން ފުރުސަތު ހުޅުވާލައިފި

26 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު