Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި

އެކަމުގެ ހަގީގަތް ބެލުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކާ ސުވާލު ކުރައްވާފައިވާ ކަމަށް ޔޫސުފް ހާމަ ކުރެއްވި. އަދި މާތް ﷲގެ އިރާދަފުޅާ އެކު، އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ސަލާމަތުން ކަމަށާއި، އެމަނިކުފާނުގެ ޙާލު ކޮޅު ވެސް ވަރަށް ރަނގަޅު ކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވި ކަމަށް ޔޫސުފް ވަނީ ހާމަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 08:05
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ | ގެޓީ އިމޭޖަސް

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއި ހުންނެވީ ސަލާމަތުން ކަމަށް ހާމަ ކުރައްވައިފި އެވެ. 

އެކަން ހާމަ ކުރައްވާފައި ވަނީ އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ދަރިކަލުން ޔޫސުފް ޕެޒެޝްކިއާން އެވެ. ބުދަ ދުވަހު ޔޫސުފް ވިދާޅުވީ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ގަދަވެ ސަލާމަތުން ކަމަށެވެ. 

އީރާންގެ ސަރުކާރުގެ އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޔޫސުފް ޕެޒެޝްކިއާން، އޭނާގެ ރަސްމީ ޓެލެގްރާމް ޗެނަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަށް އަނިޔާވެފައިވާ ކަމުގެ ޚަބަރުތައް އޭނާ އަށް ވެސް ލިބިވަޑައިގެންނެވި ކަމަށެވެ. 

އެހެންވެ އެކަމުގެ ހަގީގަތް ބެލުމަށްޓަކައި ކަމާ ގުޅުން ހުރި ފަރާތްތަކާ ސުވާލު ކުރައްވާފައިވާ ކަމަށް ޔޫސުފް ހާމަ ކުރެއްވި އެވެ. އަދި މާތް ﷲގެ އިރާދަފުޅާ އެކު، އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ހުންނެވީ ސަލާމަތުން ކަމަށާއި، އެމަނިކުފާނުގެ ޙާލު ކޮޅު ވެސް ވަރަށް ރަނގަޅު ކަމުގެ ޔަޤީންކަން ލިބިވަޑައިގެންނެވި ކަމަށް ޔޫސުފް ވަނީ ހާމަ ކުރައްވައިފަ އެވެ. 

މުޖުތަބާ ޚާމަނާއީ އަށް އަނިޔާވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފެންމަތިވެފައި ވަނީ، އީރާންފެ ދައުލަތުގެ ޓީވީ އިން އެމަނުކުފާނަކީ "ރަމަޟާން މަހުގެ ހަނގުރާމައިގައި ޒަޚަމުވެފައިވާ ބަޠަލެއް"ގެ ގޮތުގައި ސިފަ ކުރުމާ ގުޅިގެންނެވެ. ނަމަވެސް، ހަނގުރާމައިގައި މުޖުތަބާ ޚާމަނާއީ އަށް ލިބިވަޑައިގެންފައި ވަނީ ކޮން ކަހަލަ އަނިޔާ ތަކެއް ކަމެއް، ނުވަތަ އަނިޔާވީ ކިހިނެއް ކަމެއް ދައުލަތުގެ މީޑިއާ އިން ސާފު ކޮށްދީފައި ނުވެ އެވެ. 

އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރުގެ މަޤާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައި ވަނީ މި ހަފުތާގެ ތެރޭގަ އެވެ. އެމަނިކުފާނަކީ، އެމެރިކާގެ ހަމަލާ ތަކުގައި އަވަހާރަވެފައިވާ އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. އިސްލާމީ އިންޤިލާބަށް ފަހު އީރާންގެ ތިން ވަނަ ރޫހީ ލީޑަރުގެ މަޤާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރެއްވި ފަހުން، އެމަނިކުފާނުގެ ޞިއްޙީ ޙާލު ކޮޅާ ގުޅޭ ގޮތުން އެކި ވާހަކަތައް ފެތުރެމުން އައިސްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީޔޫސުފް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 މާރިޗު 2026

ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި

11 މާރިޗު 2026
ހޮރުމޯޒް ކަނޑު އޮޅިން ދަތުރު ކުރި މުދާ އުފުލާ ބޯޓަކަށް ހަމަލާދީ، އަލިފާން ރޯކޮށްލައިފި
11 މާރިޗު 2026

ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

11 މާރިޗު 2026
ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ
11 މާރިޗު 2026

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް
11 މާރިޗު 2026

އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި

11 މާރިޗު 2026
އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި
11 މާރިޗު 2026

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026
ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު