Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުންނެއް ނޫން، އެކަމަކު އީރާން އަށް އެކަން ފަހުމެއް ނުވޭ: ޤަތަރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލް ޚުލައިފީ

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ޤަތަރުގެ ބޮޑު ވަޒީރު ވަނީ އީރާނަށް ފޯނުން ގުޅުއްވައި، އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ވެސް ބާރު އަޅުއްވާފައި. އެކަމަށް އިޝާރާތް ކުރައްވައި އަލް ޚުލައިފީ ވިދާޅުވީ، ސަރަހައްދީ ޤައުމު ތަކަކީ އީރާންގެ ދުޝްމަނުން ނޫން ކަމަށް. އެކަމަކު، އީރާން އަށް އެކަން ފަހުމު ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 07:09
ޤަތަރުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އަލް ޚުލައިފީ

ޤަތަރުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އަލް ޚުލައިފީ | ރޮއިޓާސް

މެދު އިރުމަތީގައި މިހާރު އުފެދިފައިވާ ހަމަ ނުޖެހުންތައް ކުޑަ ކުރުމަށް ގޮވާލައި، އެމެރިކާ އާއި އީރާާން އަލުން މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް ޤަތަރުގެ ސްޓޭޓް މިނިސްޓަރ ފޯ ފޮރިން އެފެއާޒް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އަލް ޚުލައިފީ އިލްތިމާސް ކުރައްވައިފި އެވެ. 

އަލް ޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި އަލް ޚުލައިފީ ވިދާޅުވީ، އީރާން އިން އެ ޤައުމުގެ އަވަށްޓެރި ޤައުމު ތަކަށް ދެމުންދާ ހަމަލާ ތަކުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭނެ މަންފާއެއް ނެތް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ތިބީ އީރާންގެ ދުޝްމަނުން ނޫން ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އިސްވެ އީރާން އަށް ހަމަލާ ދޭން ފެށުމާ އެކު، އީރާން އިން ވަނީ އެ ޤައުމުގެ ދިފާއުގައި ހަމަލާ ދޭން ފަށައިފަ އެވެ. އެގޮތުން އީރާން އިން ވަނީ މެދު އިރުމަތީގެ ސަރަހައްދު ތަކުގައި ހުރި އެމެރިކާގެ އަަސްކަރީ މަރުކަޒު ތަކުގެ އިތުރުން، އެމްބަސީ ތަކަށް ވެސް ހަމަލާ ދީފަ އެވެ. އެ ހަމަލާ ތަކުގެ ސަބަބުން އެމެރިކާގެ އަމާޒު ތަަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފަ އެވެ. 

އަލް ޚުލައިފީ ވިދާޅުވީ މިހާރު ކަންތައްތައް ގޮސްފައިވާ ހިސާބަކީ ވަރަށް ހިތާމަވެރި ހިސާބެއް ކަަމަށާއި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް މަޝްވަރާގެ މޭޒަށް އެނބުރި ދިޔުން ނޫން އެހެން މަގެއް ނެތް ކަމަށް ޤަތަރުން ޤަބޫލު ކުރާ ކަމަށެވެ. އަދި ޤަތަރުގެ އިސްތިޤުލާލަށް ސީދާ އަސަރު ކުރާ ގޮތަށް އެ ޤައުމަށް ދެމުންދާ ނުހައްގު އަދި ބަލައި ނުގަނެވޭނެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، މިފަދަ އުދުވާން ތަކުން ދިފާއު ވުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޤަތަރުން ކުރަމުން ދާނެ ކަމަށެވެ. 

މީގެ އިތުރުން ދުނިޔޭގެ ހަކަތަ ސަޕްލައި ކުރާ މުހިންމު މަގެއް ކަމަށްވާ ހޮރުމޯޒުގެ ދަތުރު ފަތުރު ތަކަަށް ހަމަލާ ތަކުގެ ސަބަބުން ބޮޑެތި ހުރަސް ތަކެއް ކުރިމަތިވެފައިވާތީ، އެއީ ބައިނަލްއަޤުވާމީ ފެންވަރުގައި ޙައްލެއް ބޭނުންވާ މައްސަލައެއް ކަަމަށް ވެސް އަލް ޚުލައިފީ ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި، އީރާން އިން ހަމަލާ އަމާޒު ކުރި ޤައުމު ތަކުގެ ތެރޭގައި މީގެ ކުރިން އީރާން އާއި ހުޅަނގާ ދެމެދު މެދެވެރިއެއްގެ ދައުރު އަދާކޮށް، ގުޅުން ބަދަހި ކުރަން މަސައްކަތް ކުރި ޤައުމުތައް ވެސް ހިމެނެ އެވެ. އެގޮތުން އެއީ އޮމާން އާއި ޤަތަރު ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އެކަން ފާހަގަ ކުރައްވައި އަލް ޚުލައިފީ ވިދާޅުވީ، ހަމަލާތައް ކުރިއަށްދާހާ ހިނދެއްގައި އެއްވެސް ޤައުމަކުން އެ ދައުރު އަދާ ނުކުރާނެ ކަމަށާއި، އެކަން އީރާން އިން ޤަބޫލު ކުރަން ޖެހޭނެ ކަމަށެވެ. އެންމެ ފަހުން އީރާން އާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކޮށްފައި ވަނީ އޮމާން އިންނެވެ. އޮމާން މެެދުވެރި ވެގެން ތިން ބައްދަލުވުމެއް ބޭއްވުމަށް ފަހު، ހަތަރު ވަނަ ބައްދަލުވުމަކަށް ތައްޔާރު ވަމުން ދަނިކޮށް އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ހަމަލާ ދިނީ އެވެ. 

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ޤަތަރުގެ ބޮޑު ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙާމް ބިން ޖާސިމް އަލް ޘާނީ ވަނީ އީރާން އަށް ފޯނުން ގުޅުއްވައި، އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލުމަށް ވެސް ބާރު އަޅުއްވައިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލް ޚުލައިފީ ވިދާޅުވީ، ސަރަހައްދީ ޤައުމު ތަކަކީ އީރާންގެ ދުޝްމަނުން ނޫން ކަމަށެވެ. އެކަމަކު، އީރާން އަށް އެކަން ފަހުމު ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަތަރުގަތަރު-އީރާން

އިތުރަށް ކިޔާލަން

11 މާރިޗު 2026

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް
11 މާރިޗު 2026

އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި

11 މާރިޗު 2026
އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި
11 މާރިޗު 2026

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026
ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި
11 މާރިޗު 2026

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން
11 މާރިޗު 2026

އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި

11 މާރިޗު 2026
އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު