Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ އީރާން ހަނގުރާމަ

އީރާނުގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް އެމެރިކާ އިން ގޮވާާލައިފި

އެމެރިކާގެ ފަރާތުން މިހެން ގޮވާލާފައި ވަނީ އެ ޤައުމުގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު. ހެގްސެތު މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ފޯނުން ގުޅުއްވައި މަޝްވަރާ ތަކެއް ވެސް ކުރެއްވި ފަހުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 06:59
އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު

އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ނުވަނުމަށް، އެމެރިކާ އިން ގޮވާލައިފި އެވެ. 

އެމެރިކާއިން މިހެން ގޮވައިލީ އެ ޤައުމުގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު އެވެ. ހެގްސެތު މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ފޯނުން ގުޅުއްވައި މަޝްވަރާ ތަކެއް ވެސް ކުރެއްވި ފަހުންނެވެ. 

އެމެރިކާގެ ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެގްސެތު ވިދާޅުވީ އެ ފޯނު ކޯލުގައި އޭނާ ބައިވެރިވެފައި ނެތް ނަމަވެސް، ބައިވެރިވި ބޭފުޅުން ބުނެފައި ވަނީ އެއީ ވަރަށް ވަރުގަދަ ކޯލެއް ކަމަށެވެ. އެއާ އެކު ހެގްސެތު ވަނީ، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ ފުރުސަތު އޮތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެކަން ފާހަގަ ކުރައްވައި ހެގްސެތު ވިދާޅުވީ، މިހާރު އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިޔާ ބައިވެރި ނުވުމަށް އެދޭ ކަމަށެވެ. ހެގްސެތު މިހެން ވިދާޅުވެފައިވާއިރު، ރަޝިޔާ އިން ވަނީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ކުށްވެރި ކޮށްފަ އެވެ. އީރާން އާއި ރަޝިޔާ އަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމަށް ވާއިރު، ދާދި ފަހުން އީރާންގެ އައު ރޫހީ ލީޑަރުގެ މަގާމަށް އައްޔަން ކުރެވުނު މުޖުތަބާ ޚާމަނާއީ އަށް ވެސް ރަޝިޔާގެ ރައީސް ޕުޓިން ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާ ސަރުކާރުގެ ބައެއް އިސް ފަރާތް ތަކުން ބުނެފައި ވަނީ، އެމެރިކާގެ މަސައްކަތް ތަކުގެ މައުލޫމާތާއި، އެމެރިކާގެ ތަންތަނުގެ މައުލޫމާތު ރަޝިޔާ އިން އީރާން އަށް ދެމުން އަންނަ ކަމަށެވެ. އަދި އެ މައުލޫމާތު ބޭނުން ކޮށްގެން، އީރާން އިން މެދު އިރުމަތީގައި ހުރި އެމެރިކާގެ އަމާޒު ތަަކަށް ހަމަލާ ދިނީ ކަމަށް ވެސް ބުނެފައިވެ އެވެ. 

ނަަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ ރަޝިޔާ އިން އެފަދަ މައުލޫމާތު ދޭ ކަމަށް ބުނާ ވާހަކަ ތަކަކީ ދޮގެއް ކަމަށް ފާހަގަ ކޮށްފަ އެވެ. އަންގާރަ ދުވަހު ވިޓްކޮޮފް ވިދާޅުވީ، އެ މައްސަލައިގައި ރަޝިޔާ އިން ދައްކާ ވާހަކަ އާއި، އެ ޤައުމުން ބުނާ ބުނުން ޤަބޫލު ކުރެވޭ ކަމަށެވެ. 

މަސްދަރު: ނިއުޔޯކް ޕޯސްޓު

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ރަޝިޔާޕީޓް ހެގްސެތުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން

އިތުރަށް ކިޔާލަން

11 މާރިޗު 2026

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026
ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި
11 މާރިޗު 2026

ޓްރަމްޕްގެ އެޑްވައިޒަރަކާ ބައްދަލު ކުރުމުގެ ހުއްދަ އަކަށް ޖަލުގައި ހުންނެވި ބޮލްސޮނާރޯ، ސުޕްރީމް ކޯޓުގައި އެދިއްޖެ

11 މާރިޗު 2026
ޓްރަމްޕްގެ އެޑްވައިޒަރަކާ ބައްދަލު ކުރުމުގެ ހުއްދަ އަކަށް ޖަލުގައި ހުންނެވި ބޮލްސޮނާރޯ، ސުޕްރީމް ކޯޓުގައި އެދިއްޖެ
11 މާރިޗު 2026

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން
11 މާރިޗު 2026

އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި

11 މާރިޗު 2026
އީރާނުން އިޒްރޭލުގެ ހައިފާގެ ތެޔޮ ރައްކާކުރާ މަރުކަޒަށް ހަމަލާދީފި
11 މާރިޗު 2026

އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި

11 މާރިޗު 2026
އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު