Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026 | ބުދަ 06:42

ޕްރިން ސުލްޠާން އެއާ ބޭސް އަކީ ސައުދީ އަރަބިއްޔާގެ އެންމެ މުހިންމު ސިފައިންގެ އެއާ ބޭސް ތަކުގެ ތެރެއިން އެއް ބޭސް ކަމަށްވާއިރު، ޝައިބާ އަކީ ތެލުގެ އެންމެ މުހިންމު ސަރަހައްދު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 06:42
ސައުދީ އަރަބިއްޔާގެ ޕްރިން ސުލްޠާން އެއާ ބޭސް

ސައުދީ އަރަބިއްޔާގެ ޕްރިން ސުލްޠާން އެއާ ބޭސް | އޭއެފްޕީ

ޕްރިން ސުލްޠާން އެެއާ ބޭސް އަށް އަމާޒުކޮށް ފޮނުވާލި ހަ ބެލިސްޓިކް މިސައިލް ހުއްޓުވައި، އެ މިސައިލްތައް ނައްތާލާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފި އެވެ. 

ބުދަ ދުވަހު ސައުދީގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ، އެ ޤައުމުގެ އިރު ދެކުނު ސަރަހައްދާ ދިމާއަށް ދޫކުރި އިތުރު ބެލިސްޓިކް މިސައިލެއް ވެސް ހުއްޓުވައި ނައްތާލާފައިވާ ކަމަށާއި، ގިނަ ޑްރޯން ތަކެއް ވެސް ހުއްޓުވާފައިވާ ކަމަށެވެ. 

ޑިފެންސް މިނިސްޓްރީ އިން ސޯޝަލް މީޑިއާގައި ކުރި ވަކި ވަކި ޕޯސްޓު ތަކުގައި ބުނީ، ޝައިބާ ފީލްޑްއާ ދިމާާލަށް ދަތުރު ކުރަމުން ދިޔަ ހަތް ޑްރޯންއެއް ވައިގެ ދިފާއުން ވައްޓާލާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ހަފަރް އަލް ބާޓީންގައި އިތުރު ޑްރޯން ތަކެއް ނައްތާލާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. 

މީގެ އިތުރުން ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ އެ ހަމަލާތައް ދީފައި ވަނީ ސައުދީގެ މުހިންމު ސިފައިންގެ މަރުކަޒުތަކާއި، ތެލުގެ ވަސީލަތްތައް ހިމެނޭ ސަރަހައްދަކަށް ކަމަށެވެ. ޕްރިން ސުލްޠާން އެއާ ވޭސް އަކީ ސައުދީ އަރަބިއްޔާގެ އެންމެ މުހިންމު ސިފައިންގެ އެއާ ބޭސް ތަކުގެ ތެރެއިން އެއް ބޭސް ކަމަށްވާއިރު، ޝައިބާ އަކީ ތެލުގެ އެންމެ މުހިންމު ސަރަހައްދެވެ. 

މި ހަމަލާތައް ހުއްޓުވުމަށް ސައުދީ އަރަބިއްޔާގެ ދިފާއީ ބާރު ތަކުން ކާމިޔާބު ހޯދާފައިވާ ކަމަށް ބުނެފައިވާއިރު، އެކަމުގެ ތެރޭގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޑިފެންސް މިނިސްޓްރީ އިން ހާމަ ކޮށްފައިވެ އެވެ. މި ހަމަލާ ތަކުގައި ބޭނުން ކުރި ޑްރޯން ތަކާއި، މިސައިލްތައް ހުއްޓުވުމަށް ބޭނުން ކޮށްފައި ވަނީ ޒަމާނީ ދިފާާއީ ނިޒާމު ތަކުން ކަމަށް ވެސް ޑިފެންސް މިނިސްޓްރީ އިން ބުނެފައިވެ އެވެ. 

ނަމަވެސް، ސައުދީގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އެއީ ކޮން ފަރާތަކުން އަމާޒު ކުރި ހަމަލާ ތަކެއް ކަމެއް ބުނެފައި ނުވެ އެވެ. ނަމަވެސް، މީގެ ކުރިން ވެސް ސައުދީ އަރަބިއްޔާ އަށް މިފަދަ ހަމަލާ ތަކެއް އަމާޒުވެފައިވާއިރު، މިއީ ސަރަހައްދީ ހަނގުރާމައާ ގުޅުން ހުރި ހަމަލާ ތަކެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް މާހިރުން ބުނެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

ޕްރިންސް ސުލްޠާން އެއާބޭސްޝައިބާ ފީލްޑްސައޫދީ އަރަބިއްޔާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް

10 މާރިޗު 2026
އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް
10 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

10 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
10 މާރިޗު 2026

އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް

10 މާރިޗު 2026
އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް
10 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

10 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ
10 މާރިޗު 2026

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ
10 މާރިޗު 2026

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

10 މާރިޗު 2026
މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް
10 މާރިޗު 2026

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

10 މާރިޗު 2026
އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ
10 މާރިޗު 2026

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން
10 މާރިޗު 2026

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި
10 މާރިޗު 2026

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް