Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލް

ޓްރަމްޕްގެ އެޑްވައިޒަރަކާ ބައްދަލު ކުރުމުގެ ހުއްދަ އަކަށް ޖަލުގައި ހުންނެވި ބޮލްސޮނާރޯ، ސުޕްރީމް ކޯޓުގައި އެދިއްޖެ

11 މާރިޗު 2026 | ބުދަ 05:56

ބޮލްސޮނާރޯގެ ޤާނޫނީ ވަކީލުން އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުން ތަކުގައި ބުނެފައި ވަނީ، ޓްރަމްޕްގެ ސަރުކާރުގައި ބްރެޒިލްގެ ކަންކަން ބެލެހެއްޓުމުގެ އިސް ދައުރެއް އަދާ ކުރެއްވުމަށް ހަމަޖެހިފައިވާ ޑަރެން ބީޓީ އާއި، ޖަލުގައި ހުންނެވި ބޮލްސޮނާރޯ ބައްދަލު ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 05:56
 ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ | ގެޓީ އިމޭޖަސް

ބިރެޒިލްގެ ޖަލުގައި، ޖަލު ޙުކުމް ތަންފީޒު ކުރަމުން އަންނަ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެޑްވައިޒަރަކާ ބައްދަލު ކުރުމުގެ ހުއްދަ އަކަށް އެ ޤައުމުގެ ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. 

ބޮލްސޮނާރޯގެ ޤާނޫނީ ވަކީލުން އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި ލިޔުން ތަކުގައި ބުނެފައި ވަނީ، ޓްރަމްޕްގެ ސަރުކާރުގައި ބްރެޒިލްގެ ކަންކަން ބެލެހެއްޓުމުގެ އިސް ދައުރެއް އަދާ ކުރެއްވުމަށް ހަމަޖެހިފައިވާ ޑަރެން ބީޓީ އާއި، ޖަލުގައި ހުންނެވި ބޮލްސޮނާރޯ ބައްދަލު ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ޑަރެން ބީޓީ އަކީ ޓްރަމްޕްގެ ސަރުކާރުގެ ސީނިއާ އެޑްވައިޒަރެއްގެ މަޤާމަށް ދާދި ފަހުން އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. 

މި ހުށަހެޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި މި ވަނީ ބްރެޒިލްގެ ސިޔާސީ މަސްރަހު ނުތަނަވަސްވެފައިވާ ވަގުތެއްގަ އެވެ. ބޮލްސޮނާރޯގެ ޤާނޫނީ ވަކީލުން ބޭނުން ވަނީ، އެމެރިކާގެ އައު ސަރުކާރާއި ބޮލްސޮނާރޯއާ ދެމެދު އޮތް ގުޅުން މި ބައްދަލުވުމުގެ ތެރެއިން އިތުރަށް ވަރުގަދަ ކުރުމަށެވެ. ޑަރެން ޓީބީ އަކީ ބްރެޒިލްގެ ކަންކަމާ ގުޅޭ ގޮތުން ޓްރަމްޕްގެ ސަރުކާރަށް ލަފާ ދޭނެ އެންމެ އިސް ފަރާތެވެ. 

ބްރެޒިލްގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ހިންގުމަށް ރޭވުމެއް ރާވައި، އެކަމުގައި ބައިވެރި ވެފައި ވާތީ ބޮލްސޮނާރޯގެ މައްޗަށް ވަނީ 27 އަހަރާއި ތިން މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. މިއީ 2022 ވަނަ އަހަރު އޮތް ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބާ ގުޅިގެން ބޮލްސޮނާރޯ ރާވާފައިވާ ބަޣާވާތެއް ކަމަށް ބުނެފައިވެ އެވެ.

ބައްދަލުވުމުގެ ހުއްދަ އަށް ބޮލްސޮނާރޯގެ ފަރާތުން އެދިފައި ވީ ނަމަވެސް، އެ ހުށަހެޅުމާ ގުޅޭ ގޮތުން މިހާތަނަށް ސުޕްރީމް ކޯޓުން ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ. ނަމަވެސް، އެ ބައްދަލުވުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި ނަމަ، އެކަމުގެ ސަބަބުން ބްރެޒިލްގެ ސިޔާސީ މަަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

ޖައިރް ބޮލްސޮނާރޯބްރެޒިލްއެމެރިކާބްރެޒިލް-އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

10 މާރިޗު 2026
މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް
10 މާރިޗު 2026

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

10 މާރިޗު 2026
އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ
10 މާރިޗު 2026

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން
10 މާރިޗު 2026

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި
10 މާރިޗު 2026

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

10 މާރިޗު 2026
ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް
09 މާރިޗު 2026

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

09 މާރިޗު 2026
ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް
09 މާރިޗު 2026

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

09 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
09 މާރިޗު 2026

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

09 މާރިޗު 2026
ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި
08 މާރިޗު 2026

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

08 މާރިޗު 2026
އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް
08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް