Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން ހަނގުރާމަ އިން އެންމެ ބޮޑު ފައިދާއެއް ލިބެނީ ހަމައެކަނި ރަޝިޔާ އަށް: ޔޫރަޕިއަން ކައުންސިލްގެ ރައީސް

10 މާރިޗު 2026 | އަންގާރަ 11:17

ކޮސްޓާ ވިދާޅުވި ގޮތުގައި މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމަކީ ރަޝިޔާ އަށް ލިބޭ ވަރަށް ބޮޑު މާލީ ކުރިއެރުމެއް ކަަމަށް. މިގޮތުން ހަކައިގެ އަގު ބޮޑުވުމުން ލިބޭ އިތުރު އާމްދަނީ ރަޝިޔާ އިން ބޭނުން ކުރަމުން ދަނީ ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ފަންޑު ކުރުމަށް ކަަމަށް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2026 | އަންގާރަ 11:17
 ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި އެންމެ ބޮޑު ފައިދާއެއް ލިބުނު ހަމައެކަނި ޤައުމަކީ ރަޝިޔާ ކަމަށް، ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރި ރަށް ބްރަސަލްސްގައި ތިއްބަވާ ޔޫރަޕުގެ އިއްތިހާދުގެ ސަފީރުންނާ މުޚާބަތު ކުރައްވައި ދެއްވި ތަޤުރީރެއްގައި ކޮސްޓާ ވަނީ، މެދު އިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ރަޝިޔާ އަށް ލިބެމުންދާ ސިޔާސީ، އަދި އިޤްތިޞާދީ ކުރިއެރުން ތަކަށް އަލިއަޅުވާލައްވައިފަ އެވެ. 

އެގޮތުން ކޮސްޓާ ވިދާޅުވި ގޮތުގައި މެދު އިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލުމަކީ ރަޝިޔާ އަށް ލިބޭ ވަރަށް ބޮޑު މާލީ ކުރިއެރުމެއް ކަަމަށެވެ. މިގޮތުން ހަކައިގެ އަގު ބޮޑުވުމުން ލިބޭ އިތުރު އާމްދަނީ ރަޝިޔާ އިން ބޭނުން ކުރަމުން ދަނީ ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ފަންޑު ކުރުމަށް ކަަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، ޔޫކްރެއިން އަށް ފޮނުވަން ހުރި އަސްކަރީ ވަސީލަތްތައް މެދު އިރުމަތީގެ މަސްރަހަށް ބަދަލު ކުރަން ޖެހުމަކީ ވެސް، ރަޝިޔާ އަށް ލިބޭ ނުސީދާ ފައިދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަމަ އެހެންމެ، ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ޔޫކްރެއިންގެ ހަނގުރާމަ އިން ކުޑަވެ، މެދު އިރުމަތީގެ މަސްރަހަށް ހުއްޓުމަކީ ރަޝިޔާ އަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށް ކޮސްޓާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދުނިޔޭގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރިފައި އޮތުމުން، ޔޫކްރެއިންގެ ފްރަންޓްލައިންގައި ރަޝިޔާ އިން ކުރިއެރުން ތަކެއް ހޯދުމަށް ފަސޭގަ ވެގެން ދާނެ އެވެ. 

ޔޫރަޕިއަން ކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި ވަނީ އެމެރިކާގެ ސިޔާސަތަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ބައިނަލްއަޤުވާމީ ޤަވާއިދު ތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަށް އެމެރިކާ އިން ގޮން ޖަހަމުންދާ ކަމަށާއި، އެ ނިޒާމު ހިމާޔަތް ކުރުމަށް ޔޫރަޕުގެ އިއްތިހާދުނ މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ދުނިޔޭގެ ހަމަޖެހުމަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފަ އެވެ. 

މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްދިޔަ ނުދީ ހިފެހެއްޓުމުގެ މުުހިންމު ކަމުގެ މައްޗަށް ވެސް ކޮސްޓާ ވަނީ އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފަ އެވެ. އަދި އެ ހަމަނުޖެހުން އިތުރަށް ފުޅާ ވެގެން ދިޔުމަކީ، މެދު އިރުމަތީގެ އިތުރުން، ޔޫރަޕާއި މުޅި ދުނިޔެ އަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާޔޫރަޕިއަން ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

10 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއް ނެތް، ހަމަލާ ދޭ ފަރާތް ތަކުގެ އަނގަ މަތީގައި ފައިން ޖަހާ ރަނގަޅު ފިލާވަޅެއް ދޭން ޖެހޭ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
10 މާރިޗު 2026

އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް

10 މާރިޗު 2026
އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް
10 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

10 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ
10 މާރިޗު 2026

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ
10 މާރިޗު 2026

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

10 މާރިޗު 2026
މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް
10 މާރިޗު 2026

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

10 މާރިޗު 2026
އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ
10 މާރިޗު 2026

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން
10 މާރިޗު 2026

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި
10 މާރިޗު 2026

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި
10 މާރިޗު 2026

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026
ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް