Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026 | އަންގާރަ 07:53

އޮމާންގެ ރަސްމީ ނޫސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ސުލްޠާން ހައިޘަމް ބިން ޠާރިޤު ވަނީ މުޖުތަބާ ޚާމަނާއީ އަށް މަރުޙަބާ ވިދާޅުވެފައި. އެ މަރުޙަބާގައި ވަނީ އޮމާާން އާއި އީރާންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް ވެސް އެދިވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2026 | އަންގާރަ 07:53
އޮމާންގެ ސުލްތާން ހައިޘަމް ބިން ޠާރިޤް

އޮމާންގެ ސުލްތާން ހައިޘަމް ބިން ޠާރިޤް | ރޮއިޓާސް

އީރާންގެ ރޫހީ ލީޑަރު ނުވަތަ، އެންމެ މަތީ ވެރިޔާގެ މަޤާމަށް އައްޔަން ކުރި މުޖުތަބާ ޚާމަނާއީ އަށް، އޮމާން އިން ވެސް މަރުޙަބާ ކިޔައިފި އެވެ.

އޮމާންގެ ރަސްމީ ނޫސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ސުލްޠާން ހައިޘަމް ބިން ޠާރިޤު ވަނީ މުޖުތަބާ ޚާމަނާއީ އަށް މަރުޙަބާ ވިދާޅުވެފަ އެެވެ. އެ މަރުޙަބާގައި ވަނީ އޮމާާން އާއި އީރާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް ވެސް އެދިވަޑައިގެންފައި އެވެ.

އީރާނުގެ އައު ރޫހީ ލީޑަރުގެ މަޤާމަށް އައްޔަން ކުރި މުޖުތަބާ ޚާމަނާއީ އަކީ، އެ ޤައުމުގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމާނައީގެ ދަރިކަލުންނެވެ. މުޖުތަބާ ޚާމަނާއީ އަކީ، އިސްލާމީ އިންޤިލާބަށް ފަހު އީރާންގައި އައްޔަން ކުރި ތިން ވަނަ ރޫހީ ލީޑަރެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގައި ނުތަނަވަސްކަން ބޮޑުވެފައިވާއިރު، އޮމާން އިން ގެންދަނީ މަސްރަހު ފިނި ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ވެސް އޮމާން އިން ވަނީ ގޮވާލައިފަ އެވެ. 

މެދު އިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު އޮމާނަށް ވެސް ވަނީ ފޯރައިފަ އެވެ. އެގޮތުން މާޗު މަހުގެ ތިން ވަނަ ދުވަހު ވަނީ އޮމާންގެ ވިޔަފާރި ބަނދަރެއް ކަމަށްވާ ދުގުމްގައި ހުރި ތެޔޮ ރައްކާ ކުރާ ޓޭންކަކަށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާ ތަކެއް ވަނީ އަމާޒުވެފަ އެވެ. އެއީ އެމެރިކާ އާއި އިޒްރޭލުން އީރާން އަށް ހަމަލާ ދެމުން ދިޔަ ވަގުތެއްގަ އެވެ. 

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވެސް ވަނީ ހަމަލާ ތަކެއް ދީފަ އެވެ. އެގޮތުން އީރާން އިން ހަމަލާ އަމާޒު ކޮށްފައި ވަނީ މެދު އިރުމަތީގެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ އިތުރުން، އެމެރިކާގެ އެމްބަސީ ތަކަށެވެ. 

އޮމާން އަކީ އާންމު ގޮތެއްގައި އީރާން އާއި، ހުޅަނގުގެ ޤައުމުތަކާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤައުމަކަށް ވާއިރު، އީރާންގެ އައު ރޫހީ ލީޑަރާ އެކު އޮމާން އިން ބާއްވާ ގާތް ގުޅުމަކީ ސަރަހައްދީ ހަމަޖެހުމަށް މުހިންމު ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. އޮމާންގެ ސުލްޠާންގެ މަރުޙަބާގެ މި މެސެޖަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމަށް ބާރު އެޅުމުގެ ގޮތުން ފޮނުވި މެސެޖެއް ކަމަށް ބެލެވެ އެވެ. 

އޮމާންގެ ސުލްޠާންގެ އިތުރުން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވެސް ވަނީ އީރާންގެ އައު ރޫހީ ލީޑަރަަށް މަރުޙަބާ ވިދާޅުވެފަ އެވެ. ރަޝިޔާ އިން ވެސް ވަނީ އީރާންއާ އެކު އޮތް ގާތް ގުޅުން ދަމަހައްޓައި، އެ ގުޅުން ވަރުގަދަ ކުރާނެ ކަމަށް ހާމަ ކޮށްފަ އެވެ. 

މަސްދަރު: ރޮއިޓާސް

މުޖްތަބާ ޚާމަނާއީސުލްތާން ހައިޘަމް ބިން ތާރިގުއީރާން-އެމެރިކާއީރާން-އިސްރާއީލުއެމެރިކާ-އިސްރާއީލު-އިރާން އީރާން-އޮމާން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
18 އޯގަސްޓު 2026

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

18 އޯގަސްޓު 2026
އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

17 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ
17 އޯގަސްޓު 2026

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟

17 އޯގަސްޓު 2026
އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވެއްޖެ: މިއެއްބަސްވުން ނާކާމިޔާބުވީ ކީއްވެ؟
17 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި

17 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލްގެ މައްޗަށް ފުރިހަމަ ކާމިޔާބީ ލިބިފައިވާ ކަމަށް އީރާން އިން އިއުލާންކޮށްފި
17 އޯގަސްޓު 2026

އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާނަށް ނިއުކްލިއަރ ހަމަލާއެއް ދިނުމަށް އެމެރިކާގެ އިސްވެރިން މަޝްވަރާކުރަމުންދާ ކަމަށް ކޮންގްރެސްގެ ކުރީގެ މެންބަރަކު ވިދާޅުވެއްޖެ
16 އޯގަސްޓު 2026

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

16 އޯގަސްޓު 2026
މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި
16 އޯގަސްޓު 2026

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

16 އޯގަސްޓު 2026
ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި
16 އޯގަސްޓު 2026

އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި

16 އޯގަސްޓު 2026
އީރާނުގެ ބޮންއަޅާ ބޯޓުތަކުގެ ޕައިލެޓުން ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ތެހެރާނުން ކުރާ ތުހުމަތުތައް ގަތަރުން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް