Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

ޓްރަމްޕްގެ އެ ވާހަކަ ތަކަށް ރައްދު ދެއްވަމުން އަރާގްޗީ ވަނީ، މަޝްވަރާގެ ދޮރުތައް ބަންދުވެފައިވާ ކަމަށް. އަދި އަސްކަރީ ގޮތުން ކުރިމަތިލުމަށް އީރާން އިން ފަސް ނުޖެހޭނެ ކަމުގެ އިންޒާރު ވެސް އަރާގްޗީ ދެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 08:15
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު މަޝްވަރާ ކުރުމުގެ އެއްވެސް ވިސްނުމެއް އީރާނުގައި ނެތް ކަމަށާއި، ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި އީރާނުން މިސައިލް ހަމަލާތައް ދިނުމުގައި ދެމި އޮންނާ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު އެމެރިކާގެ ޕީބީއެސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، އީރާން އިން މިސައިލް ހަމަލާތައް ދިނުން ކުރިއަށް ގެންދިޔުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެމެރިކާ އާއެކު، އެއްވެސް ކަމެއްގައި މަޝްވަރާ ކުރުމަކީ މިވަގުތު އީރާންގެ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ މިހެން ވިދާޅުވެފައި މި ވަނީ، އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ވަގުތެއްގަ އެވެ. ޓްރަމްޕްގެ އެ ވާހަކަ ތަކަށް ރައްދު ދެއްވަމުން އަރާގްޗީ ވަނީ، މަޝްވަރާގެ ދޮރުތައް ބަންދުވެފައިވާ ކަމަށް ހާމަ ކުރައްވައިފަ އެވެ. އަދި އަސްކަރީ ގޮތުން ކުރިމަތިލުމަށް އީރާން އިން ފަސް ނުޖެހޭނެ ކަމުގެ އިންޒާރު ވެސް އަރާގްޗީ ދެއްވި އެވެ. 

މީގެ އިތުރުން އަރާގްޗީ ވިދާޅުވީ، އީރާންގެ ދިފާއުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޤާބިލުކަން އެ ޤައުމަށް ލިބިގެންވާ ކަމަށެވެ. އަދި މިސައިލް ހަމަލާ ތަކަކީ ބޭނުންވާ މަޤުސަދު ޙާސިލުވަންދެން ކުރިއަށް ގެންދާނެ ޙަމަލާތަކެއް ކަމަށް ވެސް އަރާގްޗީ ވަނީ ހާމަ ކުރައްވައިފަ އެވެ. 

މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އީރާންގެ މި ނިންމުމާ އެކު އެމެރިކާ އާއި އީރަންގެ ގުޅުން އިތުރަށް ގޯސްވެ، އަސްކަރީ ކުރިމަތިލުންތައް ވަރުގަދަ ވެގެންދާނެ ކަމަށް ބައިނަލްއަޤުބާމީ މާހިރުން ލަފާ ކޮށްފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026
ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

10 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު