Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ އައު ލީޑަރުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަ ތަަކަށް އެއްވެސް ޙައްލެއް ލިބޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް. އަދި މުޖުތަބާ ޚާމަނާއީގެ ޒައާމަތުގައި ވެސް ފެނިގެން ދާނީ، ކުރިން ވެސް އީރާން އިން ފެންނަމުން ދިޔަ ދަތި އަދި އުނދަގޫ ޙާލަތްތައް ކަަމަށް ޓްރަމްޕް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 08:19
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ | ރޮއިޓާސް

އެމެރިކާގެ ހަމަލާ ތަކެއްގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން، އައު ރޫހީ ލީޑަރަކަށް އައްޔަން ކުރައްވާފައިވާ މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު އެމެރިކާގެ ފްލޮރިޑާއި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ އައު ރޫހީ ލީޑަރަކަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރުމަކީ މާޔޫސް ކަމެއް ކަމަށެވެ. ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ވެސް އޭނާ ވަނީ މުޖުތަބާ ޚާމަނާއީ އަށް ނުރުހުން އަމާޒު ކުރައްވައި ފާޑު ވިދާޅުވެފަ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ އައު ލީޑަރުގެ ސަބަބުން އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަ ތަަކަށް އެއްވެސް ޙައްލެއް ލިބޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މުޖުތަބާ ޚާމަނާއީގެ ޒައާމަތުގައި ވެސް ފެނިގެން ދާނީ، ކުރިން ވެސް އީރާން އިން ފެންނަމުން ދިޔަ ދަތި އަދި އުނދަގޫ ޙާލަތްތައް ކަަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. 

މުޖުތަބާ ޚާމަނާއީއާ ގުޅޭޭ ގޮތުން ޓްރަމްޕް ވާހަކަ ދެއްކެވުމުން، އޭނާ އަކީ އެމެރިކާގެ އަމާޒަކަށް ވެދާނެތޯ ނޫސްވެރިޔަކު ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަކީ އެމެރިކާގެ އަމާޒެއްތޯ، ނުވަތަ ނޫންްތޯ ވިދާޅުވުމަކީ މިވަގުތު އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާގެ ރުހުން ނެތް މީހަކު ރޫހީ ލީޑަރުގެ މަގާމަށް އައްޔަން ކޮށްފި ނަމަ، އޭނާ އަކީ އެމެރިކާގެ އަމާޒަކަށް ވާނެ ކަމަށެވެ. އަދި އެ މީހަކަށް މާާ ގިނަ ދުވަހު ވެރި ކަމުގައި ނުހުންނެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އީރާން އިން އެމެރިކާގެ އެތެރޭގައި ޙަރަކާތްތެރިވާ "ސްލީޕަރ ސެލް" ތަކެއް، ނުވަތަ ވަގުތު ޖެހުމުން ހަމަލާ ދޭން ތިބި ގުރޫޕު ތަކެއް ޙަރަކާތްތެރި ކުރުވަފާނެތީ، އެމެރިކާ އިން އެކަމަށް ވަރަށް ބޮޑަށް ސަމާލުވެގެން ތިބި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ސަލާމަތީ ބާރު ތަކުން އެފަދަ ކަންކަން ވަރަށް ގާތުން ބަލަމުން ދާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. 

އެމެރިކާ އިން އީރާންގެ ރޫހީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލުމާ ގުޅިގެން ދެ ޤައުމުގެ ދެ މެދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. ކުރީގެ ރޫހީ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލި ހާދިސާ އަށް ފަހު، އީރާންގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އަންނަމުންދާއިރު، އެމެރިކާ އާއި އީރާން އިން އަންނަނީ އެއް ޤައުމު އަނެއް ޤައުމަށް އިންޒާރު ދެމުންނެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

10 މާރިޗު 2026
ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު