Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

އަރާގްޗީ ވިދާޅުވެފައި ވަނީ ހަނގުރާމައިގައި ވަކި މިސްރާބެއް ނެތުމުގެ ސަބަބުން، އިޒްރޭލް އިން މިހާރު އަމާޒު ހިފާފައި ވަނީ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް ވަކި ތަރުތީބެއް ނެތް ގޮތަށް ހަމަލާ ދިނުމަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 08:36
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ އަކީ އެ ދެ ޤައުމަށް ނާކާމިޔާބު ހަނގުރާމައެއް ކަމަށް، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

އަރާގްޗީ މިހެން ވިދާޅުވެފައި ވަނީ، އީރާންއާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް އިން ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން އަރާގްޗީ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލްގެ ފުރަތަމަ ރޭވުން ނުވަތަ، ޕްލޭން އޭ ފެއިލްވެފައިވާ ކަމަށެވެ. އޭގެ ފަހުން ވެސް އެކި ކަހަލަ ރޭވުންތައް ތަންފީޒު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ ހުރިހާ ކަމެއް ވެސް ނާކާމިޔާބު ވެފައިވާ ކަމަށް އަރާގްޗީ ވިދާޅުވި އެވެ. ހަމަ އެއާ އެކު، މި ހަނގުރާމައިގައި އެމެރިކާ އާއި އިޒްރޭލް އިން ޙާސިލު ކުރަން ބޭނުންވާ ވަކި ލަނޑު ދަނޑިއެއް ނެތް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. 

މީގެ އިތުރުން އަރާގްޗީ ވިދާޅުވެފައި ވަނީ ހަނގުރާމައިގައި ވަކި މިސްރާބެއް ނެތުމުގެ ސަބަބުން، އިޒްރޭލް އިން މިހާރު އަމާޒު ހިފާފައި ވަނީ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް ވަކި ތަރުތީބެއް ނެތް ގޮތަށް ހަމަލާ ދިނުމަށް ކަމަށެވެ. މީގެ އިތުރުން އީރާންގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާ އަށް ހަމަލާ ދިނުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާ އަށް އުފުލިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ ކުރިން ވެސް އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ފާޅުގައި ބަސް ވިދާޅުވެފައިވާ އަރާގްޗީ ވަނީ، އިޒްރޭލް އިން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުން ޙާސިލު ކުުރަން އުޅޭ ބުއްދިވެރި އެއްވެސް މަޤުސަދެއް ފެންނަން ކަމަށެވެ. އެގޮތުން ހަނގުރާމަ ފެށުނުއިރު ކަނޑައެޅި މަޤުސަދުތައް ޙާސިލު ނުވުމުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި އެ ޤައުމު ތަކުގެ އަމަލުތައް ހުރީ އެއްވެސް މިސްރާބެއް ނެތް ގޮތެއްގައި ކަމަށް އަރާގްޗީ ވަނީ ވިދާޅުވެފަ އެވެ. 

މި މޭރުމުން ވާހަކަ ދައްކަވަމުން އަރާގްޗީ ވަނީ، އީރާންގެ ދިފާއުގައި ސާބިތުވެ ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. އަދި ބޭރުގެ ބާރު ތަކުން އީރާންގެ އިސްތިޤުލާލަށް އަރައި ގަތުމަަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ވެސް އަރާގްޗީ ވިދާޅުވި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

10 މާރިޗު 2026
އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

10 މާރިޗު 2026
ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު