Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026 | އަންގާރަ 08:07

ޓުރަމްޕުގެ ވާހަކަ ތަކަށް ރައްދު ދެއްވައި ނައީނީ ވިދާޅުވީ، ޓްރަމްޕް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށް. އެގޮތުން ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ ހަނގުރާމައި ގައި ކުރިމަތިވެފައިވާ ލަދުވެތި ބަލިވުންތައް، އެއީ ކާމިޔާބީ ތަކަކަށް ހެއްދެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2026 | އަންގާރަ 08:07
އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން އެ ޤައުމުގައި ބޭއްވި އެއްވުމުގެ ތެރެއިން

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން އެ ޤައުމުގައި ބޭއްވި އެއްވުމުގެ ތެރެއިން | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލުން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އެ ޤައުމުން ކަމަށާއި، އެއީ އެމެރިކާާ އިން ކަނޑައަޅަން ޖެހޭ ކަމެއް ނޫން ކަމަށް އީރާނުން ބުނެފި އެވެ. 

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ތަރުޖަމާނު ޖެނަރަލް މުޙައްމަދު ނައީނީ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަ ތަކަށް ރައްދު ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ހަނގުރާމަ ނިމެން މިހާރު ކައިރިވެފައިވާ ކަމަަށާއި، ވަރަށް އަވަހަށް ހަނގުރާމަ ނިމިދާނެ ކަމަށެވެ. 

އެ ވާހަކަ ތަކަށް ރައްދު ދެއްވައި ނައީނީ ވިދާޅުވީ، ޓްރަމްޕް ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅު ކަމަށެވެ. އެގޮތުން ޓްރަމްޕް މަސައްކަތް ކުރަމުން ގެންދަނީ ހަނގުރާމަ އިން ކުރިމަތިވެފައިވާ ލަދުވެތި ބަލިވުންތައް، އެއީ ކާމިޔާބީ ތަކަކަށް ހެއްދެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނައީނީ ވިދާޅުވީ މި ހަނގުރާމައިގެ ނިމުން ކަނޑަ އަޅާނީ އީރާނުން ކަމަށެވެ. އެމެރިކާގެ ހަތިޔާރު ހުސްވަމުން އަންނަ ކަމަށާއި، އެމެރިކާ އިން މަސައްކަތް ކުރަނީ ހަނގުރާމައިން އިއްޒަތްތެރިކަމާއި ޝަރަފުވެރިކަމާ އެކު ނިކުމެވޭނެ ގޮތެއް ހޯދަން ކަަމަށް ވެސް ނައީނީ ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ނައީނީ ވިދާޅުވީ ޕާޝިއަން ގަލްފު ސަރަހައްދުގައި އެމެރިކާގެ ހުރިހާ ހަނގުރާމައިގެ ބިނާ ތަކެއް ވަނީ ބަލި ކަށިވެފައި ކަމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެކަން އެމެރިކާގެ ރައްޔިތުންނަށް ހަގީގަތަަށް ބުނެދޭން އެ ޤައުމުގެ ރައީސް ޓްރަމްޕް ބޭނުންފުޅު ނުވާ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލްގެ ހަމަލާ ތަކުގެ ސަބަބުން އީރާންގެ މިސައިލް ޤާބިލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، ނައީނީ ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިހާރު ހަނގުރާމައިގެ ފުރަތަަމަ ދުވަސްތަކާ އަޅާ ބަލާއިރު، ބޮޑު އަދަދަކަށް މިސައިލްތައް ބޭނުން ކުރަމުން އަންނަ ކަމަށާއި، އެއީ ޓަނެއްގެ ބަރުދަނަށް ވުރެ ބޮޑު ހަތިޔާރުތައް ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއައިއާރުޖީސީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި
10 މާރިޗު 2026

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި
10 މާރިޗު 2026

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026
ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން
10 މާރިޗު 2026

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

10 މާރިޗު 2026
ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް
09 މާރިޗު 2026

އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

09 މާރިޗު 2026
އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ
09 މާރިޗު 2026

އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

09 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން
09 މާރިޗު 2026

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

09 މާރިޗު 2026
ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް
09 މާރިޗު 2026

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

09 މާރިޗު 2026
އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި
09 މާރިޗު 2026

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

09 މާރިޗު 2026
އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
09 މާރިޗު 2026

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

09 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް