Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް ދޭ ހަމަލާތައް އަދި ނުނިމޭ ކަމަށް ވިދާޅުވެ، ނަތަންޔާހޫގެ އިންޒާރެއް

10 މާރިޗު 2026 | އަންގާރަ 11:17

އެގޮތުން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލްގެ އުންމީދަކީ އީރާންގެ ރައްޔިތުން އެ ޤައުމުގެ އަނިޔާވެރި ވެރި ކަމުގެ ކަންބޮޑުވުން ތަކުން ސަލާމަތް ކުރުން ކަަަށާއި، އެކަން ނިންމާނީ އީރާންގެ ރައްޔިތުން ކަމަށް. ނަމަވެސް، މިހާތަނަށް އިޒްރޭލް އިން އެޅި ފިޔަވަޅު ތަކާ އެކު އީރާންގެ ބާރުތައް ކަނޑުވާލަމުންދާ ކަމަށާއި، އެ މަސައްކަތް އަދި ނުނިމޭ ކަމަށް ނަތަންޔާހޫ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2026 | އަންގާރަ 11:17
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަމަލާ ދިނުން އަދި ނުނިމޭ ކަމަށާއި، އީރާންގެ ދީނީ ލީޑަރޝިޕް ބަލި ކަށިވަމުންދާ ކަމަށް ވިދާޅުވެ، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ. 

ހޯމަ ދުވަހުގެ ރޭ ނޭޝަނަލް ހެލްތު ކޮމާންޑް ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ދެއްކެވި ވާހަކަފުޅުގައި ނަތަންޔާހޫ މި އިންޒާރު ދެއްވާފައިވާއިރު، އަންގާރަ ދުވަހު އިޒްރޭލްގެ ސަރުކާރުން ވަނީ އެ ވާހަކަތައް ހިމެނޭ ބަޔާނެއް ވެސް ނެރެފަ އެވެ. 

އެގޮތުން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލްގެ އުންމީދަކީ އީރާންގެ ރައްޔިތުން އެ ޤައުމުގެ އަނިޔާވެރި ވެރި ކަމުގެ ކަންބޮޑުވުން ތަކުން ސަލާމަތް ކުރުން ކަަަށާއި، އެކަން ނިންމާނީ އީރާންގެ ރައްޔިތުން ކަމަށެވެ. ނަމަވެސް، މިހާތަނަށް އިޒްރޭލް އިން އެޅި ފިޔަވަޅު ތަކާ އެކު އީރާންގެ ބާރުތައް ކަނޑުވާލަމުންދާ ކަމަށާއި، އެ މަސައްކަތް އަދި ނުނިމޭ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް އަމާޒުކޮށް ހަމަލާ ދީފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަ ކޮށްލައިފަ އެވެ. އެކަމުގެ ރައްދުގައި އީރާން އިން ގެންދަނީ އިޒްރޭލްގެ އިތުރުން، އެމެރިކާގެ އަމާޒު ތަަކަށް ވެސް ގިނަ ހަމަލާ ތަކެއް ދެމުންނެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް މިފަހަރު ހަމަލާތައް ދޭން ފެށިއިރު، އެމެރިކާ އާއި އީރާންއާ ދެމެދު ދިޔައީ ނިއުކްލިއަރ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މަޝްވަރާ ތަކުގެ ތިން ބައްދަލުވުމެއް ބާއްވައި، ހަތަރު ވަނަ ބައްދަލުުވުމަށް ތައްޔާރު ވަމުން ދަނިކޮށް ހަމަލާ ދީފައިވެ އެވެ. އޭރު މަޝްވަރާ ތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އައި އޮމާން އިން ބުނެފައި ވަނީ، މަޝްވަރާ ތަކުން ކުރިއެރުން ތަކެއް ހޯދިފައިވާ ކަމަށެވެ. 

މިދިޔަ އަހަރު ވެސް އިޒްރޭލް އިން އީރާން އަށް ހަމަލާ ދީފައި ވަނީ އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަނިކޮށެވެ. އެ ފަހަރު ވެސް އެމެރިކާ އިން ވަނީ އިޒްރޭލްއާ އެކުވެގެން އީރާން އަށް ހަމަލާ ތަކެއް ދީފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ

10 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްގެ ހަނގުރާމަ އެ ދެ ޤައުމަށް ނާކާމިޔާބު ކަމަށް އަރާގްޗީ ވިދާޅުވެއްޖެ
10 މާރިޗު 2026

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ
10 މާރިޗު 2026

މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް

10 މާރިޗު 2026
މުޖުތަބާ ޚާމަނާއީ އަކީ ކުރިމަތިވި މާޔޫސް ކަމެއް: ޓްރަމްޕް
10 މާރިޗު 2026

އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ

10 މާރިޗު 2026
އެމެރިކާއާ މަޝްވަރާ ނުކުރާނަން، މިސައިލް ހަމަލާ ދިނުން ކުރިއަށް ގެންދާނަން: އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ
10 މާރިޗު 2026

ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން

10 މާރިޗު 2026
ހަނގުރާމަ ނިންމާނެ ވަގުތު ކަނޑަ އަޅާނީ އަހަރަމެން، އެމެރިކާ އަކުން ނޫން: އީރާން
10 މާރިޗު 2026

އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި

10 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރަށް އޮމާން އިން ވެސް މަރުޙަބާ ކިޔައިފި
10 މާރިޗު 2026

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

10 މާރިޗު 2026
އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި
10 މާރިޗު 2026

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026
ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން
10 މާރިޗު 2026

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

10 މާރިޗު 2026
ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް
09 މާރިޗު 2026

އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

09 މާރިޗު 2026
އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް