Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އަލުން އާރާސްތު ނުކުރެވޭ ވަރަށް ވިހި ގުނަ ބާރުގަދަ ހަމަލާ ދޭނެ ކަމަށް ވިދާޅުވެ، ޓްރަމްޕް އިންޒާރު ދެއްވައިފި

އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާ އިން ފަސޭހަ އިން ނައްތާލެވޭ މުހިންމު އަމާޒުތަކަށް ހަމަލާ ދޭނެ ކަމަށާއި، އެކަމުގެ ސަބަބުން އީރާނަކީ ޤައުމެއްގެ ގޮތުގައި އަލުން އާރާސްތު ކުރުން ވަރަށް އުނދަގޫ ޤައުމަކަށް ވެދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 މާރިޗު 2026 | އަންގާރަ 07:44
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ހޮރުމޯޒް ކަނޑު އޮޅި މެދުވެރިކޮށް ކުރާ ތެލުގެ ދަތުރު ތަކަށް އީރާން އިން ދަތި ކުރުން ކުރިމަތިކޮށް، އެ ދަތުރުތައް ހުއްޓުވަން އުޅޭ ނަމަ، އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. 

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ހޮރުމޯޒް ކަނޑު އޮޅިން ކުރާ ދަތުރު ތަކަށް ހުރަސް އަޅާ ނަމަ، އެމެރިކާ އިން މީގެ ކުރިން ހަމަލާ ދިން މިންވަރަށް ވުރެ ވިހި ގުނަ ބާރު ގަދަ ހަމަލާ ތަކެއް އީރާނަށް ދޭނެ ކަމަށެވެ. 

އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާ އިން ފަސޭހަ އިން ނައްތާލެވޭ މުހިންމު އަމާޒުތަކަށް ހަމަލާ ދޭނެ ކަމަށާއި، އެކަމުގެ ސަބަބުން އީރާން އަކީ ޤައުމެއްގެ ގޮތުގައި އަލުން އާރާސްތު ކުރުން ވަރަށް އުނދަގޫ ޤައުމަކަށް ވެދާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ދެއްވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، މަރާއި، އަލިފާން އަދި ރުޅިވެރިކަން އީރާންގެ މައްޗަށް ވެރި ކުރާނެ ކަމަށެވެ. ނަމަވެސް، އެފަދަ ކަމެއް ނުވުމަށް އެދި އުންމީދު ކުރައްވާ ކަމަށް އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވި އެވެ. 

އީރާން އަށް އިންޒާރު ދެއްވައި ޓުރުތު ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓު
އީރާން އަށް އިންޒާރު ދެއްވައި ޓުރުތު ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓު

އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އެކަމަކީ ބައިނަލްއަޤުވާމީ ތެލުގެ ބާޒާރު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ވިދާޅުވެ، އެއީ ޗައިނާ އަށާއި ހޯމޯޒް ކަނޑު އޮޅި ބޭނުން ކުރާ އެހެން ޤައުމު ތަަކަށް އެމެރިކާ އިން ދޭނެ ހަދިޔާއެއް ކަމަށް ވެސް ސިފަ ކުރައްވައިފަ އެވެ. ހަމަ އެއާ އެކު، އެކަމަކީ އެ ޤައުމު ތަކުން އެމެރިކާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާނެ ކަމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.  

ހޮރުމޯޒް ކަނޑު އޮޅި އަކީ ދުނިޔޭގެ ތެލުގެ ދަތުރު ތަކުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ކަނޑުއޮޅި އެކެވެ. ދުނިޔޭގެ ތެލުގެ ދަތުރު ތަކުގެ ބޮޑު ބައެއް މި ކަނޑު އޮޅި މެދުވެރިކޮށް ކުރިއަށް ގެންދެ އެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާ ތަކުގެ ސަބަބުން، މިހާރު ފެށިފައިވާ ހަނގުރާމައިގެ ނުތަނަވަސްކަމާ ހުރެ އެ ދަތުރު ތަަކަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް ވަނީ މައްޗަށް އުފުލިފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

ހަމައެކަނި ބޮން އަޅައިގެން އީރާންގެ ވެރިކަމަށް ބަދަލެއް ނުގެނެވޭނެ: ފްރާންސްގެ ރައީސް މެކްރޮން

10 މާރިޗު 2026
ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

10 މާރިޗު 2026
އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

09 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

09 މާރިޗު 2026
ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

09 މާރިޗު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު