Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރު ކުރާ ހުރުމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ބްރެންޓް ކްރޫޑްގެ އަގު 29 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 119.50 ޑޮލަރަަށް ވަނީ އުފުލިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 11:28
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 120 ޑޮލަރަށް އުފުލިފައިވާއިރު، އެއީ ދުނިޔޭގެ ސުލްޙަ އަށްޓަކައި ދައްކަން ޖެހޭ ކުޑަ އަގެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާންގެ ނިއުކްލިއާ ނުރައްކާ އެއްކޮށް ނައްތާލުމާ އެކު ތެލުގެ އަގު ވަރަށް އަވަހަށް ދަށަށް ދާނެ ކަމަށެވެ. 

މެދު އިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ، ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރު ކުރާ ހޯމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ބްރެންޓް ކްރޫޑްގެ އަގު 29 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 119.50 ޑޮލަރަަށް ވަނީ އުފުލިފަ އެވެ. މިއީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހަށް ފަހު ތެލުގެ އަގަށް އައި އެންމެ ބޮޑު ބަދަލެވެ. މީގެ އިތުރުން ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު 31 އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް، ޖީ-7 ގެ ޤައުމު ތަކުން ތެލުގެ ރިޒާވް ބޭނުންކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމުގެ ރިޕޯޓުތަކާ އެކު، އަގު ތަަކަށް ވަނީ ކުޑަ ބަދަލެއް އައިސްފަ އެވެ. 

އައިއެންޖީ ގްރޫޕްގެ ކޮމޮޑިޓީޒް ސްޓްރެޓެޖީގެ އިސްވެރިޔާ ވޮރެން ޕެޓަސަން ވިދާޅުވި ގޮތުގައި، މި ހާލަތަކީ ކުރު މުއްދަތުގެ ކަމެއްގެ ގޮތުގައި ކުރިން ބެލެވުނު ނަމަވެސް، މިހާރު ފެންނަނީ މިއީ ދިގު ލައިގެންދާނެ ކަމެއްގެ ގޮތުގަ އެވެ. ހޯމޫޒް ކަނޑުއޮޅި ހުޅުވެންދެން ތެލުގެ އަގު ދާނީ މައްޗަށް ކަމަށް އޭނާ ލަފާ ކުރެއްވި އެވެ. މިހާރު ވެސް ކުވެއިތާއި. ޔޫއޭއީ އިން ވަނީ ތެޔޮ ރައްކާ ކުރާ ތަންތަން ފުރުމުގެ ސަބަބުން، ތެޔޮ އުފައްދާ މިންވަރު މަދު ކުރަން ފަށާފައި އެވެ. އަދި އިރާގު އިން ވެސް ވަނީ މިދިޔަ ހަފުތާގައި ތެޔޮ އުފެއްދުން ހުއްޓާލަން ފަށާފައި އެވެ.

މެދު އިރުމަތީގެ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ދާއިރު، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވަނީ ދޫ ނުދެއްވާނެ ކަމަށް ވިދާޅުވެފައި އެވެ. މީގެ ރައްދުގައި ޓްރަމްޕް ވިދާޅުވީ، ކުރިން އަމާޒު ނުކުރާ ސަރަހައްދު ތަކަށް ވެސް އެމެރިކާ އިން ހަމަލާ ދޭނެ ކަމަށެވެ. 

ތެލުގެ އަގު އުފުލުމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގރއްލުން ފޯރަމުންދާ އިރު، ޗައިނާ އިން ވަނީ ޑީސަލް އާއި ޕެޓްރޯލް އެކްސްޕޯޓް ކުރުން ހުއްޓާލުމަށް ރިފައިނަރީ ތަކަށް އަންގާފައެވެ. އަދި ދެކުނު ކޮރެއާ އިން 30 އަހަރަށް ފަހު ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ދަނީ ވިސްނަމުންނެވެ. އެމެރިކާ ގައި ޕެޓްރޯލްގެ އަގު 2024 ވަނަ އަހަރުގެ އޮގަސްޓް މަހަށް ފަހު އެންމެ މައްޗަށް ގޮސްފައިވާއިރު، މިއީ މިއަހަރު އޮންނަ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕް އަށް ކުރިމަތިވާނެ ބޮޑު ގޮން ޖެހުމަކަށް ވާނެ އެވެ.

ޖޭޕީ މޯގަންގެ އެނަލިސްޓުން ލަފާކުރާ ގޮތުގައި، މެދު އިރުމަތީގެ ތެޔޮ އުފެއްދުން ދުވާލަކު ހަތަރު މިލިއަން ފީފާ އަށް ވުރެ އިތުރަށް މަދު ވެގެންދާނެ އެވެ. މިއީ ދުނިޔޭގެ ތެޔޮ އުފައްދާ މިންވަރުގެ ތިން ބައިކުޅަ އެއްބަ އެވެ. ކާރޯބާރް ކެޕިޓަލްގެ އިންވެސްޓްމަންޓް އޮފިސަރު ހާރިސް ޚުރްޝީދު ވިދާޅުވި ގޮތުގައި، ބާޒާރުގެ އެންމެ ބޮޑު ބިރަކީ ތެޔޮ އުފެއްދުން މަދުވުމަށް ވުރެ ބޮޑަށް، ހޮރުމޫޒް ކަނޑުއޮޅި ބަންދު ވުމުގެ ސަބަބުން ތެޔޮ އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ހުރަސް އެޅުމެވެ.

މަސްދަރު: ބްލޫމްބާގް

އީރާން-އެމެރިކާތެލުގެ އަގުއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

09 މާރިޗު 2026
އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

09 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

09 މާރިޗު 2026
ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

09 މާރިޗު 2026
އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

09 މާރިޗު 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު