Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

8 މާރިޗު 2026 | އާދީއްތަ 08:15

ޓްރަމްޕު ވިދާޅުވީ އެއްގަމު ސިފައިން ފޮނުވާނީ ވަރަށް ވަރުގަދަ ސަބަބެއް އޮވެގެން ކަމަށް. އަދި އެމެރިކާގެ ސިފައިން އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އީރާންގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެ، އެއްގަމު މަގުން ހަނގުރާމަ ކުރުމުގެ އެއްވެސް ޤާބިލު ކަމެއް އެ ޤައުމުގައި ނޯންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2026 | އާދީއްތަ 08:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެ ޤައުމުގައި ރައްކާ ކޮށްފައިވާ ޔުރޭނިއަމް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް ޓަކައި އެއްގަމު މަގުން ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް ކަަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާލުވެއްޖެ އެވެ. 

އެއާ ފޯސް ވަންގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، ކޮންމެ ވެސް ހިސާބަކުން އެއްގަމު ސިފައިން ފޮނުވަން ޖެހިދާނެ ކަމަށާއި، އެއީ ކުރެވިދާނެ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި މިހާތަނަށް އެފަދަ ފިޔަވަޅެއް އަޅާފައި ނެތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެއީ ކުރެވިދާނެ ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އީރާންއާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލް ގުޅިގެން ފެށި ހަނގުރާމަ އަށް ހަފުތާއެއް ވެފައިވާއިރު، ހަމައެކަނި ވައިގެ މަގުން ދޭ ހަމަލާ ތަކުން އީރާންގެ އަސްކަރީ ޤާބިލުކަން ނައްތާ ނުލެވޭނެ ކަމަށާއި، ނިއުކްލިއާ ބޮން އުފެއްދުން ހުއްޓުވުމަށް އެކަނި އެކަން ފުދޭނެ ކަމަށް ނުބެލެވޭ ކަމަށް ބައެއް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެއްގަމު ސިފައިން ބޭނުން ކުރުމުގެ ފުރުސަތު އެއްކޮށް ބަންދު ނުވާ ކަމަށެވެ. 

ޓްރަމްޕް އިތުރަށް ވިދާޅުވީ އެއްގަމު ސިފައިން ފޮނުވާނީ ވަރަށް ވަރުގަދަ ސަބަބެއް އޮވެގެން ކަމަށެވެ. އަދި އެމެރިކާގެ ސިފައިން އެފަދަ ފިޔަވަޅެއް އަޅައިފި ނަމަ، އީރާންގެ އަސްކަރިއްޔާ އެއްކޮށް ބަލިކަށިވެ، އެއްގަމު މަގުން ހަނގުރާމަ ކުރުމުގެ އެއްވެސް ޤާބިލު ކަމެއް އެ ޤައުމުގައި ނޯންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒު ތަަކަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ބަދަލުގައި، އެ ޤައުމުގެ ޔުރޭނިއަމް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމުގެ ވިސްނުން ޓްރަމްޕް ގެންގުޅުއްވާއިރު، މިއީ މެދު އިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެގެން ހިނގައި ދާނެ ކަމެއް ކަަަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ބުނަމުން ދަނީ އީރާންގެ ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާންއީރާން ނިއުކްލިއަރ ޕްރޮގްރާމްއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން
08 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް
08 މާރިޗު 2026

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ
08 މާރިޗު 2026

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

08 މާރިޗު 2026
އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!
08 މާރިޗު 2026

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި
08 މާރިޗު 2026

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން
08 މާރިޗު 2026

އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

08 މާރިޗު 2026
އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ
07 މާރިޗު 2026

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

07 މާރިޗު 2026
އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި
07 މާރިޗު 2026

ސީދާ ނަން ވިދާޅު ނުވެ، އޮބާމާގެ ފާޑު ކިޔުން ޓްރަމްޕް އަށް

07 މާރިޗު 2026
ސީދާ ނަން ވިދާޅު ނުވެ، އޮބާމާގެ ފާޑު ކިޔުން ޓްރަމްޕް އަށް
07 މާރިޗު 2026

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި

07 މާރިޗު 2026
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޓްރަމްޕް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތާ އެކު، އައު ފައިލް ތަކެއް އާންމު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް