Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ނިމެން ކައިރި ވެއްޖެ، އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ އަވަހަށް ކަންކަން ހާސިލުވޭ: ޓްރަމްޕް

އެ އިންޓަވިޔުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ މިހާރު އޮތީ ވަރަށް ބޮޑަށް ފުރިހަމަ ވެފައި ކަމަށް. މިހާރު އީރާނުގެ ކަނޑުގެ ސިފައިންގެ ބާރުވެރިކަމެއް ނެތް ކަމަށާއި، މުއާސަލަތީ ނިޒާމުތައް ހަލާކުވެފައިވާއިރު، އެ ޤައުމުގެ ވައިގެ ސިފައިންގެ ބާރު ވެސް ކެނޑިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 މާރިޗު 2026 | އަންގާރަ 07:00
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާނާ ދެކޮޅަށް ކުރިއަށް ގެންދަމުން އަންނަ ހަނގުރާމަ އެއްކޮށް ނިމުމާ ވަރަށް ކައިރިވެފައިވާ ކަމަށާއި، އެމެރިކާ އިން އަމާޒު ހިފާފައިވާ މުއްދަތަށް ވުރެ މާ ކުރިން ކަންކަން ހާސިލުވަމުންދާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީބީއެސް ނިއުސްގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓް ވޭޖިއާ ޖިއާން އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާންގެ އަސްކަރީ ޤާބިލުކަން މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި އީރާން އޮތީ ވަރަށް ބޮޑަށް ބަލިކަށި ވެފައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އެ އިންޓަވިޔުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ މިހާރު އޮތީ ވަރަށް ބޮޑަށް ފުރިހަމަ ވެފައި ކަމަށެވެ. މިހާރު އީރާންގެ ކަނޑުގެ ސިފައިންގެ ބާރުވެރި ކަމެއް ނެތް ކަމަށާއި، މުއާސަލަތީ ނިޒާމުތައް ހަލާކުވެފައިވާއިރު، އެ ޤައުމުގެ ވައިގެ ސިފައިންގެ ބާރު ވެސް ކެނޑިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މީގެ އިތުރުން ހަނގުރާމަ އަށް އަންދާޒާ ކުރި ހަތަރު ހަފުތާ ނުވަތަ، ފަސް ހަފުތާގެ މުއްދަތަށް ވުރެ މާ ކުރިން އެމެރިކާ އިން ކުރިއެރުން ހޯދާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ހަނގުރާމަ ފެށުނު ދުވަސް ވަރު ޓްރަމްޕް ވަނީ، ގާތް ގަނޑަކަށް ހަތަރު ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ކުރިއަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެމެރިކާގެ ހަމަލާ ތަަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާއިރު، ހޯމަ ދުވަހު އީރާން އިން ވަނީ އެ ޤައުމުގެ ރޫހީ ލީޑަރުގެ މަޤާމަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފަ އެވެ. އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އޭނާއާ ގުޅޭ ގޮތުން ވަކި މެސެޖެއް ނެތް ކަމަށެވެ. ނަމަވެސް، އެ މަޤާމަށް އަންނާނެ މީހަކު އޭނާގެ ހިތުގައި އެބަ އޮތް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ބޭފުޅެއް ކަމެއް ހާމަ ކުރައްވާފައި ނުވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

09 މާރިޗު 2026

އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ

09 މާރިޗު 2026
އީރާނުގެ އައު ލީޑަރު ޚާމަނާއީއަށް ބައިއަތު ހިފުމަށް އެތައް ހާސް މީހުން މަގުތަކަށް ނުކުމެއްޖެ
09 މާރިޗު 2026

އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

09 މާރިޗު 2026
އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން
09 މާރިޗު 2026

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

09 މާރިޗު 2026
ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް
09 މާރިޗު 2026

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

09 މާރިޗު 2026
އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި
09 މާރިޗު 2026

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

09 މާރިޗު 2026
އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު