Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

8 މާރިޗު 2026 | އާދީއްތަ 08:26

ބްލެއާ ވިދާޅުވީ އީރާން ހަނގުރާމައިގެ މައްސަލައިގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އިނގިރޭސިވިލާތުން ޖެހޭނީ އެމެރިކާ އަށް ތާއީދު ކުރަން ކަމަށް. އެގޮތުން އެމެރިކާ އަކީ އިނގިރޭސިވިލާތަށް ނެތި ދިޔުމެއް ނެތް މުހިންމު ބައިވެރިޔެއްގެ ގޮތުގައި ސިފަ ކުރައްވަމުން ބްލެއާ ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2026 | އާދީއްތަ 08:26
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ (ވ)، އަދި މިހާރުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ (ކ)

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ (ވ)، އަދި މިހާރުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ (ކ) | ގެޓީ އިމޭޖަސް

އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، އިނގިރޭސިވިލާތުން އެމެރިކާ އަށް ތާއީދު ނުކުރާތީ، އެ ޤައުމުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ ރުޅިގަނޑު، މިހާރުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް އަމާޒުކޮށްފި އެވެ. 

ބްލެއާ ވިދާޅުވީ އީރާން ހަނގުރާމައިގެ މައްސަލައިގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އިނގިރޭސިވިލާތުން ޖެހޭނީ އެމެރިކާ އަށް ތާއީދު ކުރަން ކަމަށެވެ. އެގޮތުން އެމެރިކާ އަކީ އިނގިރޭސިވިލާތަށް ނެތި ދިޔުމެއް ނެތް މުހިންމު ބައިވެރިޔެއްގެ ގޮތުގައި ސިފަ ކުރައްވަމުން ބްލެއާ ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. 

ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ސްޓާމާ އަށް އަމާޒުކޮށް ބްލެއާ މިފަދައިން ވާހަކަ ދައްކަވާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ސްޓާާމާ އަށް ފާޑު ވިދާޅުވެފަ އެވެ. ސްޓާމާގެ ސިޔާސަތު ތަކަށް ތަކުރާރުކޮށް ޓްރަމްޕް ފާޑު ވިދާޅުވަމުން ގެންދަވާއިރު، ބްލެއާ ވިދާޅުވީ މިކަމުގައި އޭނާގެ ވިސްނުން މިހާރު ވެސް ސަރުކާރާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި މިއީ އިނގިރޭސިވިލާތުގެ ސަރުކާރަށް އައު ވާހަކައެއް ނޫން ކަމަށް ވެސް ބްލެއާ ވިދާޅުވި އެވެ. 

އެމެރިކާ އާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ޚާއްސަ ގާތް ގުޅުމުގެ މައްޗަށް އިޝާރާތް ކުރައްވައި ބްލެއާ ވިދާޅުވީ، ޤާއުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަަކއި އިނގިރޭސިވިލާތުން އެމެރިކާ އަށް ބަރޯސާ ވާން ޖެހޭ ކަމަށެވެ. އަދި ގުޅުމެއްގެ ވަރުގަދަކަން އެނގިގެން ދާނީ ކަންކަން ފަސޭހަ ވަގުތެއްގައި ނޫން ކަމަށާއި، އެކަން ސާފު ވާނީ އުނދަގޫ ޙާލަތް ތަކުގައި ކަމަށް ވެސް ބްލެއާ ވިދާޅުވި އެވެ. 

މީގެ ކުރިން ވިއެޓްނާމް ހަނގުރާމަ އާއި، އިރާގު ހަނގުރާމައިގައި އަމަލު ކުރި ގޮތާއި، މިހާރުގެ ޙާލަތު ތަފާތުކަން ފާހަގަ ކުރައްވަމުން ބްލެއާ ވިދާޅުވީ، އެމެރިކާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ ކޮން ބޭފުޅެއްތޯ ބެލުމުގެ ބަދަލުގައި، ބައިވެރިއެއްގެ ހައިސިއްޔަތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. 

މެދު އިރުމައްޗަށް ދެ މަތިންދާ ބޯޓު އުފުލާ މަނަވަރު ފޮނުވުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ، މާ ލަހުން ނިންމި ނިންމުމެއް ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ކާމިޔާބުވުމުން ދެން އައިސް ބައިވެރިވާ ބަޔަކު ބޭނުން ނުވާ ކަމަށެވެ. މިހާރު އިނގިރޭސި މަނަވަރު އެޗްއެމްއެސް ޕްރިންސް އޮފް ވޭލްސް އެ ސަރަހައްދަށް ދިޔުމަށް ތައްޔާރު ވަމުންދާއިރު، އެޗްއެމްއެސް ޑްރެގަން ފުރުން ވަނީ އަންނަ ހަފުތާ އަށް ލަސްވެފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް އަށް ތާއީދު ކުރުމުގެ ސަބަބުން، ވެރިކަން ކުރާ ލޭބާ ޕާޓީގެ އެތެރޭގައި ބައިބައިވުން އުފެދިދާނެ ކަމަށް ދެކެވޭ ވާހަކަތައް ބްލެއާ ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ 2029 ވަނަ އަހަރު ބާއްވާ އާންމު އިންތިޚާބުގެ ނަތީޖާ ބިނާ ވާނީ މުޅިން އެހެން ކަންތައް ތަކެއްގެ މައްޗަށް ކަމަށެވެ. އަދި ޚާރިޖީ ސިޔާސަތުގައި ބޮޑު ވަޒީރު ވާން ޖެހޭނީ ވަރުގަދަ، އަދި ސާފު ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅަކަށް ކަމަށް ވެސް ބްލެއާ ވިދާޅުވި އެވެ. 

އެކަމާ ގުޅޭ ގޮތުން ބްލެއާގެ ތަރުޖަމާނު ޑެއިލީ މެއިލް އަށް ވިދާޅުވެފައި ވަނީ، އެ ވާހަކަ ތަކަކީ އަމިއްލަ ޙަރަކާތެއްގައި ދެއްކެވި ވާހަކަ ތަކެއް ކަަމަށާއި، އެއީ އާންމު ކުރަން ގަސްދު ކުރި ވާހަކަ ތަކެއް ނޫން ކަމަށެވެ. ބްލެއާ މި ވާހަކަ ދައްކަވާފައި ވަނީ ޖޫވިޝް ނިއުސް އިން ބޭއްވި ސިއްރު ބައްދަލުވުމެއްގެ ތެރޭގަ އެވެ. ޖޫވިޝް ނިއުސް އިން ބުނީ އެއީ "ޗެތަމް ހައުސް" އުސޫލުގެ ދަށުން ސިިއްރު ކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެއް ކަމަަށާއި، އޭގެ ތެރެއިން ބައެއް ވާހަކަ މީޑިއާ އަށް ލީކުވުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ. 

މަސްދަރު: ސީބީ ނިއުސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)ޔޫކޭ-ޔޫއެސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ

08 މާރިޗު 2026
މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ
08 މާރިޗު 2026

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
08 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން
08 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް
08 މާރިޗު 2026

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ
08 މާރިޗު 2026

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި
08 މާރިޗު 2026

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން
07 މާރިޗު 2026

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

07 މާރިޗު 2026
އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި
07 މާރިޗު 2026

ސީދާ ނަން ވިދާޅު ނުވެ، އޮބާމާގެ ފާޑު ކިޔުން ޓްރަމްޕް އަށް

07 މާރިޗު 2026
ސީދާ ނަން ވިދާޅު ނުވެ، އޮބާމާގެ ފާޑު ކިޔުން ޓްރަމްޕް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް