Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް އީރާން ނުރުހުން

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

9 މާރިޗު 2026 | ހޯމަ 08:35

އީރާނުގެ އައު ރޫހީ ލީޑަރު އައްޔަން ކުރުމާ އެކު، ފޮކްސް ނިއުސްގެ ޕްރެޒެންޓަރު ބްރަޔަން ކިލްމީޑްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާނުގެ އެ ނިންމުމާ އެކު އޭނާ ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށް. އަދި އެ ނިންމުމާ މެދު އުފާ ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2026 | ހޯމަ 08:35
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާންގެ އައު ރޫހީ ލީޑަރުގެ މަޤާމަށް އައްޔަން ކުރައްވާފައިވާ، މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާންގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ވަނީ، އެ ޤައުމުގެ އައު ރޫހީ ލީޑަރު، ނުވަތަ އެންމެ މަތީ ވެރިޔާާގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައިވާކަން އިއުލާން ކޮށްފަ އެވެ. އޭނާ އަކީ، އެމެރިކާ އިން ދިން ހަމަލާ ތަކެއްގައި އަވަހާރަ ކޮށްލި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުންނެވެ. 

އީރާނުން އައު ރޫހީ ލީޑަރު އައްޔަން ކުރެއްވުމާ އެކު، ފޮކްސް ނިއުސްގެ ޕްރެޒެންޓަރު ބްރަޔަން ކިލްމީޑްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާންގެ އެ ނިންމުމާ އެކު އޭނާ ހިތްހަމަ ޖެހިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ ނިންމުމާ މެދު އުފާ ނުވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އީރާންގެ އައު ރޫހީ ލީޑަރާ ގުޅޭ ގޮތުން ދި ޓައިމްސް އޮފް އިޒްރޭލް އިން ސުވާލު ކުރުމުން، އެކަމަށް ސީދާ ޖަވާބެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވެފައި ވަނީ، ދެން ކަންތައް ވާނެ ގޮތެއް ބަލަން ހުންނަވާނެ ކަމަށެވެ. ހަމަ އެއާ އެކު، އީރާންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ނިންމުމަކީ، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގުޅިގެން، ދެ ޤައުމުން ވެސް އެއްބަސްވާ ގޮތަކަށް ނިމޭނެ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާން އިން އައު ރޫހީ ލީޑަރު އިއުލާން ކުރުމުގެ ކުރިން އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އިން ދެން އައްޔަން ކުރާ ކޮންމެ ލީޑަރަކީ ވެސް އޭނާ އާއި، އެމެރިކާގެ ރުހުން އޮންނަ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ ރުހުން ނެތް މީހަކު ލީޑަރު ކަަމަށް އައްޔަން ކޮށްފި ނަމަ، އެ މީހަކަށް ގިނަ ދުވަހު މަގާމުގައި ދެމި ނުހުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ، ކޮންމެ 10 އަހަރުން އެއް ފަހަރު މިފަދަ މައްސަލަތަކާ ކުރިމަތިލާން ޖެހުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ އައު ރޫހީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައި މި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ބޮޑު ނުތަނަވަސް ކަމެއް އުފެދިފައި ވަނިކޮށެވެ. އެމެރިކާ އާއި އިޒްރޭލް އިން އިސްވެ އީރާން އަށް ހަމަލާ ދޭން ފަށާފައިވާއިރު، އީރާން އިން އަންނަނީ ރައްދުގައި ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ. 

މަސްދަރު: އޭއެފްޕީ

އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީބެންޖަމިން ނަތަންޔާހޫއީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މާރިޗު 2026

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

09 މާރިޗު 2026
ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި
09 މާރިޗު 2026

އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

09 މާރިޗު 2026
އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި
09 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

09 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި
08 މާރިޗު 2026

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

08 މާރިޗު 2026
އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި
08 މާރިޗު 2026

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

08 މާރިޗު 2026
ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި
08 މާރިޗު 2026

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

08 މާރިޗު 2026
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު
08 މާރިޗު 2026

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

08 މާރިޗު 2026
އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް
08 މާރިޗު 2026

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ

08 މާރިޗު 2026
މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ
08 މާރިޗު 2026

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް