Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

މަޝްވަރާއާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އޮފީހުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދެ ބޭފުޅުން ވެސް ވާހަކަ ފައްޓަފާފައި ވަނީ މެދު އިރުމަތީގެ އެންމެ ފަހުގެ ޙާލަތާ ގުޅޭ ގޮތުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2026 | ހޯމަ 08:27
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އެމެރިކާ އާއި އިނގިރޭސިވިލާތާ ދެމެދު ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މަޝްވަރާ ކުރައްވައިފި އެވެ. 

އެމެރިކާ އިން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި އިނގިރޭސިވިލާތުގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ބޮޑު ވަޒީރު ސްޓާމާ އަށް ފާޑު ވިދާޅުވެފަ އެވެ. އެންމެ ފަހުން ސްޓާމާ އަށް ފާޑު ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވިތާ 24 ގަޑިއިރު ނުވަނީސް، ޓްރަމްޕް އާއި ސްޓާމާ ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. 

އެ މަޝްވަރާއާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ އޮފީހުގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދެ ބޭފުޅުން ވެސް ވާހަކަ ފައްޓަފާފައި ވަނީ މެދު އިރުމަތީގެ އެންމެ ފަހުގެ ޙާލަތާ ގުޅޭ ގޮތުން ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ބައިވެރިންގެ ދިފާއުގައި އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރުއޭއެފް) ބޭސްތައް މެދުވެރިކޮށް، އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު އޮންނަ އަސްކަރީ އެއްބާރުލުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ހާމަ ކޮށްފައިވެ އެވެ. 

ބޮޑު ވަޒީރު ސްޓާމާގެ އޮފީހުން ނެރުއްވި ބަޔާނުގައި، ބޮޑު ވަޒީރަށް ފާޑު ވިދާޅުވެ ޓްރަމްޕް ދައްކަވާފައިވާ ވާހަކަ އަށް އެއްވެސް ވަރަަކަށް އިޝާރާތް ކޮށްފައި ނުވެ އެވެ. ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި  ވަނީ، މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން އިނގިރޭސިވިލާތަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހަނގުރާމަ އިން އެމެރިކާ މޮޅުވުމުން، ދެން ހަނގުރާމައާ ގުޅޭ މީހުން ބޭނުން ނުވާ ކަމަަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ އެހެން ވިދާޅުވީ އިނގިރޭސިވިލާތުން މަތިންދާބޯޓު އުފުލާ މަނަވަރެއް ފޮނުވަން ނިންމުމުންނެވެ. 

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ އީރާންއާ ދެކޮޅަށް ކުރިއަަށް ގެންދާ ހަނގުރާމައިގައި އެމެރިކާގެ އަސްކަރިއްޔާގެ ހަ ސިފައިން މަރުވުމުން، ބޮޑު ވަޒީރު ސްޓާމާ އެކަމުގެ ހިތާމަ ފާޅު ކުރައްވާފައިވާ ކަމަށެވެ. އަދި ޓްރަމްޕް އާއި އެމެރިކާގެ ރައްޔިތުންނަށް ބޮޑު ވަޒީރު ސްޓާމާ ތައުޒިޔާ ފޮނުއްވާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި އިތުރު މަޝްވަރާތައް ކުރިއަށް ގެންދަން، ޓްރަމްޕް އާއި ސްޓާމާ އެއްބަސްވެ ވަޑައިގެންފައިވާ ކަމަށް ބުނެފައިވެ އެވެ. 

ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވާފައިވާއިރު، މިހާރު ކުރިއަށްދާ ހަނގުރާމައިގައި އިނގިރޭސިވިލާތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެމެރިކާ އަށް އެހީތެރިވާން ޖެހޭނެ ކަމަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލޭއާ ވިދާޅުވެފައިވެ އެވެ. އޭނާ ވެސް ވަނީ ބޮޑު ވަޒީރު ސްޓާމާގެ ސިޔާސަތު ތަކަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)ޔޫކޭ-ޔޫއެސް

އިތުރަށް ކިޔާލަން

09 މާރިޗު 2026

އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

09 މާރިޗު 2026
އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި
09 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

09 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި
08 މާރިޗު 2026

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

08 މާރިޗު 2026
އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި
08 މާރިޗު 2026

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

08 މާރިޗު 2026
ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި
08 މާރިޗު 2026

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

08 މާރިޗު 2026
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު