Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ އައު ރޫހީ ލީޑަރަށް މަރުޙަބާ ވިދާޅުވެ، ޕުޓިން ދެއްވީ ގާތް ގުޅުން އޮންނާނެ ކަމުގެ ޔަޤީންކަން

ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިޔާ އާއި އީރާންއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް. އެއާ އެކު ޕުޓިން ވިދާޅުވީ ރަޝިޔާ އާއި އީރާންއާ ދެމެދު އޮންނަ ގުޅުން ކަށަވަރު ކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، ރަޝިޔާ އޮންނާނީ އީރާންގެ ރައްޔިތުންނާ އެކު ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 11:40
ރަޝިޔާގެ ރައީސް ޕުޓިން

ރަޝިޔާގެ ރައީސް ޕުޓިން | ރޮއިޓާސް

އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން މަރުޙަބާ ވިދާޅުވެއްޖެ އެވެ.

އެމެެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކެއްގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ އަވަހާރަ ވެވަޑައިގެންފައިވާއިރު، ހޯމަ ދުވަހު އީރާން އިން ވަނީ އެ ޤައުމުގެ އައު ރޫހާނީ ލީޑަރުގެ މަޤާމަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި އެވެ. 

މުޖުތަބާ ޚާމަނާއީ އަށް މަރުޙަބާ ވިދާޅުވެ ޕުޓިން ފޮނުވި މެސެޖުގައި ވިދާޅުވީ މުޖުތަބާ، އޭނާގެ ބައްޕަގެ މަސައްކަތް އިއްޒަތްތެރިކަމާ އެކު ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި އީރާންގެ ރައްޔިތުން އެކުވެރިކޮށް، ވަރުގަދަ އިމްތިހާނުތަކާ މުޖުތަބާ ޚާމަނާއީ ކުރިމަތި ލައްވާނެ ކަމަށް ޕުޓިން ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން ޕުޓިން ވިދާޅުވެފައި ވަނީ، ރަޝިޔާ އާއި އީރާންއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށެވެ. އެއާ އެކު ޕުޓިން ވިދާޅުވީ ރަޝިޔާ އާއި އީރާންއާ ދެމެދު އޮންނަ ގުޅުން ކަށަވަރު ކޮށްދެއްވުމަށް ބޭނުންފުޅުވާ ކަމަށާއި، ރަޝިޔާ އޮންނާނީ އީރާންގެ ރައްޔިތުންނާ އެކު ކަމަށެވެ. ހަމަ އެހެންމެ، އީރާންގެ "ރަޙުމްތެރިންނާ އެކު" ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ. 

އީރާންގެ އައު ރޫހާނީ ލީޑަރުގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވާފައިވާއިރު، އެ ޤައުމުގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލު ތަކެއް އަންނާނެ ކަމަށް ފާހަގަ ކުރެވެ އެވެ. އެއާ އެކު، އީރާން އިތުރަށް ވަރުގަދަވެ، އެ ޤައުމުގެ އުސޫލުތައް ދަމަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮންނަ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ. 

ރަޝިޔާ އާއި އީރާން އަކީ އަބަދު ވެސް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެކެވެ. ރަޝިޔާގެ ރައީސް ޕުޓިންގެ މި މެސެޖަކީ، އީރާންގެ އައު ރޫހާނީ ލީޑަރަށް މަރުޙަބާ ވިދާޅުވެ ލިބުނު ބައިނަލްއަޤުވާމީ ފުރަތަމަ މެސެޖު ކަމަށް ފާހަގަކޮށްފައިވެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

ތެލުގެ އަގު 120 ޑޮލަރުގައި، ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި އެއީ ދައްކަން ކުޑަ އަގެއް ކަމަށް

09 މާރިޗު 2026
އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

09 މާރިޗު 2026
އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

09 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

09 މާރިޗު 2026
ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

09 މާރިޗު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު