Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން ބަހްރެއިންގެ ތެޔޮ ކޮމްޕްލެކްސް އަކަށް ހަމަލާ ދީފި

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވީ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 08:43
އިޒްރޭލް އާއި އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބަދަލުހިފުމުގެ ގޮތުން ފޮނުވާލި ޑްރޯން ހަމަލާއެއްގައި ބަހްރެއިން މަނާމާގެ ސީފް ސަރަހައްދުން ގެއްލުން ލިބިފައިވާ އިމާރާތެއްގެ ކައިރިން އުޅަނދު ފަހަރު ދަތުރު ކުރަނީ.

އިޒްރޭލް އާއި އެމެރިކާ އިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބަދަލުހިފުމުގެ ގޮތުން ފޮނުވާލި ޑްރޯން ހަމަލާއެއްގައި ބަހްރެއިން މަނާމާގެ ސީފް ސަރަހައްދުން ގެއްލުން ލިބިފައިވާ އިމާރާތެއްގެ ކައިރިން އުޅަނދު ފަހަރު ދަތުރު ކުރަނީ. | ރޮއިޓާސް

ބަހްރެއިންގެ އަލް މާމީރުގައި ހުންނަ ތެޔޮ ރައްކާކުރާ ބޮޑު ކޮމްޕްލެކްސް އަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާއެއްގައި، އެ ތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، އެތައް ގެއްލުން ތަކެއް ވެފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފި އެވެ. 

ހޯމަ ދުވަހު ބަހްރެއިންގެ ދައުލަތުގެ މީޑިއާ އިން މިކަން ހާމަ ކޮށްފައިވާއިރު، މިއީ މެދު އިރުމަތީގެ ސަރަހައްދުގައި ހިނގަމުން އަންނަ ހަމަ ނުޖެހުން ތަކުގެ ތެރެއިން އެންމެ ފަހުން ހިނގާފައިވާ ހާދިސާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ބަހްރެއިންގެ ނިއުސް އެޖެންސީ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އަލް މާމީރުގައި ހުންނަ ތެޔޮ ފެސިލިޓީ އަކަށް އީރާން އިން ދިން އުދުވާނީ ހަމަލާއަކާ ގުޅިގެން އެ ތަނުގައި އަލިފާން ރޯވެފައިވާ ކަަމަށެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވީ ނަމަވެސް، އެއްވެސް މީހެއްގެ ފުރާނަ އަށް ގެއްލުންވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވެ އެވެ. 

މި ހާދިސާ ހިނގުމާ އެކު ބަހްރެއިންގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާއިފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި، އިތުރު ގެއްލުން ތަކުން ސަލާމަތް ވުމަށްޓަކައި ސަލާމަތީ ބާރު ތަކުން އަދި އަލިފާން ނިއްވުމުގެ މަސަައްކަތް ކުރާ ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ. 

ބަހްރެއިންގެ ކަމާ ގުޅުން ހުރި ފަރާތް ތަކުން ބުނެފައި ވަނީ، މި ހަމަލާ އަކީ ސަރަހައްދީ ހަމަ ޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. ގަލްފުގެ ޤައުމު ތަކުގެ ތެޔޮ އުފައްދާ މަރުކަޒު ތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާ ތަކުގެ ސަބަބުން މުޅި ސަރަހައްދުގެ މަސްލަހަތު ގޯސްވެ، އިޤްތިޞާދީ ގޮތުން ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. 

ބަހްރެއިންގެ ސަރުކާރުން ވަނީ މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ. އަދި މިއީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައި ގަތުން ކަަމަށް ވެސް ވަނީ ބުނެފަ އެވެ. މި ހާދިސާއާ ގުޅިގެން މިހާތަނަށް އީރާން އިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، ބަހްރެއިން އިން ގެންދަނީ އެ ޤައުމުގެ ސަލާމަތީ ފިޔަވަޅުތައް ކުރިއަށް ވުރެ ވަރު ގަދަ ކުރަމުންނެވެ. 

މަސްދަރު: އޭއެފްޕީ

ބަޙްރައިންއީރާން-ބަހްރައިންއީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

09 މާރިޗު 2026
އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

09 މާރިޗު 2026
ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

09 މާރިޗު 2026
އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

09 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

09 މާރިޗު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު