Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ އިންޓާނަލް ސެކިއުރިޓީ ކޮމާންޑަށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލް އިން ބުނެފި

އިޒްރޭލްގެ ސިފައިންގެ ބަޔާނެއްގައި ބުނީ، އިޒްރޭލްގެ ވައިގެ ސިފައިން އީރާންގެ ވެރިކަމުގެ އިންފްރާސްޓްރަކްޗާ އަށް އިތުރު ހަމަލާ ތަކެއް ދީފައިވަ ކަމަށް. މި ހަމަލާ ތަކުގައި، އިޒްރޭލަށް ނުރައްކާވާނެ ރޮކެޓު އިންޖީނު އުފައްދާ ތަނެއްްގެ އިތުރުން، ދުރު ރޭންޖުގެ މިސައިލް ދޫކުރާ ގިނަ ތަންތަން ހިމެނޭ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2026 | ހޯމަ 08:39
އީރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯއެއް ހިމެނޭ ބެނާއެއް މަގުމަތީގައި ހަރުކޮށްފައި

އީރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯއެއް ހިމެނޭ ބެނާއެއް މަގުމަތީގައި ހަރުކޮށްފައި | ރޮއިޓާސް

އީރާންގެ ސަލާމަތީ ބާރު ތަކުގެ ކޮމާންޑު މަރުކަޒު ތަކާއި، މިސައިލް ދޫކުރާ ތަން ތަނަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ހާމަ ކޮށްފި އެވެ.

އީރާނަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފައިވާ ކަމަށް އިޒްރޭލުން ހާމަ ކޮށްފައިވާއިރު، މިއީ އީރާނުން އެ ޤައުމުގެ އައު ރޫހީ ލީޑަރު އައްޔަން ކުރި ފަހުން އިޒްރޭލް އިން ދިން ފުރަތަމަ ހަމަލާތައް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

އިޒްރޭލްގެ ސިފައިންގެ ބަޔާނެއްގައި ބުނީ، އިޒްރޭލްގެ ވައިގެ ސިފައިން އީރާންގެ ވެރިކަމުގެ އިންފްރާސްޓްރަކްޗާ އަށް އިތުރު ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ. މި ހަމަލާ ތަކުގައި، އިޒްރޭލަށް ނުރައްކާވާނެ ރޮކެޓު އިންޖީނު އުފައްދާ ތަނެއްްގެ އިތުރުން، ދުރު ރޭންޖުގެ މިސައިލް ދޫކުރާ ގިނަ ތަންތަން ހިމެނޭ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން އީރާނުގެ އިސްފަހާން ސިޓީގައި ހުންނަ ސަލާމަތީ ބާރު ތަކުގެ ބޮޑު މަރުކަޒާއި، ފުލުހުންގެ މަރުކަޒާއި، އީރާންގެ އިންގިލާބީ ގާޑުތައް އަދި ބަސީޖް ބާރު ތަކުން ބޭނުން ކުރާ އެހެނިހެން ތަންތަނަށް ވެސް ހަމަލާ ދީފައިވާ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާގެ ބަޔާނުގައި ބުނީ ސަލާމަތީ ބާރު ތަކާއި، ބަސީޖް ބާރު ތަކަކީ އީރާންގެ އާންމު ރައްޔިތުންނަށް ނުރައްކާތެރި ގޮތުގައި އަމަލު ކުރާ މައިގަނޑު ބާރު ތަކެއް ކަމަށާއި، އެ ބާރު ތަކުން ރައްޔިތުންނަށް ކަނޑައެޅިގެން ގަދަ ފަދަ އަނިޔާތައް ދެމުން އަންނަ ކަމަށެވެ. އެއާ އެކު، އެންމެ ފަހުން މި ދިން ހަމަލާ ތަކަކީ އީރާންގެ ވެރި ކަމުގެ މައިގަނޑު ބާރު ތަކާއި، ވެރިކަމުގެ ބިންގާ ތަކަށް ލިބޭ ގެއްލުން އިތުރަށް ބޮޑު ކުރުމުގެ ބައެއް ކަމަށް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

ތަޖުރިބާ ކާާރުން ދެކޭ ގޮތުގައި މިފަދަ ހަމަލާ ތަކުގެ ސަބަބުން، އީރާން އާއި އިޒްރޭލްއާ ދެމެދު އޮތް ދެކޮޅުވެރިކަން އިތުރަށް ބޮޑު ވެގެން ދާނެ އެވެ. އަދި މިކަމުގެ ރައްދުގައި އީރާން އިން ވެސް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމީ ޔަގީން ކަމެއް ކަމަށް މާހިރުން ފާހަގަ ކުރަމުން ގެންދެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީއީރާން-އިޒްރޭލްއީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލު ޑިފެންސް ފޯސަސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ މެދު ހިތްހަަމަ ނުޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

09 މާރިޗު 2026
ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

ނުތަނަވަސްކަން ބޮޑުވެފައި ވަނިކޮށް، ޓްރަމްޕް އާއި ސްޓާމާ މަޝްވަރާ ކުރައްވައިފި

09 މާރިޗު 2026
އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

09 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

09 މާރިޗު 2026
އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

08 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު