Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާާންގެ ހަމަލާތައް ކުށްވެރިކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސައުދީ އަރަބިއްޔާ އިން ދީފި

9 މާރިޗު 2026 | ހޯމަ 08:03

ސައުދީގެ ފޮރިން މިނިސްޓްރީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ އަމަލު ތަކުގެ ސަބަބުން ދެ ޤައުމުގެ ދެ މެެދުގައި އޮތް ގުޅުމަށް ބޮޑެތި އަސަރު ތަކެއް ކުރާނެ ކަމަށް. އަދި ސައުދީ އިން ވަނީ އެ ގުޅުން ގޯސް ވާނެ ކަމުގެ އިންޒާރު ވެސް ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މާރިޗު 2026 | ހޯމަ 08:03
ސައުދީ އަރަބިއްޔާގެ ދިދަ

ސައުދީ އަރަބިއްޔާގެ ދިދަ | ރޮއިޓާސް

މެދު އިރުމަތީގެ ސަރަހައްދުގެ ޤައުމު ތަކަށާއި، ސައުދީ އަރަބިއްޔާ އަށް އަމާޒުކޮށް އީރާނުން ދެމުން ގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގެ ފުރިހަަމ ހައްގު ލިބިގެންވާ ކަމަށް ސައުދީ އިން ބުނެފި އެވެ.

ސައުދީގެ ފޮރިން މިނިސްޓްރީ އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ މި އަމަލު ތަކުގެ ސަބަބުން ދެ ޤައުމުގެ ދެ މެެދުގައި އޮތް ގުޅުމަށް ބޮޑެތި އަސަރު ތަކެއް ވެސް ކުރާނެ ކަމަށެވެ. އަދި ސައުދީ އިން ވަނީ އެ ގުޅުން ގޯސް ވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، ސައުދީ އަށާއި، ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ)ގެ ޤައުމު ތަކުގެ އިތުރުން، އިސްލާމީ އަދި އެކުވެރި އެހެން ޤައުމު ތަކަށް އަމާޒުކޮށް އީރާނުން ދޭ ހަމަލާ ތަކަކީ އެއްވެސް ޙާލަތެއްގައި ބަލައި ގަނެވޭނެ، އަދި އުޒުރެއް ދެއްކޭނެ ވެސް ކަމެއް ނޫން ކަމަށެވެ. 

އީރާންގެ އަމަލު ތަކުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވަމުންދާކަން ފާހަގަކޮށް ސައުދީ އިން ބުނީ، އޭގެ ސަބަބުން މިހާރު އޮތް ދެ ޤައުމުގެ ގުޅުމަށާއި، އަދި މުސްތަޤުބަލުގެ ގުޅުމަށް ވެސް ބޮޑެތި އަސަރު ތަކެއް ކުރާނެ ކަމަށެވެ. އަދި މަސްރަހު ގޯސް ކުރުމަށް އީރާނުން ގެން ގުޅޭ ސިޔާސަތުގެ ސަބަބުން، އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ފަރާތަކީ ވެސް އީރާާން ކަމަށް ސައުދީ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އާންމު ރައްޔިތުންނަށާއި، އެއާޕޯޓު ތަކުގެ އިތުރުން، ތެޔޮ އުފައްދާ މަރުކަޒު ތަަކަށް ހަމަލާ ދިނުމަކީ ސަރަހައްދީ ސަލާމަތާއި ހަމަ ޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ. 

އަވަށްޓެރި އެއްވެސް ޤައުމަކަށް ހަމަލާ ދިނުމުގެ ރޭވުމެއް ނެތް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައި ވީ ނަމަވެސް، އަމަލީ ގޮތުން އެކަން ފެންނަން ނެތް ކަމަށް ސައުދީ އިން ބުނެފައިވެ އެވެ. އީރާންގެ ރައީސް ޕެޒެޝްކިއާން އެހެން ވިދާޅުވި ވަގުތާއި، އޭގެ ފަހުން ވެސް، އެއްވެސް ހަގީގަތެއް ނެތް ބަހަނާތައް ދައްކައިގެން އީރާނުން ހަަމަލާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސައުދީގެ ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. 

އީރާންގެ ހަމަލާތައް ސައުދީ އިން ކުށްވެރި ކޮށްފައިވާއިރު، އީރާނުން ހަމަލާ ދެމުން އަންނަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، އެމްބަސީ ތަކަށެވެ. އަނެއްކޮޅުން މިއީ އެމެރިކާ އާއި އިޒްރޭލުން އިސްވެ ފެށި ހަނގުރާމަ އަކަށްވާއިރު، ސައުދީގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އެފަދަ އެއްވެސް ވާހަކައެއް ހިމަނާފައި ނުވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-ސައުދީ އަރަބިއްޔާސައުދީ ފޮރިން މިނިސްޓްރީއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި

09 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ އައްޔަން ކުރައްވައިފި
08 މާރިޗު 2026

އީރާނުގެ ހަމަލާއިން ޒަހަމްވި އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ, މިއީ މަރުވި 7 ވަނަ މީހާ

08 މާރިޗު 2026
އީރާނުގެ ހަމަލާއިން ޒަހަމްވި އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ, މިއީ މަރުވި 7 ވަނަ މީހާ
08 މާރިޗު 2026

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

08 މާރިޗު 2026
ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ
08 މާރިޗު 2026

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

08 މާރިޗު 2026
އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި
08 މާރިޗު 2026

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

08 މާރިޗު 2026
ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި
08 މާރިޗު 2026

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

08 މާރިޗު 2026
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު
08 މާރިޗު 2026

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

08 މާރިޗު 2026
އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް
08 މާރިޗު 2026

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ

08 މާރިޗު 2026
މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ
08 މާރިޗު 2026

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް