Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

އީރާނުގެ އައިއާރުޖީސީން އާ ޖީލުގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެން އިޒްރޭލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި. މި ހަމަލާތަކަކީ ފެބްރުއަރީ މަހުން ފެށިގެން އީރާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނޭ. އަދި ކުރިއަށް އޮތް ތަނުގައި ހަމަލާތަކުގެ ބާރުގަދަކޮށް، ޑްރޯން އާއި މިސައިލް ބޭނުންކުރާ މިންވަރު އިތުރުކުރާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 18:52
އީރާނުން އިޒްރޭލުގެ ތެލް އަވީވަށް ދިން މިސައިލް ހަމަލާއެއްގައި ސުންނާފަތިވެފައިވާ އެޕާޓްމަންޓް އިމާރާތަކަށް ލިބިފައިވާ ގެއްލުންތައް އާންމުން ބަލަނީ.

އީރާނުން އިޒްރޭލުގެ ތެލް އަވީވަށް ދިން މިސައިލް ހަމަލާއެއްގައި ސުންނާފަތިވެފައިވާ އެޕާޓްމަންޓް އިމާރާތަކަށް ލިބިފައިވާ ގެއްލުންތައް އާންމުން ބަލަނީ. | އޭޕީ

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން "ޓްރޫ ޕްރޮމިސް 4" އަސްކަރީ އޮޕަރޭޝަނުގެ 28 ވަނަ ބުރު ކުރިއަށް ގެންގޮސްފިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދުޝްމަނުންގެ އަމާޒުތަކަށް ދޭ ބަދަލުހިފުމުގެ ހަމަލާތަކުގެ ދާއިރާ ފުޅާކޮށް، ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފައެވެ.

އައިއާރުޖީސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަދަލުހިފުމުގެ މި އޮޕަރޭޝަނުގެ އެންމެ ފަހުގެ ބުރުގައި އެ ޖަމާއަތުގެ އެއިރޯސްޕޭސް ފޯސްއިން އާ ޖީލުގެ މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ބީރްޝެބާ އާއި ތަލް އެވީވްގެ އިތުރުން އަޒްރަގް އެއާ ބޭސްއަށް ކަމަށް އެ ބަޔާނުގައިވެއެވެ.

އައިއާރުޖީސީގެ ބަޔާނުގައި ވާގޮތުން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ހަމަލާދީފައިވަނީ އީރާނުގެ މިސައިލާއި ޑްރޯން ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން، އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތަކުން ހަމަލާ ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު އަދި އެންމެ ހަރަކާތްތެރި މަރުކަޒުގެ ގޮތުގައި ސިފަކޮށްފައިވާ އަޒްރަގް އެއާ ބޭސްއަށް އެތައް ފަހަރަކު ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އަދި ތަލް އަވީވް އާއި ބީރްޝެބާގައި ހުރި އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވަނީ ނުހަނު ބަރު "ވޯހެޑް" ނުވަތަ ގޮވާތަކެތި ހަރުކޮށްފައިވާ "ޚައިބަރު" މަރުކާގެ މިސައިލް ބޭނުންކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ދޭ ހަމަލާތަކުގެ މިންވަރާއި ބާރުގަދަކަން އިތުރުކުރާނެ ކަމުގެ އިންޒާރު އައިއާރުޖީސީން ވަނީ ދީފައެވެ.

ބަދަލުހިފުމުގެ މި އޮޕަރޭޝަންތަކާ ގުޅޭ އިތުރު މައުލޫމާތު އީރާނުގެ ރައްޔިތުންނަށް ހާމަކުރަމުންދާނެ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ. މީގެ އިތުރުން، މިރޭ ފެށިގެން އައިއާރުޖީސީގެ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކުރުމަށް ރާވާފައިވާ ކަމަށް މައުލޫމާތު އެނގޭ މަސްދަރަކުން އީރާނުގެ މީޑިއާތަކަށް ވަނީ ކިޔައިދީފައެވެ.

އެ މަސްދަރުން ބުނި ގޮތުގައި، އައިއާރުޖީސީން ޑްރޯން ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތައް 20 އިންސައްތަ އިތުރުކޮށް، ނުހަނު ބަރު އަދި ސްޓްރެޓީޖިކް މިސައިލް ބޭނުންކުރާ މިންވަރު ދެގުނަ ކުރާނެއެވެ.

މި ފިޔަވަޅަކީ އީރާނުގެ މަސްލަހަތުތަކަށާއި ރައްޔިތުންނަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދިނުމަށާއި، ދުޝްމަނުން ހުއްޓުވުމުގެ ބާރު ވަރުގަދަކުރުމުގެ މަގްސަދުގައި އަޅާ ފިޔަވަޅެއް ކަމަށް އެ މަސްދަރުން ބުނެފައިވެއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ވައިގެ މަގުން އާ އުދުވާނީ ހަމަލާތަކެއް ދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ އެއްވެސް ކުރިމަތިލުމަކާ ނުލައި އެ ގައުމުތަކުން އީރާނަށް ދިން ހަމަލާތަކަށް އަށް މަސް ދުވަސް ފަހުން ދޭން ފެށި ހަމަލާތަކެކެވެ.

މި ހަމަލާތަކުގެ ސަބަބުން އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި، އަސްކަރީ ކޮމާންޑަރުންގެ އިތުރުން، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 1،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ވަގުތުން ފިޔަވަޅު އަޅަން ފަށައި، އިޒްރޭލުން ހިފާފައިވާ ސަރަހައްދުތަކަށާއި ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފަށާފައެވެ.

އީރާން-އިޒްރޭލްއީރާން-އެމެރިކާއައިއާރުޖީސީޓްރޫ ޕްރޮމިސް 4ތެލްއަވީވް

ކޮމެންޓް

އިތުރަށް ކިޔާލަން

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

08 މާރިޗު 2026
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

08 މާރިޗު 2026
އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

08 މާރިޗު 2026
އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު