Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

އީރާނުގެ ރޫޙާނީ ލީޑަރާއި އަސްކަރީ އިސްވެރިން އަވަހާރަކޮށްލުމާ ގުޅިގެން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގައި، އެމެރިކާގެ އެންމެ ޒަމާނީ ހަތަރު ރާޑަރު ސިސްޓަމެއް އީރާނުން ވަނީ ސުންނާފަތިކޮށްލާފަ. މީގެ އިތުރުން، އެ ގައުމުގެ ވައިގެ ސަރަޙައްދަށް ވަން އިޒްރޭލުގެ "ހާމީސް 900" މަރުކާގެ ޑްރޯނެއް ވައްޓާލާފައިވާއިރު، އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައިވޭ. އީރާނުން މިހާރު ދަނީ އެމެރިކާގެ ސަރަޙައްދީ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ފުލުފުލުން މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުން.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 17:00
މި ފޮޓޯއިން ފެންނަނީ އަމާޒުތަކަށް ހަމަލާދިނުމަށްޓަކައި އީރާނުން މިސައިލެއް ފޮނުވާލާ މަންޒަރު.

މި ފޮޓޯއިން ފެންނަނީ އަމާޒުތަކަށް ހަމަލާދިނުމަށްޓަކައި އީރާނުން މިސައިލެއް ފޮނުވާލާ މަންޒަރު. | ޕްރެސްޓީވީ

ސަރަޙައްދުގައި ހުރި އެމެރިކާގެ މިސައިލް ދިފާޢީ ނިޒާމުތަކަށް އަމާޒުކޮށް އީރާނުގެ އަސްކަރިއްޔާއިން ދިން ބަދަލުހިފުމުގެ ހަމަލާތަކެއްގައި، އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމެއް ހަލާކުކޮށްލައިފިއެވެ.

ޚާތަމުލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދުރު ރާސްތާގެ އަމާޒުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ "ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް" (ތާޑް) ގެ އެންމެ ޒަމާނީ ހަތަރު ރާޑަރު ޔުނިޓެއް، ފާއިތުވި 24 ގަޑިއިރު ތެރޭގައި ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ރާޑަރުތައް ގާއިމުކޮށްފައި ހުރީ އަލް-ރުބާ، އަލް-ރުވައިސް، އަލް-ޚަރްޖް އަދި އަޒްރަގްގަ އެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ރާޑަރު ސިސްޓަމްތަކަކީ އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ހިންގާ މިސައިލް ދިފާޢީ ނިޒާމަށް ބޭނުންވާ ޖާސޫސީ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެމުންދިޔަ ވަސީލަތްތަކެއް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ދުޝްމަނުންގެ "އާލީ ވޯނިންގް" ނުވަތަ ދުރާލާ އިންޒާރުދޭ ނިޒާމަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އިޒްރޭލުން ހިފާފައިވާ ބިންތަކުގައި މިހާރު އިންޒާރުގެ ރަނގަބީލު އަޅަނީ މިސައިލްތައް އައިސް އަމާޒަށް އަރާ ވަގުތު ކަމަށެވެ.

މީގެ އިތުރުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ވަކިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ހުޅަނގު ސަރަޙައްދުގެ ވައިގެ ސަރަޙައްދަށް ވަތް އިޒްރޭލުގެ ކުރިއަރާފައިވާ ޑްރޯނެއް، އެ ގައުމުގެ ވައިގެ ދިފާޢީ ނިޒާމުން ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން، "ހާމީސް 900" މަރުކާގެ މި ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ނެޓްވޯކްގެ ދަށުން ހަރަކާތްތެރިވާ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތަކުން އެ އުޅަނދު ދެނެގަނެ، އޭގެ ހަރަކާތްތަކަށް ފާރަވެރިވުމަށްފަހުގައެވެ.

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން އަސްކަރީ ހަމަލާއެއްގައި، އެ ގައުމުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.

އެ ހާދިސާއަށްފަހު، އެމެރިކާ އާއި އިޒްރޭލުން ދަނީ އީރާނުގެ އެކި ސަރަޙައްދުތަކަށް ޓެރަރިސްޓް ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި އަސްކަރީ މަރުކަޒުތަކުގެ އިތުރުން ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ އާންމުންގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށްފައިވާއިރު، މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އެމެރިކާއިން ބޭނުންކުރާ ސަރަޙައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، އީރާނުގެ އަސްކަރިއްޔާއިން ދަނީ ފުލުފުލުން މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވަމުންނެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްތާޑްއައިއާރުޖީސީހާމީސް 900

އިތުރަށް ކިޔާލަން

08 މާރިޗު 2026

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

08 މާރިޗު 2026
ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު
08 މާރިޗު 2026

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

08 މާރިޗު 2026
އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް
08 މާރިޗު 2026

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
08 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު