Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަ ނުދޭނެ: ޚާރިޖީ ވަޒީރު

8 މާރިޗު 2026 | އާދީއްތަ 16:51

އެމެރިކާއާއި އިޒްރޭލުން ކުރީގެ އެއްބަސްވުންތަކާ ޚިލާފުވެފައިވާތީ، ހަމަލާ ބަދަލުކުރުން ވަގުތީގޮތުން ހުއްޓާލުމުގެ ބަދަލުގައި އީރާނުން ބޭނުންވަނީ ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެންނަން ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ. އީރާނުން އަމާންދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް ރައްދު ދެއްވަމުން އަރަގްޗީ ވިދާޅުވީ، ގައުމުގެ ސަލާމަތަށްޓަކައި ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށާއި ރަޝިޔާއާއެކު އޮންނަ އަސްކަރީ އެއްބާރުލުން ދެމިއޮންނާނެ ކަމަށް. މި ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން މީޑިއާ ރިޕޯޓްތަކުން ހާމަވޭ.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 16:51
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާދީއްތަ ދުވަހު އެންބީސީ ނިއުސްއަށް މައުލޫމާތު ދެއްވަނީ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އާދީއްތަ ދުވަހު އެންބީސީ ނިއުސްއަށް މައުލޫމާތު ދެއްވަނީ. | ޕްރެސްޓީވީ

އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްވެސް ގޮވާލުމަކަށް އީރާނުން އިޖާބަނުދޭނެ ކަމަށާއި، އީރާނުން ބޭނުންވަނީ އުދުވާންތައް ދާއިމީކޮށް ހުއްޓާލުމަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު އެންބީސީ ނިއުސްގެ "މީޓް ދަ ޕްރެސް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން މަހު 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމާ އިޒްރޭލާއި އެމެރިކާއިން ޚިލާފުވެފައިވާތީ، އީރާނުން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

"އަދި މިހާރު ތިޔަ އެދެނީ އަލުން ހަމަލާ ބަދަލުކުރުން ހުއްޓާލަންތޯ؟ ކަންކަން ހިނގާނީ މިހެންނެއް ނޫން. ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެންނަންޖެހޭ،" އަރަގްޗީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ހިސާބަށް ދެވެންދެން، އީރާނުގެ ރައްޔިތުންނާއި ގައުމުގެ ސަލާމަތަށްޓަކައި ހަނގުރާމަ ކުރިއަށް ގެންދަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަރަގްޗީ މިހެން ވިދާޅުވީ، ހަނގުރާމަ ހުއްޓާލައި އެމެރިކާއާއެކު މަޝްވަރާގެ މޭޒަށް އެނބުރި ދިއުމަށް އީރާނުން ތައްޔާރަށް އޮތްތޯ އެންބީސީގެ މޮޑަރޭޓަރު ކްރިސްޓިން ވެލްކާ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ވާހަކަތައް އައިސްފައި މިވަނީ، ހަނގުރާމަ ހުއްޓާލެވެން އޮތް ހަމައެކަނި ގޮތަކީ އީރާނުން "ޝަރުތަކާ ނުލައި އަމާންދިނުން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.

މީގެ ކުރިން އީރާނާއެކު ކުރެވުނު ހަނގުރާމައިގައި ވެސް ޓްރަމްޕް މިފަދަ ޝަރުތުތަކެއް ކުރިމަތިކުރެއްވި ކަމަށާއި، ނަމަވެސް އެފަދަ ޝަރުތުތަކަކީ ދުވަހަކުވެސް ކާމިޔާބުވާނެ ކަންކަން ނޫން ކަމަށް އަރަގްޗީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާނުން ދުވަހަކުވެސް އަމާން ނުދޭނެ ކަމަށާއި، ބޭނުންވި ކޮންމެ ވަގުތަކުވެސް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

މި ހަނގުރާމައިގައި ރަޝިޔާގެ އިންޓެލިޖެންސް އެހީތެރިކަން އީރާނަށް ލިބޭ ކަމަށް ބުނާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި ތަންތަން ދެނެގަތުމަށް ތެހެރާނަށް އެފަދަ އެހީތެރިކަމެއް ލިބެމުންދާކަން ފޮރިން މިނިސްޓަރު ކަށަވަރެއް ނުކޮށްދެއްވައެވެ.

"އެކި ދާއިރާތަކުން ރަޝިޔާ އިން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ. އެކަމުގެ ތަފްސީލީ މައުލޫމާތެއް އަޅުގަނޑު އަތަކު ނެތް،" އަރަގްޗީ ވިދާޅުވިއެވެ. އަދި އީރާނާއި ރަޝިޔާއާ ދެމެދު އޮންނަ އެއްބާރުލުމަކީ އާ ކަމެއް ނޫން ކަމަށާއި، އެއީ ސިއްރެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި ތެލް އަވީވްގެ އީރާނުގެ ދުޝްމަނުން ވަނީ އެއްވެސް އުދުވާނަކާ ނުލައި އީރާނަށް ޣައިރު ގާނޫނީ ހަމަލާތަކެއް ދީ، އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަކޮށްލާފައެވެ.

މީގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ ކުރިއަރާފައިވާ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބަދަލުހިފުމުގެ ވަރުގަދަ ހަމަލާތަކެއް ސިލްސިލާކޮށް ދީފައެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ހުޅަނގު އޭޝިއާ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒްރޭލުން ހިފާފައިވާ ބިންތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ބިލިއަނުން ޑޮލަރުގެ ގެއްލުން ވަނީ ލިބިފައެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްއައްބާސް އަރަގްޗީއީރާން-ރަޝިޔާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް

08 މާރިޗު 2026
އީރާނުގެ ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ، ބްލޭއާގެ ރުޅިގަނޑު ބޮޑު ވަޒީރު ސްޓާމާ އަށް
08 މާރިޗު 2026

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
08 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން
08 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް
08 މާރިޗު 2026

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ
08 މާރިޗު 2026

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި
08 މާރިޗު 2026

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން
07 މާރިޗު 2026

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

07 މާރިޗު 2026
އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި
07 މާރިޗު 2026

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

07 މާރިޗު 2026
ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް