Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖުގެ މީހުން ދިރިއުޅޭ އިމާރާތަކަށް "އަސްކަރީ އާލާތެއް" ވެއްޓި ބޭރު ގައުމުތަކަށް ނިސްބަތްވާ ދެ މީހަކު މަރުވެ، 12 މީހަކު ވަނީ ޒަޚަމްވެފައި. މި ހާދިސާއާ ގުޅިގެން ސައުދީން 15 ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާއިރު، ކުވެއިތާއި ބަހްރޭނުގެ މުހިންމު މަރުކަޒުތަކަށްވެސް ވަނީ ހަމަލާތައް އަމާޒުވެފައި. އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތައް ނުހުއްޓުވައިފިނަމަ، ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައި.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 19:28
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، 2026 މާރިޗު 5 ވީ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޟްގެ މަތިން ދުން އަރަމުންދަނީ.

އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، 2026 މާރިޗު 5 ވީ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޟްގެ މަތިން ދުން އަރަމުންދަނީ. | ރޮއިޓާސް

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖު ސިޓީގެ މީހުން ދިރިއުޅޭ އިމާރާތަކަށް "މިސައިލެއް ނުވަތަ ގޮވާ އެއްޗެއް" ވެއްޓި ދެ މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ދެވަނަ ހަފުތާގެ ތެރޭގައެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން މީގެ ކުރިން ބުނެފައިވަނީ، އެމެރިކާގެ އަސްކަރީ ބޭސްއެއް ކަމަށްވާ ޕްރިންސް ސުލްތާން އެއާބޭސް ހުންނަ އަލް-ޚަރްޖު ހިމެނޭހެން ބައެއް ސަރަހައްދުތަކުގެ ރާޑަރު ސިސްޓަމްތަކަށް ހަމަލާދީފައިވާނެ ކަމަށެވެ.

ސައުދީ ސިވިލް ޑިފެންސުން އާދީއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި، އީރާނުގެ ނަން ބޭނުންނުކޮށް ބުނެފައިވަނީ، އަލް-ޚަރްޖުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް "އަސްކަރީ އާލާތެއް" ވެއްޓުމުގެ ސަބަބުން ބޭރު ގައުމުތަކަށް ނިސްބަތްވާ ދެ މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވި ދެ މީހުންނަކީ އިންޑިއާ މީހަކާއި ބަންގްލަދޭޝް މީހެކެވެ. މީގެ އިތުރުން މި ހާދިސާގައި 12 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އީރާނުގެ އައި.އާރް.ޖީ.ސީ އިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސިފައިން ބޭނުންކުރާ ޕްރިންސް ސުލްތާން އެއާބޭސް ހުންނަ އަލް-ޚަރްޖު ގަވަރުނަރޭޓްގެ ރާޑަރު ސިސްޓަމްތަކަށް ވަނީ އަމާޒުކޮށްފައެވެ. އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، ފާއިތުވި ހަފުތާގައި މި ސަރަހައްދަށް ތަކުރާރުކޮށް ހަމަލާތައް ވަނީ އަމާޒުވެފައެވެ.

ދޯހާގައި ހުރެ އަލްޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި، މި ހަމަލާ އަމާޒުވެފައިވަނީ މަރާމާތުކުރުމާއި ސާފުކުރުމުގެ މަސައްކަތްކުރާ ކުންފުންޏެއްގެ މުވައްޒަފުން ދިރިއުޅޭ ތަނަކަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މި ހާލަތަކީ މުޅި ގަލްފު ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް އޮތް ނުރައްކާތެރި އަދި ނުތަނަވަސް ހާލަތެކެވެ. ގަލްފުގެ ގައުމުތަކުގައި 200 އަށްވުރެ ގިނަ ގައުމުގެ މީހުން ދިރިއުޅެމުންދާއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ހިމެނޭކަން އޭނާ ފާހަގަކުރިއެވެ.

އާދީއްތަ ދުވަހު ސައުދީ ޑިފެންސް މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން ވަނީ 15 ޑްރޯން ހަމަލާއެއް ހުއްޓުވާފައެވެ. މީގެ ތެރޭގައި ވެރިރަށް ރިޔާޟްގެ ޑިޕްލޮމެޓިކް ކުއާޓަރަށް ދޭން އުޅުނު ހަމަލާއެއްވެސް ހިމެނެއެވެ.

މީގެ އިތުރުން، ކުވެއިތުގެ ބައިނަލްއަގުވާމީ އެއާޕޯޓުގައި ހުރި ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް އެ ގައުމުން ބުނެފައިވާއިރު، ބަހްރޭނުން ވަނީ އެ ގައުމުގެ ފެން މީރުކުރާ ޕްލާންޓަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

އާދީއްތަ ދުވަހުގެ މި ހަމަލާތައް ދީފައިވަނީ، އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން އީރާނުގެ ވެރިރަށް ތެހެރާން ކައިރީގައި ހުރި ތެޔޮ އުފައްދާ ފަސް މަރުކަޒަކަށް ހަމަލާދީ، ބަޔަކު މަރުވެ، މުޅި ސިޓީ ދުމުން ފޮރުވިފައި ވަނިކޮށެވެ. އީރާނުގެ ދައުލަތުގެ ތެޔޮ ކުންފުނީގެ އިސް އޮފިޝަލަކު ވަނީ މި ހަމަލާތަކުގައި ބަޔަކު މަރުވިކަން ކަށަވަރުކޮށްދީފައެވެ. އައި.އާރް.ޖީ.ސީގެ ތަރުޖަމާނަކު ބުނި ގޮތުގައި، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތައް ނުހުއްޓުވައިފިނަމަ، އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެއެވެ.

އެ ތަރުޖަމާނު އިތުރަށް ބުނީ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށްވުރެ މައްޗަށް ދިއުމުން ކެތްކުރެވޭނެ ނަމަ، މި "ކުޅިވަރު" ކުރިއަށް ގެންދިއުމަށެވެ.

ހަނގުރާމައަށް ނުވަ ދުވަސް ވެފައިވާއިރު، އައި.އާރް.ޖީ.ސީ އިން ބުނެފައިވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދިނުމަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ހަ މަސް ދުވަހަށް ވާވަރަށް އެބަހުރި ކަމަށެވެ.

އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލް ޣައިތު ވިދާޅުވީ، އަރަބި ލީގުގެ މެންބަރު ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތަކަކީ "ޒިންމާދާރުކަން ކުޑަ" އަމަލުތަކެއް ކަމަށެވެ. އަދި މިއީ ހެދޭ "ސްޓްރެޓީޖިކް ބޮޑު ގޯހެއް" ކަމަށް ސިފަކުރައްވައި، އެ ނިންމުން ބަދަލުކުރުމަށް އޭނާ ވަނީ ތެހެރާނަށް ގޮވާލައްވާފައެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، މިހާތަނަށް މަދުވެގެން 1,200 އާންމުން މަރުވެ، 10,000 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ.

އީރާން-ޔޫއެސްއޭ-އިޒްރޭލްއަލް-ޚަރްޖުއައިއާރުޖީސީކުވައިތުބަޙްރައިންއީރާން-ސައުދީ އަރަބިއްޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

އީރާނުން އިޒްރޭލާއި އެމެރިކާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމުގެ އިންޒާރު ދީފި

08 މާރިޗު 2026
ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

ފާއިތުވި 24 ގަޑިއިރު ތެރޭ އީރާނުން އެމެރިކާގެ އެންމެ ކުރިއަރާފައިވާ ހަތަރު ރާޑަރު ސިސްޓަމަށް ހަމަލާދީފި

08 މާރިޗު 2026
އޮމާން: އެމެރިކާ އާއި އިޒްރޭލުގެ އަމަލުތަކަކީ ދަށު ދަރަޖައިގެ ޣައިރު ގާނޫނީ އަމަލުތަކެއް

އޮމާން: އެމެރިކާ އާއި އިޒްރޭލުގެ އަމަލުތަކަކީ ދަށު ދަރަޖައިގެ ޣައިރު ގާނޫނީ އަމަލުތަކެއް

08 މާރިޗު 2026
ޓްރަމްޕް: އީރާނުގެ އާ ލީޑަރަށް އެމެރިކާގެ ރުހުން ބޭނުންވާނެ، ނޫނީ މާ ގިނަ ދުވަހަކު ނުހުންނާނެ

ޓްރަމްޕް: އީރާނުގެ އާ ލީޑަރަށް އެމެރިކާގެ ރުހުން ބޭނުންވާނެ، ނޫނީ މާ ގިނަ ދުވަހަކު ނުހުންނާނެ

08 މާރިޗު 2026
އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ އެ ގައުމުގެ އަސްކަރިއްޔާ މުޅިން ނެތިގޮސް، ވެރިކަން ކުރާނެ އަކަކުވެސް ބާކީ ނެތް ހިސާބަކަށް ދިއުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ އެ ގައުމުގެ އަސްކަރިއްޔާ މުޅިން ނެތިގޮސް، ވެރިކަން ކުރާނެ އަކަކުވެސް ބާކީ ނެތް ހިސާބަކަށް ދިއުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

08 މާރިޗު 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު