Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

8 މާރިޗު 2026 | އާދީއްތަ 08:19

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވީ، އީރާން އެ ޤައުމުގެ ރަޙުމަތްތެރިންނާ ދެކޮޅަށް ހަމަލާ ނުދޭނެ ކަމަށް. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒު ތަކާއި، އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނެ ކަމުގައި ޕެޒެޝްކިއާން ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މާރިޗު 2026 | އާދީއްތަ 08:19
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް

ސަރަަހައްދުގައި ހުރި އަވަށްޓެރި ޤައުމު ތަކަށް އީރާން އިން ހަމަލާ ނުދޭނެ ކަމަށާއި، ނަމަވެސް އެމެރިކާގެ އަސްކަރީ ތަންތަނަށް ހަމަލާ ދޭނެ ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއާން ވިދާޅުވީ، އީރާން އެ ޤައުމުގެ ރަޙުމަތްތެރިންނާ ދެކޮޅަށް ހަމަލާ ނުދޭނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒު ތަކާއި، އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނެ ކަމުގައި ޕެޒެޝްކިއާން ވިދާޅުވި އެވެ. އެމެރިކާއާ ދެކޮޅަށް ދޭ ހަމަލާ ތަކަށް ވަކާލާތު ކުރައްވައި ޕެޒެޝްކިއާން ވިދާޅުވީ، އީރާންގެ ރައްޔިތުން ޤައުމު ދިފާއު ކުރުމަށް މަރުވާން ވެސް ފަސް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ، އީރާން އަކީ އަބަދު ވެސް ސަރަހައްދުގެ ސަރުކާރުތަކާ ރަޙުމްތެރި ގުޅުން ދެމެހެއްޓުމަށް ޝައުޤުވެރިވާ ޤައުމެއް ކަމަށެވެ. ނަމަވެސް، އެމެެރިކާ އާއި، ޔަހޫދީ ވެރި ކަމުގެ ލަޝްކަރީ ހަމަލާތަކާ ދެކޮޅަށް އީރާން އަށް ނިސްބަތްވާ ދިފާއުވުމުގެ ހައްގު ކުޑަ ނުވާނެ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ. 

މީޑިއާ ތަކުގައި ބުނެފައި ވަނީ، އީރާންގެ ރައީސް ޕެޒެޝްކިއާންގެ މި ވާހަކަ ތަކަކީ އެންމެ ފަހުން ހޮނިހިރު ދުވަހު ދެއްވި ބަޔާނާ ތަފާތު ވާހަކަ ތަކެއް ކަމަށެވެ. އެ ބަޔާނުގައި ޕެޒެޝްކިއާން ވިދާޅުވެފައި ވަނީ، ސަރަހައްދީ ޤައުމު ތަކަށް ދެވުނު ހަމަލާ ތަަކަަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ޤައުމު ތަކުން ހަމަލާއެއް ނުދޭ ނަމަ، އީރާން އިން އިތުރު ހަމަލާއެއް ނުދޭނެ ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. 

އީރާން އިން އަބަދު ވެސް ބުނަމުން އަންނަނީ އެ ޤައުމުން އިސްވެ އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށާއި، އެ ޤައުމުން އިސްވެ ހަނގުރާމައެއް ވެސް ނުފަށާނެ ކަމަށެވެ. ނަމަވެސް، އީރާން އަށް އަމާޒުކޮށް ހަމަލާ އެއް އަތުވެއްޖެ ނަމަ، އެ ޤައުމުގެ ދިފާއުގައި ހަމަލާ ދިނުމުގެ ހައްގު އޮންނާނެ ކަމަށް އީރާން އިން އަބަދު ވެސް ބުނެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާންއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް
08 މާރިޗު 2026

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން
08 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް
08 މާރިޗު 2026

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ
08 މާރިޗު 2026

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

08 މާރިޗު 2026
އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!
08 މާރިޗު 2026

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި
08 މާރިޗު 2026

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން
08 މާރިޗު 2026

އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

08 މާރިޗު 2026
އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ
07 މާރިޗު 2026

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

07 މާރިޗު 2026
އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި
07 މާރިޗު 2026

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

07 މާރިޗު 2026
ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް