Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް މިސަރުކާރުން ނުބަލާ: ސައުދުﷲ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތަކަށް ސަރުކާރުން ތައްޔާރުވެފައި ނުވާތީ ޓްރޭޑް އެސޯޝިއޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ސައުދުﷲ ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައި. އޭނާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އެއްވެސް ޕްލޭނެއް ހާމަކޮށްފައި ނުވާއިރު، ތެލުގެ އަގު ބޮޑުކުރުމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް. އަދި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ގައުމުގެ ހާލަތު ސާފުކޮށްދިނުމަށް އޭނާ ވަނީ ގޮވާލާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 08:24
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޓްރޭޑް އެސޯޝިއޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ސައުދުﷲ އަހުމަދު ވާހަކަ ދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޓްރޭޑް އެސޯޝިއޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ސައުދުﷲ އަހުމަދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ހަނގުރާމާއާ ގުޅިގެން މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހާލަތު އެއްވެސް ވަރަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުބަލާ ކަމަށް ޓްރޭޑް އެސޯޝިއޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ސައުދުﷲ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގައި އިންތިހާއަށް ކަންބޮޑުވުން އެބައޮތް ކަމަށާއި، ނަމަވެސް މިސަރުކާރަށް އަދި ކަމެއްވާހެން ހީނުވާ ކަމަށެވެ. ހަނގުރާމަ ދިގުދެމިގެން ހިނގައްޖެނަމަ ގައުމަށް ވާނެ ގޮތް ބަލައި، އިތުރު ގޮތްތައް ހޯދަން ޖެހޭ ކަމަށާއި، ރައްޔިތުންނަށް ބަނޑަށް ނުޖެހި ތިބެވޭނެ ޕްލޭނެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސައުދުﷲ ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިއްބަވާ ސަރުކާރުގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، ގައުމުގައި ފޮރިން މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރެއް ހުންނެވި ކަމަށެވެ. ނަމަވެސް މި ބޭފުޅުން ޒިންމާ ނަގާ މަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މެދުއިރުމަތީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ އެތައް އާއިލާގެ ހާލަތާއި، އެމީހުން ދިރިއުޅެމުންދާ ގޮތް އެއްވެސް ވަރަކަށް ނުބަލާ ކަމަށެވެ. 

ހަނގުރާމައާ ގުޅިގެން އަންނަ ހުރިހާ ކަމެއް ސާފުކޮށް ރައްޔިތުންނަށް ހާމަކުރަން ޖެހޭކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ، މިފަދަ އެއްވެސް މަސައްކަތެއް މިސަރުކާރުން ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. 

ރާއްޖޭގައި އޮތީ ނާޒުކު އިގްތިސާދެއްކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ، މިކަމުގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް ފުރިހަމަ މައުލޫމާތު ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި، ހުރި ކަންބޮޑުވުންތައް ބަލައި، ފިޔަވަަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންނާ އަޅާބަލާއިރު، ގަތަރަކީ ވަރަށް ބޮޑު އިގްތިސާދެއް އޮތް ގައުމެއް. ދުބާއީ އަކީ މުޅި ޔޫރަޕާއި އޭޝިޔާ ގުޅުވައިދޭ މެދުގައި އޮންނަ މައި ހަބު އެނގޭތޯ އަދި ޗައިނާއާ. މިހުރިހާ ދިމާލެއްގެ މުދާ އެތަނުން ޑިސްޓިބިއުޓް ކުރާ އެއް ހަބަކީ ދުބާއީ. އެހެންވީމަ ދުބާއީ ވެސް އެއޮތީ މިޑިލްއީސްޓް ގައުމެއް. މި ހަނގުރާމައިގެ ތެރޭގައި ހިމެނިފައި. އެހެންވެއްޖެއްޔާ އަޅުގަނޑުމެން ކަހަލަ ވަރަށް ނާޒުކު އިގްތިސާދެއް އޮންނަ ގައުމަކަށް މީގެ އަސަރު ކުރާނެ ވަރަށް އަންދާޒާ ކުރަން ވެސް ދަތި އިނގޭތޯ. އަޅުަނޑަށް ނުފެނޭ ރާއްޖޭގެ ސަރުކާރުން މިއަށް އެއްވެސް ވަރަކަށް ރައްޔިތުންނަށް ހަނގުރާމައެއް ފެށިގެން އުޅޭ ކަމެއް ވެސް އެނގޭ މީހަކު ވެސް ހުރި ހެންނެއް. ރައްޔިތުންނަށް މީތި ޖަސްޓިފައި ކޮށްދޭން ދުނިޔޭއިން މިއަންނަ ލޮޅުންތައް ކިޔައިދީ ވިޔަފާރިވެރިންނަށް މީގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ވިޔަފާރިވެރިންނަށް މީގެ ތެރެއިން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ފައި މައްޗަށް ނުވަތަ އަޅުގަނޑުމެން ބަނޑަށް ނުޖެހި ތިބެވޭނެ މަގެއް ހޯދުމަށްޓަކައި މަސައްކަތް ކުރާތަނެއް އަޅުގަނޑުމެންނަށް ނުފެނޭ.
ޓްރޭޑް އެސޯޝިއޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ސައުދުﷲ އަހުމަދު

ރާއްޖޭގައި ވިއްކާ ފެޓްރޯލްއާއި ޑީސަލް އަގު ބޮޑު ކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ސައުދުﷲ ވިދާޅުވީ، މިކަމުގެ ހަގީގަތްތައް ވެސް އޮޅުވާލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރެއްވި ކަމަށެވެ. 

ހަނގުރާމަ ފެށުނުތަނާ ރައީސް މުއިއްޒު ވިދާޅުވީ އޮމާނުން ކަމަށް ތެޔޮ ގެންނަނީ. އެހެންވީމަ އެއްވެސް މައްސަލައެއް ނޫނޭ. އޮމާނުން މިހާރު ވެސް 2 ނުވަތަ 3 ޓޭންކަރު ދަތުރު ކުރަމުން މިދަނީ. އޮމާނަކީ ވެސް ހަނގުރާމައިގެ މެދުތެރޭގައި އޮތް ގައުމެއް. އެހެންވީމަ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ރައީސް މުއިއްޒު މި ހަނގުރާމައިގެ ސީރިއަސްކަން ރާއްޖޭގެ ރައްޔިތުންނަށް މިދިމާވާ ދަތިތަކާމެދު ސީރިއަސް ކޮށް އެއްވެސް ވަރަކަށް ވިސްނާތަނެއް އަޅުގަނޑުމެންނަށް ނުފެނޭ. މިއީ އަގު ބޮޑޫކޮށް ގަނެފައި ހުރި ސްޓޮކެއް ވެސް ނޫން ތެލުގެ ބާޒާރުގައި. އަގުހެޔޮ ކޮށް ގަނެފައި ހުރި ސްޓޮކް އޭގެ 20 ޕަސެންޓަށް ވުރެ ބޮޑު ތަނެއް އޮތީ ބޮޑު ކޮށްލާފައި. ދެން ބަލާ އަޅުގަނޑުމެންގެ އިގްތިސާދަށް ވަމުންދާނެ ގޮތް.
ޓްރޭޑް އެސޯޝިއޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ ސައުދުﷲ އަހުމަދު

ސައުދުﷲ ވިދާޅުވީ، މިހާރުގެ ހާލަތަށް ތައްޔާރުވުމުގެ އެއްވެސް މަސައްކަތެއް މިސަރުކާރުން ނުކުރާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި މިކަމުން ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ދަތިތަކާމެދު މިސަރުކާރުން ނުވިސްނާކަން ވެސް ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ސައުދުﷲ އަހުމަދުމެދު އިރުމަތިޓްރޭޑް އެސޯޝިއޭޝަންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު