Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

ފާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކުރި ގޮތުގައި އައިއާރުޖީސީގެ ތަރުޖަމާނު އަލީ މުޙައްމަދު ނައިނީ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، އިސްލާމީ ޖުމްހޫރިއްޔާގެ ސިފައިންގެ ބާރުގައި މިހާރު ހިނގަމުންދާ ފެންވަރުގައި އެންމެ މަދު ވެގެން ހަ މަސް ދުވަހުގެ ބާރު ގަދަ ހަނގުރާމައެއް ކުރިއަށް ގެންދެވޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 08:09
ހަނގުރާމައިގައި ދިން ހަމަލާ ތަކެއްގެ ސަބަބުން އަލިފާން ގަނޑެއް އުފެދިފައި

ހަނގުރާމައިގައި ދިން ހަމަލާ ތަކެއްގެ ސަބަބުން އަލިފާން ގަނޑެއް އުފެދިފައި | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، ކުރިއަށް އޮތް ހަ މަސް ވަންދެން އެ ދެ ޤައުމާ ދެކޮޅަށް ހަނގުރާމަ ކުރެވޭނެ ކަމަށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ. 

ފާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކުރި ގޮތުގައި އައިއާރުޖީސީގެ ތަރުޖަމާނު އަލީ މުޙައްމަދު ނައިނީ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، އިސްލާމީ ޖުމްހޫރިއްޔާގެ ސިފައިންގެ ބާރުގައި މިހާރު ހިނގަމުންދާ ފެންވަރުގައި އެންމެ މަދު ވެގެން ހަ މަސް ދުވަހުގެ ބާރު ގަދަ ހަނގުރާމައެއް ކުރިއަށް ގެންދެވޭނެ އެވެ. 

އީރާންގެ އެލީޓް ސިފައިންގެ ބާރު ކަމަށްވާ، އައިއާރުޖީސީ ގާޑުން އިތުރަށް ބުނީ އެ ސަރަހައްދުގައި އެމެރިކާ އާއި އިޒްތޭލްގެ ބާސްތަކާއި، ތަންތަނާ ގުޅުން ހުރި 200 އަށް ވުރެ ގިނަ އަމާޒު ތަަކަށް ހަމަލާ ދީފައިވާ ކަމަށެވެ. މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭން ފެށި ހަމަލާ ތަކުގައި، އެ ޤައުމުގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމާނައީ ވަނީ އަވަހާރަ ކޮށްލައިފަ އެވެ.

އެކަމަށް ރައްދު ދީ އީރާން އިން ވަނީ، ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސް ތަކުގެ އިތުރުން، އެމްބަސީ ތަކަށް ވެސް ވަރުގަދަ ހަމަލާ ތަކެއް ދީފަ އެވެ. އީރާން އިން ދިން ހަމަލާ ތަކުގައި ސަރަހައްދުގައި ހުރި ޤައުމު ތަކަށް ވެސް ގެއްލުން ތަކެއް ވަނީ ލިބިފަ އެވެ. އެ ޤައުމު ތަކުން ބުނެފައި ވަނީ ހަނގުރާމައިގައި ބައިވެރި ނުވާނެ ކަަމަށެވެ. 

އައިއާރުޖީސީ އިން މި ބަޔާން ނެރެފައިވާއިރު، މެދު އިރުމަތީގެ ސަރަހައްދުގައި ހަނގުރާމައިގެ ޙާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. އަދި އިންސާނީ ޙާލަތުގެ ދަތިކަން ބޮޑުވެފައިވާއިރު، އީރާން އިން ބުނަމުން ދަނީ އެ ޤައުމުގެ ސިފައިންގެ ބާރު ފަދަ ކަމަށާއި، ދިފާއީ ނިޒާމު ހަރުދަނާ ކަމަށެވެ. އީރާން އިން އަންނަނީ އިޒްރޭލް އަށް އަމާޒުކޮށް ވެސް ވަރުގަދަ ހަމަލާ ތަކެއް ދެމުންނެވެ.

ހޮނިހިރު ދުވަހު އީރާން އިން ނިންމާފައި ވަނީ ސަރަހައްދުގައި ހުރި ޤައުމު ތަކަށް އަމާޒުކޮށް ދެން ހަމަލާ ނުދިނުމަށެވެ. 

މަސްދަރު: އޭއެފްޕީ

އީރާންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާއީރާން-އިޒްރޭލްއިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026
އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު