Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާނުގެ ހަމަލާއިން ޒަހަމްވި އެމެރިކާ ސިފައިންގެ މީހަކު މަރުވެއްޖެ, މިއީ މަރުވި 7 ވަނަ މީހާ

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދޭން ފެށި ފަހުން، މިހާތަނަށް އެމެރިކާގެ ހަތް ސިފައިން ވަނީ މަރުވެފައި. "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކުގައި އެންމެ ފަހުން މަރުވި ސިފައިންގެ މީހާއަކީ މާޗް މަހުގެ އެއްވަނަ ދުވަހު އީރާނުން ދިން ހަމަލާއެއްގައި ޒަޚަމްވި މީހެއް.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 20:11
ސައުދީ އަރަބިއްޔާގައި ހުންނަ ހަޔަޓް ރީޖެންސީ ހޮޓަލަށް ހަމަލާ އެއް އަމާޒުވެފައި.

ސައުދީ އަރަބިއްޔާގައި ހުންނަ ހަޔަޓް ރީޖެންސީ ހޮޓަލަށް ހަމަލާ އެއް އަމާޒުވެފައި. | އެކްސް

އީރާނުން ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި ޒަޚަމްވި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފިއެވެ.

މިއީ އެމެރިކާއާއި އިޒްރޭލުން ގުޅިގެން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް ހަމަލާދޭން ފެށި ފަހުން، މި ހަނގުރާމައިގައި މަރުވި އެމެރިކާ ސިފައިންގެ ހަތްވަނަ މީހާއެވެ.

އީރާނުގެ ސަރުކާރުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދޭން ފެށި ފުރަތަމަ ހަމަލާތަކުގެ ތެރެއިން، މާޗް މަހުގެ 1 ވަނަ ދުވަހު ސައުދީ އަރަބިއްޔާގައި ތިބި އެމެރިކާ ސިފައިންނަށް ދިން ހަމަލާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މި ސިފައިންގެ މީހާ މަރުވީ ރޭގެ ވަގުތެއްގައެވެ.

"އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި ކުރިއަށްގެންދާ ހަނގުރާމައިގައި މިހާތަނަށް ހަތް ސިފައިން މަރުވެފައިވާއިރު، މައިގަނޑު ހަނގުރާމަވެރި އޮޕަރޭޝަންތައް އަދިވެސް ދަނީ ކުރިއަށެވެ. މަރުވި ސިފައިންގެ މީހާގެ އާއިލާއަށް އެކަން އެންގުމަށްފަހު، 24 ގަޑިއިރު ނުވަނީސް އެ މީހާގެ ވަނަވަރު ހާމަނުކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ނިންމާފައެވެ.

އީރާންއޮޕަރޭޝަން އެޕިކް ފިއުރީސެންޓްރަލް ކޮމާންޑްއީރާން-ޔޫއެސްއޭ-އިޒްރޭލްއީރާން-ސައުދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

08 މާރިޗު 2026

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

08 މާރިޗު 2026
ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ
08 މާރިޗު 2026

އޮމާން: އެމެރިކާ އާއި އިޒްރޭލުގެ އަމަލުތަކަކީ ދަށު ދަރަޖައިގެ ޣައިރު ގާނޫނީ އަމަލުތަކެއް

08 މާރިޗު 2026
އޮމާން: އެމެރިކާ އާއި އިޒްރޭލުގެ އަމަލުތަކަކީ ދަށު ދަރަޖައިގެ ޣައިރު ގާނޫނީ އަމަލުތަކެއް
08 މާރިޗު 2026

ޓްރަމްޕް: އީރާނުގެ އާ ލީޑަރަށް އެމެރިކާގެ ރުހުން ބޭނުންވާނެ، ނޫނީ މާ ގިނަ ދުވަހަކު ނުހުންނާނެ

08 މާރިޗު 2026
ޓްރަމްޕް: އީރާނުގެ އާ ލީޑަރަށް އެމެރިކާގެ ރުހުން ބޭނުންވާނެ، ނޫނީ މާ ގިނަ ދުވަހަކު ނުހުންނާނެ
08 މާރިޗު 2026

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ އެ ގައުމުގެ އަސްކަރިއްޔާ މުޅިން ނެތިގޮސް، ވެރިކަން ކުރާނެ އަކަކުވެސް ބާކީ ނެތް ހިސާބަކަށް ދިއުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

08 މާރިޗު 2026
އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު