Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމާ

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ އެ ގައުމުގެ އަސްކަރިއްޔާ މުޅިން ނެތިގޮސް، ވެރިކަން ކުރާނެ އަކަކުވެސް ބާކީ ނެތް ހިސާބަކަށް ދިއުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުން އަވަށްޓެރި ގައުމުތަކަށް ދިން ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ރައީސް މައާފަށް އެދިވަޑައިގެންފައިވާއިރު، އެމެރިކާއާއި އިޒްރޭލުން ދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތައް ހިފުމާ ގުޅޭގޮތުން މަޝްވަރާކުރަމުން. މި ހަމަނުޖެހުންތަކުގެ ތެރޭގައި ގަލްފުގެ ގައުމުތަކަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާދީފައިވާއިރު، އެމެރިކާއަށް އޮތް ނުރައްކާ ބޮޑުވެފައިވާ ކަމަށް އިންޓެލިޖެންސް ރިޕޯޓުތަކުން ދައްކާ. ނަމަވެސް، އީރާނުން ބަލިގަބޫލުކުރުމަށް އެމެރިކާއިން ކުރާ ޝަރުތުތަކަށް އެ ގައުމުން ވަނީ ދެކޮޅު ހަދާފައި.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 13:16
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރުމަށް ޝައުގުވެރިކަމެއް ނެތް ކަމަށާއި އަދި އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ އެ ގައުމުގެ އަސްކަރިއްޔާ މުޅިން ނެތިގޮސް، ވެރިކަން ކުރާނެ އެއްވެސް ލީޑަރަކު ބާކީ ނެތް ހިސާބަށް ދިއުމުން ކަމަށް ވެދާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ހޮނިހިރު ދުވަހު ރިޔާސީ މަތިންދާބޯޓު "އެއަރ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ހުރިހާ ލީޑަރުން މަރާލައި، އެ ގައުމުގެ އަސްކަރިއްޔާ ސުންނާފަތިކޮށްލައިފިނަމަ، ވައިގެ މަގުން ދެމުންދާ ހަމަލާތަކާ ގުޅިގެން މަޝްވަރާ ކުރުމުގެ ބޭނުމެއް ނޯންނާނެ ކަމަށެވެ.

"އެހާ ހިސާބުން، 'އަހަރެމެން ބަލި ގަބޫލުކޮށްފީމޭ' ބުނާނެ މީހަކުވެސް ބާކީ ހުރެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.

މެދުއިރުމައްޗަށް ނުތަނަވަސްކަން ގެނުވައި، ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އަރުވާލާފައިވާ މި ހަނގުރާމަ ދެވަނަ ހަފުތާއަކަށް ފެށިގެންދިޔައިރު، އާދީއްތަ ދުވަހު އިޒްރޭލުން ވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް އަލުން ހަމަލާދޭން ފަށާފައެވެ. އަދި ޑްރޯން ހަމަލާތަކެއްގެ ސަބަބުން ކުވެއިތުގެ ސަރުކާރުގެ އޮފީސް އިމާރާތެއްގައި ބޮޑު އަލިފާންގަނޑެއް ވަނީ ރޯވެފައެވެ.

އީރާނުން އެމެރިކާއަށް ނުރައްކާ އޮތް ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ މި ހަމަލާތައް ދިފާއުކުރައްވާފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އޭނާ ދައްކަވާފައެއް ނުވެއެވެ. މީގެ އިތުރުން އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ވަރަށް ގާތަށް ގޮސްފައިވާ ކަމަށް ވެސް ޓްރަމްޕް އަނެއްކާ ވެސް ތުހުމަތު ކުރެއްވިއެވެ.

ހަނގުރާމައިގެ ފަހު މަރުހަލާއެއްގައި، އީރާނުގައި ރައްކާކޮށްފައި ހުރި މަތީ މިންވަރަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ރަސްމީ ރިޒާވް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި، އެ ގައުމަށް އެމެރިކާގެ ހާއްސަ ސިފައިން ފޮނުވުމާ ގުޅޭގޮތުން އެމެރިކާއާއި އިޒްރޭލުން މަޝްވަރާކޮށްފައިވާ ކަމަށް "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވެއެވެ. މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ހަތަރު މީހަކާ ހަވާލާދީ މި ރިޕޯޓު ޝާއިއުކޮށްފައިވީ ނަމަވެސް، ވައިޓް ހައުސްއިން މިކަމާ ގުޅޭގޮތުން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އީރާނުގެ ރައީސް ވަނީ އެ ގައުމުން އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، ގަލްފުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުރުހުން ކުޑަކުރުމުގެ ގޮތުން މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް މިކަމުގެ ސަބަބުން އީރާނުގެ ހަރުކަށި ފިކުރުގެ މީހުންގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

"އީރާނުގެ އަމަލުތަކުގެ ސަބަބުން އަސަރުކުރި އަވަށްޓެރި ގައުމުތަކުގެ ކިބައިން އަޅުގަނޑު އަމިއްލައަށް މައާފަށް އެދެން،" އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވިއެވެ. އަދި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިނުވުމަށް އޭނާ އެ ގައުމުތަކަށް ގޮވާލެއްވިއެވެ.

އެއްވެސް ޝަރުތަކާ ނުލައި އީރާނުން ބަލިގަބޫލުކުރުމަށް ޓްރަމްޕް ކުރެއްވި ޑިމާންޑަކީ "ހުވަފެނެއް" ކަމަށް ވިދާޅުވެ ޕެޒެޝްކިއަން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އަވަށްޓެރި ގައުމުތަކުގެ ބިމުން އީރާނަށް ހަމަލާއެއް ނާންނަހާ ހިނދަކު، އެ ގައުމުތަކަށް ހަމަލާދިނުން ހުއްޓާލުމަށް އީރާނުގެ ވަގުތީ ލީޑަރޝިޕް ކައުންސިލުން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕެޒެޝްކިއަންގެ މި ވާހަކަތަކާ ގުޅިގެން އީރާނުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު، އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ދޭ ހަމަލާތަކަށް އީރާނުގެ އަސްކަރިއްޔާއިން ވަރުގަދަ ރައްދު ހަމަލާދޭނެ ކަމަށް ރައީސްގެ އޮފީހުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ އެ ގައުމުގެ ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ، ހަނގުރާމަ ކުރިއަށްގެންދާ ގޮތާ މެދު އީރާނުގެ އޮފިޝަލުންގެ މެދުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.

ސައުދީ އަރަބިއްޔާ، ކުވެއިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުތަކުން ބުނެފައިވާ ގޮތުގައި، ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުގެ ފަތިހު އީރާނުގެ ޑްރޯން ހަމަލާތަކެއް އެ ގައުމުތަކަށް ވަނީ އަމާޒުވެފައެވެ. މި ހަމަލާތަކުގައި އެކި މިންވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މީގެ އިތުރުން ބަހްރޭންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ވެސް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހަމަލާދީފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީގައި އާދީއްތަ ދުވަހުގެ ފަތިހު ގޮވުމެއް ގޮވައި ކުދިކުދި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފައިވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި ގޮވުން ގޮވަން މެދުވެރިވި ސަބަބެއް ނުވަތަ މިކަމުގައި ބައިވެރިވީ ކޮން ބައެއްކަން އަދި ސާފެއް ނުވެއެވެ.

އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާއަށް އޮތް ނުރައްކާ އިތުރުވެފައިވާ ކަމުގެ އިންޒާރު ދިނުމަށް ނެރެން އުޅުނު ފެޑަރަލް ސެކިއުރިޓީ ބުލެޓިން ނެރުން ވޮޝިންޓަނުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ޓްރަމްޕް ސަރުކާރުގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސްގެ ފަހުގެ ވަޒަންކުރުންތަކުން ދައްކާ ގޮތުގައި، އީރާނާއި އެ ގައުމަށް ތާއީދުކުރާ ގްރޫޕްތަކުން އެމެރިކާއަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމުގެ ފުރުސަތު ބޮޑެވެ.

މަސްޢޫދު ޕެޒެޝްކިއަންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

08 މާރިޗު 2026
އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ބާރުގަދަ ގޮވުމެއް!

އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ބާރުގަދަ ގޮވުމެއް!

08 މާރިޗު 2026
އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު