Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފި

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެމަނިކުފާނުގެ ބަދަލުގައި އެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ވަނީ އިއްތިފާގުވެފައި. އާ ލީޑަރަކު ހޮވާފައިވަނީ ދުޝްމަނުން ނަފުރަތުކުރާ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ޚާމަނާއީ ދެއްވާފައިވާ އިރުޝާދުގެ މައްޗަށް ބިނާކޮށް ކަމަށްވާއިރު، މި ނިންމުމާ ގުޅިގެން އިޒްރޭލުން ވަނީ އެ މަޖިލީހުގެ މެންބަރުންނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައި. ގައުމުގެ ހާލަތު ހުރިގޮތުން މެންބަރުން އެއްތަނަކަށް އެއްވެގެން ވޯޓުލުމުގެ ބަދަލުގައި، މި ނިންމުން ނިންމާފައިވަނީ ހުރިހާ މެންބަރުންގެ އަޣުލަބިއްޔަތުން އެއްބަސްވާ ގޮތެއްގެ މައްޗަށް.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 12:37
އިންޑިއާގެ ކަޝްމީރުގެ މެދުތެރޭގެ ބުދްގާމް ޑިސްޓްރިކްޓުގައި، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، މާޗް މަހުގެ 6 ވަނަ ދުވަހު މުސްލިމް އަންހެނުން ނުކުމެ އެމެރިކާއާއި އިޒްރޭލް ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަނީ.

އިންޑިއާގެ ކަޝްމީރުގެ މެދުތެރޭގެ ބުދްގާމް ޑިސްޓްރިކްޓުގައި، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، މާޗް މަހުގެ 6 ވަނަ ދުވަހު މުސްލިމް އަންހެނުން ނުކުމެ އެމެރިކާއާއި އިޒްރޭލް ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކުރަނީ. | ގެޓީ އިމޭޖަސް

ޚާމަނާއީގެ ފަހަތްޕުޅުން އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް އަންނާނެ ބޭފުޅަކާ މެދު އިއްތިފާގުވެވިފައިވާ ކަމަށް އެ ގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން ބުނެފިއެވެ.

އީރާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އާ ލީޑަރަކު ހޮވާފައިވަނީ އަވަހާރަކޮށްލާފައިވާ އެންމެ މަތީ ލީޑަރުގެ އިރުޝާދާ އެއްގޮތަށެވެ. އެގޮތުން އެމަނިކުފާނުގެ ބަދަލުގައި އަންނަ ބޭފުޅަކީ "ދުޝްމަނުން ނަފުރަތުކުރާ" ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ޚާމަނާއީ ވަނީ ލަފާދެއްވާފައެވެ. އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެމަނިކުފާނުގެ ބަދަލުގައި އަންނާނެ ބޭފުޅަކު ކަނޑައަޅާ ދީނީ އިލްމުވެރިންގެ މަޖިލިސް ނުވަތަ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ އަގުލަބިއްޔަތުން މިހާރު ވަނީ ވަކި ގޮތަކަށް އެއްބަސްވެފައިވާ ކަމަށް އެ މަޖިލީހުގެ މެންބަރު އާޔަތުﷲ މުހައްމަދު މަހުދީ މީރުބާގިރީ ވިދާޅުވިއެވެ.

އީރާނުގެ މެހެރު ނިއުސް އެޖެންސީން އާދިއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އާ ލީޑަރަކު އައްޔަންކުރުމުގެ މަރުހަލާގައި އަދިވެސް ހައްލުކުރަންޖެހޭ "ބައެއް ހުރަސްތައް" އެބަހުއްޓެވެ. އީރާނުގެ ގާނޫނުއަސާސީ ބުނާގޮތުން، ގައުމުގެ އެންމެ މަތީ ލީޑަރު ހޮވުމުގެ ބާރު ލިބިގެންވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ އެސެމްބްލީ އޮފް އެކްސްޕާޓްސް އަށެވެ.

ވޭތުވެދިޔަ 37 އަހަރު އީރާނުގައި ވެރިކަން ކުރެއްވި ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައެވެ. މި ހަމަލާ ދީފައިވަނީ މެދުއިރުމަތީގެ ބޮޑު ބަޔަކަށް މިހާރު ފެތުރިފައިވާ ހަނގުރާމަ ފެށުނު ދަނޑިވަޅުގައެވެ.

މި ދަނޑިވަޅުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ، ޚާމަނާއީގެ ބަދަލުގައި އާ ލީޑަރަކު އައްޔަންކުރުމަށް މަސައްކަތްކުރާ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ކޮންމެ މެންބަރަކަށް ފާރަވެރިވާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އާދިއްތަ ދުވަހު އެކްސްގައި ފާރިސީ ބަހުން ކުރި ޕޯސްޓެއްގައި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އާ ލީޑަރަކު ހޮވުމުގެ ބައްދަލުވުމުގައި ބައިވެރިވާން ގަސްތުކުރާ ހުރިހާ ފަރާތްތަކަށް އިންޒާރުދޭ ކަމަށާއި، އެ ފަރާތްތަކަށް ހަމަލާދިނުމުގައި ފަސްނުޖެހޭނެ ކަމަށެވެ. ފާރްސް ނިއުސް އެޖެންސީން ޓެލެގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި މީރުބާގިރީ ވިދާޅުވީ، ލީޑަޝިޕް ކަނޑައެޅުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، މިހާރު ވަނީ އެންމެން އެއްބަސްވާ ގޮތަކަށް ނިންމުމެއް ނިންމާފައި ކަމަށެވެ.

ފާރްސް އަށް ދެއްވި ވަކި އިންޓަވިއުއެއްގައި އެ މަޖިލީހުގެ އަނެއް މެންބަރު ހުއްޖަތުލްއިސްލާމް ޖައުފަރީ ވިދާޅުވީ، ވީހާވެސް އަވަހަކަށް އީރާނުގެ ހުރިހާ ރައްޔިތުންނަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލީޑަރަކު ހޮވުން ލަސްވުމަކީ އެންމެންނަށްވެސް ހިތްދަތި އަދި ބޭނުންނުވާ ކަމެއް ކަމަށާއި، ނަމަވެސް މި ނޫން ގޮތެއް ނެތް ކަމަށެވެ. އެހެންކަމުން މިފަދަ ދަތި ދަނޑިވަޅެއްގައި މަންދޫބުންނާ މެދު ނުބައި ހީތައް ނުކުރުމަށް އޭނާ އެދިވަޑައިގަތެވެ. އީރާނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެންމެ ފަހުގެ ނިންމުން ނިންމަންމާނީ މެންބަރުން ބައްދަލުކޮށްގެންތޯ ނުވަތަ އެ ނޫން ގޮތަކަށްތޯ މިކަމާ މެދު އިލްމުވެރިންގެ މެދުގައި ކުޑަ ހިޔާލުތަފާތުވުމެއް އުފެދުނެވެ.

އެސެމްބްލީ އޮފް އެކްސްޕާޓްސްގެ މެންބަރު އާޔަތުﷲ މުހުސިން ހައިދަރީ އަލެކަސީރު، ނޫރު ނިއުސް އިން އާދިއްތަ ދުވަހު އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވީ، މިހާރު އޮތް ހާލަތުގެ ގޮތުން އެންމެ ފަހުގެ ވޯޓުލުމަށް މެންބަރުން އެއްތަނަކަށް އެއްވެ ބައްދަލުވުމެއް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އާ ލީޑަރަކު ހޮވާފައިވަނީ އީރާނުގެ އެންމެ މަތީ ވެރިޔާއަކީ ދުޝްމަނުންގެ ތައުރީފު ލިބޭ މީހެއްގެ ބަދަލުގައި "ދުޝްމަނުން ނަފުރަތުކުރާ" މީހަކަށް ވާންޖެހޭނެ ކަމަށް ޚާމަނާއީ ދެއްވާފައިވާ އިރުޝާދުގެ މައްޗަށް ބިނާކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ހުސައިނީ ޚާމަނާއީ އަކީ އެމަނިކުފާނަށް "ގަބޫލުކުރެވޭނެ" ބޭފުޅެއް ނޫން ކަމަށް ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހައިދަރީ އަލެކަސީރު ވިދާޅުވީ، ހޮވާފައިވާ ބޭފުޅާގެ ނަން "ބޮޑު ޝައިތާނާ" (އެމެރިކާ) ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އީރާންއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއެސެމްބްލީ އޮފް އެކްސްޕާޓްސްއީރާން-އިޒްރޭލް-އެމެރިކާމުޖުތަބާ ހުސައިނީ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ދޭނަން، ޤައުމުގެ ދިފާއުގައި މި ތިބީ މަރުވާން ވެސް ތައްޔާރަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

08 މާރިޗު 2026
އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

އީރާން އަށް އެއްގަމު ސިފައިން ފޮނުވުމުގެ ފުރުސަތު އެބަ އޮތް: ޓްރަމްޕް

08 މާރިޗު 2026
އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ހަ މަސް ވަންދެން ހަނގުރާމަ ކުރެވޭނެ: އީރާން

08 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

08 މާރިޗު 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު