Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ އޮނިގަނޑެއް ކަމަށް އެމެރިކާގެ ޖާސޫސީ ރިޕޯޓަކުން ހާމަވެއްޖެ!

މި ރިޕޯޓުގައިވާ ގޮތުން އެ ގައުމުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާދިން ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ނިޒާމު މެދުކެނޑުމެއް ނެތި ކުރިއަށްދާނެ. ނަމަވެސް، އީރާނުގެ ސިޔާސީ މުސްތަގުބަލަށް ބަދަލު ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ މަސްލަހަތަށް ބޭރުގެ ނުފޫޒު ފޯރުވުމަށް ފުރުސަތު ނުދޭނެ ކަމަށް އީރާނުގެ އިސްވެރިން ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 02:51
އީރާނުގެ ވެރިރަށް ތެހެރާނަށް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ދިން ސިލްސިލާ ހަމަލާތަކެއްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ސަރަހައްދުން ބޯދުން އަރަމުންދަނީ.

އީރާނުގެ ވެރިރަށް ތެހެރާނަށް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ދިން ސިލްސިލާ ހަމަލާތަކެއްގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، އެ ސަރަހައްދުން ބޯދުން އަރަމުންދަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސް ކައުންސިލުން އެކުލަވާލާފައިވާ ސިއްރު ރިޕޯޓެއްގައި ބުނެފައިވަނީ، އީރާނާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި އަސްކަރީ ހަމަލާތަކެއް ދިން ނަމަވެސް، އެ ގައުމުގެ ސިޔާސީ އަދި ސަލާމަތީ ނިޒާމު ވައްޓާލެވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މި މައްސަލައާ ގުޅުންހުރި އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ހޮނިހިރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ވެރިކަމުގެ ނިޒާމަކީ ބޮޑެތި އަސްކަރީ ހަމަލާތަކާއި ފިއްތުންތަކަށް ކެތްކުރެވޭ ފަދަ ވަރުގަދަ ނިޒާމެއްކަން އެ އިދާރާގެ ދިރާސާތަކުން ދައްކައެވެ.

މި ރިޕޯޓުގެ ހޯދުންތަކާއެކު، އީރާނުގެ ވެރިކަމުގެ އޮނިގަނޑު "ސާފުކޮށްލާނެ" ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ މެދު މިވަނީ ސުވާލު އުފެދިފައެވެ.

އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، އިންޓެލިޖެންސް އިދާރާތަކުން ދިރާސާކޮށްފައިވަނީ އީރާނުގެ އިސްވެރިންނަށް އަމާޒުކޮށްދޭ ވަކިވަކި ހަމަލާތަކާއި، އެ ގައުމުގެ ދައުލަތުގެ މުއައްސަސާތައް ހުއްޓުވާލުމަށް ދޭ ފުޅާ ހަމަލާތަކުން ނުކުމެދާނެ ނަތީޖާތަކުގެ މައްޗަށެވެ.

މި ދެ ހާލަތުގައި ވެސް، އީރާނުގެ ސިޔާސީ އަދި އަސްކަރީ މުއައްސަސާތަކުން ވެރިކަން ދަމަހައްޓާނެ ކަމަށް މުހައްލިލުން ވަނީ ނިންމާފައެވެ.

އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލި ނަމަވެސް، އެ ގައުމުގައި ކަނޑައެޅިފައިވާ ވެރިކަން ބަދަލުވުމުގެ އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ނިޒާމު މެދުކެނޑުމެއް ނެތި ހިނގަމުންދާނެއެވެ.

މި އުސޫލުތަކުގެ ދަށުން، އީރާނުގެ ލީޑަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވާ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިން އާ ލީޑަރަކު އައްޔަންކުރާނެއެވެ.

މީގެ އިތުރުން، އަސްކަރީ ހަމަލާއަކަށްފަހު ބައިބައިވެފައިވާ އީރާނުގެ އިދިކޮޅު ފަރާތްތަކަށް ވެރިކަމަށް އާދެވިދާނެ ކަމުގެ ފުރުސަތު އޮތީ ވަރަށް ކުޑަކޮށް ކަމަށް އިންޓެލިޖެންސް މުހައްލިލުން ގަބޫލުކުރާ ކަމަށް އެ ސިއްރު ރިޕޯޓުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެއެވެ.

މި ދިރާސާގެ ރިޕޯޓު އާންމުވެފައި މިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނަށް ދެ ހަފުތާވެ، އެކި ސަރަހައްދުތަކަށް ހަމަލާތައް ފުޅާވަމުންދާ ދަނޑިވަޅެއްގައެވެ.

އިންޓެލިޖެންސް އިދާރާތަކުން މިފަދަ އިންޒާރުތަކެއް ދީފައިވީ ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ދަނީ އެމެރިކާގެ އަސްކަރީ މަގްސަދުތައް ހާސިލުކުރާނެ ކަމަށް ބުނެ ފާޅުގައި ވަކާލާތު ކުރަމުންނެވެ.

އީރާނުގެ މުސްތަގުބަލުގެ ސިޔާސީ ލީޑަޝިޕަށް ބަދަލު ގެނައުމުގައި ވޮޝިންޓަނަށް ނުފޫޒު ފޯރުވިދާނެ ކަމަށް ވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.

ނަމަވެސް، އީރާނުގެ ވެރިކަން ކަނޑައެޅުމުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ބައިވެރިވުން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ގައުމުގެ އޮފިޝަލުން ވަނީ އެކަމަށް ވަރަށް ބޮޑަށް ކިޔާފަ އެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެމެރިކާއަށް ނުފޫޒު ފޯރުވޭނެ ކަމަށް ބުނާ ވާހަކައަކީ ބާތިލު ވާހަކައެއް ކަމަށާއި، އީރާނުގެ ސިޔާސީ މުސްތަގުބަލު ކަނޑައަޅާނީ ހަމައެކަނި އެ ގައުމުގެ ރައްޔިތުން ކަމަށެވެ.

އީރާންއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ބާރުގަދަ ގޮވުމެއް!

އޮސްލޯގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިން ބާރުގަދަ ގޮވުމެއް!

08 މާރިޗު 2026
އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެއްޖެ ކަމަށް އީރާނުން ބުނެފި

އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެއްޖެ ކަމަށް އީރާނުން ބުނެފި

08 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު