Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން އޮފީސް

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025 | ބުދަ 12:53

ފައިސާ ޗާޕުކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެ ޑޮލަރުގެ އަގަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ސަރުވަޝް ވިދާޅުވޭ

އަލީ ޝާހީން
އަލީ ޝާހީން | 22 އޮކްޓޯބަރު 2025 | ބުދަ 12:53
ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރު އަހުމަދު ސަރުވަޝް އާދަމް

ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރު އަހުމަދު ސަރުވަޝް އާދަމް

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ އޭގެ ގާނޫނީ ސައްހަކަމާމެދު ސުވާލު އުފެދޭ، ރާއްޖޭގެ އިގްތިސާދަށް ނުރައްކާ ބޮޑު އަދި ބޯޑުގެ މާލީ ޒިންމާއާ ފުށުއަރާ މުއާމަލާތެއް ކަމަށް ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދިނުމަށް އަހުމަދު ސަރުވަޝް އާދަމް ރައީސް މުޢިއްޒު އަށް ހުށަހެޅި ސިޓީގައި ވިދާޅުވެއްޖެ އެވެ.

ޕެންޝަން އޮފީހުގެ ބޯޑުން ބުދަ ދުވަހު އިސްތިއުފާ ދެއްވި ސަރުވަޝް އާދަމް ވިދާޅުވީ، ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު ފޫއަޅުވާލައިގެން ކުރާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ފައިސާ ޗާޕުނުކޮށް އިޤްތިޞާދު ހިފެހެއްޓުން ހިމެނުނު ނަމަވެސް، މިހާރު ސަރުކާރުން ވަނީ އޮޅުވާލައިގެން ފައިސާ ޗާޕުކުރުމަށް ނިންމާފައެވެ. މި ގޮތުން ފައިސާ ޗާޕުކުރުމަށް ރޭވިފައިވަނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކުރާ އުސޫލުންނެވެ.

ސަރުވަޝް އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި މުޢާމަލާތާ ގުޅޭ ގޮތުން މިހާތަނަށް ހުށަހަޅާފައިވާ ލިޔުންތަކުގައި އެއްވެސް ފަރާތެއްގެ ޤާނޫނީ ރައުޔެއް ބޯޑަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ސަރުވަޝް އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި މި މުޢާމަލާތުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެ، ޑޮލަރުގެ އަގަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އިންފްލޭޝަން 0.11 އިންސައްތަ ޕޮއިންޓުން މަތިވެއްޖެނަމަ، ޕެންޝަން ފަންޑަށް ލިބޭ ރިއަލް ރިޓާން އެއްކޮށް ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މި ކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވަމުން ސަރުވަޝް ވިދާޅުވެފައިވަނީ، މިއީ އިޤްތިޞާދީ އިލްމުގެ ތިއަރީގެ އިތުރުން، އައިއެމްއެފް، ވޯލްޑް ބޭންކް އަދި އޯއީސީޑީގެ ދިރާސާތަކުންވެސް ހާމަވާ ކަމެއް ކަމަށެވެ. އަދި ގާނާ، އާޖެންޓީނާ އަދި ޒިމްބާބުވޭ ފަދަ ޤައުމުތަކުން މިފަދަ ކަންކަމުގެ ސަބަބުން ތަޖުރިބާކޮށްފައިވާ ދަތިތައްވެސް ފާހަގަކުރައްވާފައިވެއެވެ.

އަހުމަދު ސަރުވަޝް އާދަމްޕެންޝަން އޮފީސްމަރުކަޒީ ބޭންކްފައިސާ ޗާޕްކުރުންއިންފްލޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

10 ޑިސެމްބަރު 2025
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި
07 ޑިސެމްބަރު 2025

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ
17 ނޮވެމްބަރު 2025

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
04 ނޮވެމްބަރު 2025

ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި

04 ނޮވެމްބަރު 2025
ޕެންޝަން އޮފީހުގެ ސީއެފްއޯ ގެ މަގާމުން ހައްވާ ފަޖުވާ އިސްތިއުފާ ދީފި
28 އޮކްޓޯބަރު 2025

ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ

28 އޮކްޓޯބަރު 2025
ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ
26 އޮކްޓޯބަރު 2025

ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ

26 އޮކްޓޯބަރު 2025
ރާއްޖެ މިދަނީ "މުގާބޭ އިކޮނޮމީ" އަކާ ދިމާލަށް: ބޮންޑާ
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
23 އޮކްޓޯބަރު 2025

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް