Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތަކެތީގެ އަގު

ކާބޯތަކެތީގެ އަގު ހުއްޓުމެއް ނެތި ބޮޑު ވަނީ!

ރާއްޖޭގައި ކާބޯތަކެއްޗާއި އާންމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް އަނެއްކާވެސް އިތުރަށް މައްޗަށް ގޮސް، ހުރިހާ ބާވަތެއްގެ މުދަލުން 4.14% އަށް އަގު ބޮޑުވެއްޖެއެވެ.

ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2025 | ބުދަ 13:10
ހުޅުމާލޭގެ ފިހާރަ އެއްގައި ވިއްކަން ބަހައްޓާފައިވާ މުދާ

ހުޅުމާލޭގެ ފިހާރަ އެއްގައި ވިއްކަން ބަހައްޓާފައިވާ މުދާ

ކާބޯތަކެއްޗާއި އާންމު ކޮށް ގޭތެރޭގައި ބޭނުން ކުރާ ތަކެތީގެ އަގުތައް އަނެއްކާ ވެސް މައްޗަށް ހިނގައްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަ ކޮށްފިއެވެ.

އެ ބިއުރޯ އިން ހޯމަ ދުވަހު ހާމަ ކުރި އޮގަސްޓް މަހުގެ އަގުތައް ހުރި ގޮތް ދައްކުވައިދޭ މައުލޫމާތުން 2025 ވަނަ އަހަރުގެ އޮގަސްޓް މަހާ ހަމަ އަށް، އަހަރުގެ ތެރޭގައި ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހުރިހާ ބާވަތެއްގެ މުދަލުން އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އެ ގޮތުން އޮގަސްޓް މަހު ކޮންސިއުމަރ ޕްރައިސް އިންޑެކްސް 4.14% މައްޗަށް ގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ. މިއީ 2025 ވަނަ އަހަރުގެ ޖުލައި މަހާ ހަމަ އަށް، އަހަރުގެ ތެރޭގައި އަގުތައް މައްޗަށް ދިޔަ މިންވަރު ކަމުގައިވާ 3.97% އަށް ވުރެ ވެސް މަތީ އަދަދެކެވެ.

Advertisement - businessAdvertisement

ކުރީ އަހަރާ އަޅާ ބަލާއިރު ހުރިހާ ބައިތަކެއްގެ މުދަލުން އޮގަސްޓް މަހުގެ ތެރޭގައި 0.36% އިގެ މިންވަރަކަށް އަގުތައް މައްޗަށް ގޮސްފައި ވެއެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހުގައި އަގުތައް މައްޗަށް ގޮސްފައި ވަނީ 0.02% އަށެވެ.

އޮގަސްޓް މަހު އެންމެ ބޮޑަށް އަގު ބޮޑުވެފައި ވަނީ ކަނޑު މަހުގެ ބާވަތްތަކުންނެވެ. އެއީ 7.06% އަށެވެ. މީގެ އިތުރުން، ކާބޯތަކެތީގެ އަގުތައް 4.58% އަށް އުފުލިފައިވާއިރު، މޭވާގެ އަގު 3.91% އަށް މައްޗަށް ގޮސް ތަރުކާރީ 2.19% އަށް މައްޗަށް ގޮސްފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވެއެވެ.

މޯބައިލް ކޮމިއުނިކޭޝަން ޚިދުމަތްތަކުގެ އަގު 0.44% އަށް ވަނީ އުފުލިފައެވެ. އޭގެ އިތުރުން ސިއްހީ ޚިދުމަތުގެ އަގުތަކާއި ތައުލީމުގެ ޚިދުމަތުގެ އަގުތައް ވެސް ވަނީ އޮގަސްޓް މަހު މައްޗަށް ގޮސްފައެވެ.

އޮގަސްޓް މަހު އެހެނިހެން ކާބޯތަކެތީގެ އުފެއްދުންތައް 0.61% އަށް މައްޗަށް ގޮސްފައިވާއިރު، ހަކުރު، ޖޭމް، މާމުއި، ޗޮކްލެޓް އަދި ކޮންފެކްޝަނަރީގެ ބާވަތްތަކުގެ އަގު 0.67% އަށ އުފުލިފައިވެއެވެ. މީގެ އިތުރުން ކިރު، ކިރުގެ އެހެނިހެން ބާވަތްތަކާއި ބިހުގެ އަގު ވެސް ވަނީ މައްޗަށް ގޮސްފައެވެ. ސާފުތާހިރު ކަމަށް ބޭނުންކުރާ ސާމާނުގެ އަގުތައް ވަނީ 2.39% އަށް މަތިވެފައެވެ. ވައިގެ މަގުން ދަތުރުކުރުމުގެ ޚިދުމަތް 0.37% އަށް މައްޗަށް ދިޔަ ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވެއެވެ.

ރެސްޓޯރެންޓްތަކާއި އެކޮމެޑޭޝަން ޚިދުމަތްތަކުގެ އަގުތަކަށް ބަލާއިރު މިދިޔަ އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އަގު 5.40% ބޮޑުވެފައެވެ.

ދުންފަތާއި ދުފުން ފަދަ ބާވަތްތަކުގެ އަގުތައް ވެސް އޮގަސްޓް މަހު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން 108.46% ބޮޑުވެފައެވެ.

ތަކެތީގެ އަގުތައް ހުއްޓުމެއް ނެތި މައްޗަށް ދާ މައްސަލައިގައި ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ބަނގުރޫޓު ވަމުން އަންނަ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ތަކެތީގެ އަގުތައް މައްޗަށް ދަނީ ރާއްޖެ އިން ބޭރުން މުދާ ގެނައުމަށް ރަސްމީ ރޭޓުގައި ބޭނުންވާ ވަރަށް ޑޮލަރު ގަންނަން ނުލިބުމުގެ ސަބަބުންނެވެ. ގިނަ ވިޔަފާރިތަކަށް ކަޅު ބާޒާރުން ޑޮލަރު ގަންނަން މަޖުބޫރުވެފައިވާއިރު ޑޮލަރު ލިބެނީ 20ރ. އިން މަތިން ކަމަށް އެފަރާތްތަކުން ބުނެއެވެ.

އިންފްލޭޝަންކާބޯތަކެތިމޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު