Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމަ

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

8 މާރިޗު 2026 | އާދީއްތަ 01:30

އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އައި.އާރް.ޖީ.ސީ އިން ނަގާފައިވާތާ އަށް ދުވަސް ވެފައިވާއިރު، އެ ސަރަހައްދުން ދަތުރުކުރި "ޕްރައިމާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް ދީފި. މި ހަމަލާ ދީފައިވަނީ އީރާނާ ދެކޮޅު ގައުމުތަކާ ގުޅުން އޮންނަ އުޅަނދުތައް އެ ސަރަހައްދުން ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ދިން އިންޒާރުތަކަށް އެ އުޅަނދުން ބޯނުލެނބުމާ ގުޅިގެން. އެމެރިކާ އާއި އިޒްރޭލުގެ އުދުވާންތަކާ ގުޅިގެން މަސްރަހު ނުރައްކާތެރިވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ދަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރަމުން.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 01:30
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ "ޕްރައިމާ" ނަމަކަށް ކިޔާ ތެޔޮު ޓޭންކަރަކަށް، ހަމަލާދޭ ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޕްރެސް ސާވިސްއިން ރިޕޯޓްކޮށްފި.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ "ޕްރައިމާ" ނަމަކަށް ކިޔާ ތެޔޮު ޓޭންކަރަކަށް، ހަމަލާދޭ ޑްރޯން ބޭނުންކޮށްގެން ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޕްރެސް ސާވިސްއިން ރިޕޯޓްކޮށްފި. | އެކްސް

ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ހުރިގޮތުން އެ ސަރަހައްދުން ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ބުނެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ނޭވީން ދިން އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓައި ދަތުރުކުރި ތެޔޮ ޓޭންކަރަކަށް، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި "ސުއިސައިޑް ޑްރޯން" ހަމަލާއެއް ދީފިއެވެ.

އައި.އާރް.ޖީ.ސީ ގެ ޕަބްލިކް ރިލޭޝަންސް އޮފީހުން މާރިޗު މަހުގެ 7 ވަނަ ދުވަހު ހާމަކުރި ގޮތުގައި، "ޕްރައިމާ" ނަމަކަށް ކިޔާ މި ތެޔޮ ޓޭންކަރަށް ޑްރޯން ހަމަލާ ދީފައިވަނީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށް، އެ ސަރަހައްދުގެ މަސްރަހު ނުރައްކާތެރި ފައްތަރެއްގައި އޮތްކަމަށް ބުނެ އައި.އާރް.ޖީ.ސީ ނޭވީން ތަކުރާރުކޮށް ދެމުންދިޔަ އިންޒާރުތަކަށް އެ އުޅަނދުން ބޯނުލެނބުމާ ގުޅިގެން ކަމަށް އީރާނުން ބުނެއެވެ.

ސްޓްރެޓެޖިކް ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އައި.އާރް.ޖީ.ސީ އިން ނަގާފައިވާތާ ހަފްތާއެއް ފާއިތުވެގެން ހިނގައްޖެ އެވެ. މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ އުދުވާންތަކާއި، ފެބްރުއަރީ 28 ވަނަ ދުވަހު ތެހެރާނަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ޓެރަރިސްޓް ހަމަލާއެއްގައި އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނޭއީ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.

ޕާޝިއަން ގަލްފަށް އެމެރިކާގެ އަސްކަރީ ބާރުތައް ޖަމާކޮށް، އެއްވެސް ކަމަކާ ނުލައި އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، އީރާނާ ދެކޮޅު ގައުމުތަކާ ގުޅުން އޮންނަ ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މިހާރު ވަނީ މަނާކޮށްފައެވެ.

ހޯރްމޫޒް ކަނޑުއޮޅިއައިއާރުޖީސީއީރާން-އެމެރިކާއީރާން-އިޒްރޭލްޕާރޝިއަން ގަލްފްއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 މާރިޗު 2026

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން
08 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެއްޖެ ކަމަށް އީރާނުން ބުނެފި

08 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެއްޖެ ކަމަށް އީރާނުން ބުނެފި
08 މާރިޗު 2026

އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

08 މާރިޗު 2026
އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ
08 މާރިޗު 2026

އީރާނުން ބަދަލު ހިފުމުގެ ގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 27 ވަނަ ބުރުގެ ހަމަލާތައް ފަށާފައިވާކަން އިއުލާނު ކޮށްފި

08 މާރިޗު 2026
އީރާނުން ބަދަލު ހިފުމުގެ ގޮތުން ކުރިއަށްގެންދާ "އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4" ގެ 27 ވަނަ ބުރުގެ ހަމަލާތައް ފަށާފައިވާކަން އިއުލާނު ކޮށްފި
07 މާރިޗު 2026

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

07 މާރިޗު 2026
އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި
07 މާރިޗު 2026

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

07 މާރިޗު 2026
ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް
07 މާރިޗު 2026

އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް

07 މާރިޗު 2026
އީރާންގެ އައު ރޫހާނީ ލީޑަރު އައްޔަން ކުރުމުގައި ޓްރަމްޕްގެ ދައުރު އޮންނަން ޖެހޭނެ ކަމަށް ވިދާޅުވުމުން، އީރާންގެ ވެރިން އެކަމަށް ކުރަނީ މަލާމާތް
07 މާރިޗު 2026

ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް

07 މާރިޗު 2026
ސްޕެއިންގެ ބޮޑު ވަޒީރު ހުންނެވީ ގޮތުގައި، ވިދާޅުވީ އެމެރިކާ އާއި އިޒްރޭލް އިން ހަދަނީ ބޮޑު ގޯހެއް ކަމަށް
07 މާރިޗު 2026

އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް

07 މާރިޗު 2026
އީރާން އޮތީ ސުލްޙަ އަށް ތައްޔާރަށް، އެކަމަކު ޤައުމީ ބާރު ދޫނުކުރާނަން: އީރާންގެ ރައީސް
07 މާރިޗު 2026

ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް

07 މާރިޗު 2026
ޝަރުތަކާ ނުލައި އީރާން އިން އަމާން ނުދެނީސް، އެއްވެސް ވާހަކައެއް ނުދައްކާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް