Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން ހަނގުރާމައިގެ އަށްވަނަ ދުވަސް: އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހިނގަމުންދަނީ ކޮން ކަންތައްތަކެއް؟

އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 1،300 އަށްވުރެ މައްޗަށް އަރާފައިވާއިރު، އީރާނުން ވަނީ ގަލްފުގެ ގައުމުތަކަށާއި އިޒްރޭލަށް ރައްދުގައި ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައި. މި ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ތެލުގެ އަގު އުފުލިފައިވާއިރު، ރަޝިއާއިން އީރާނަށް އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދެމުންދާ ކަމުގެ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފައި. ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ގޮވާލަމުންދިޔަ ނަމަވެސް، އެމެރިކާއިން ބުނަނީ އީރާނުން އެއްވެސް ޝަރުތަކާ ނުލައި އަމާންދޭން ޖެހޭނެ ކަމަށް. އީރާނުން ބުނަނީ އަމާން ނުދޭނެ ކަމަށް.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 02:28
މާރިޗް 7، 2026 ގައި ތެހެރާންގެ މެހެރްއާބާދު އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުން ދުމާއި އަލިފާން މައްޗަށް އަރަމުންދަނީ.

މާރިޗް 7، 2026 ގައި ތެހެރާންގެ މެހެރްއާބާދު އިންޓަރނޭޝަނަލް އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުން ދުމާއި އަލިފާން މައްޗަށް އަރަމުންދަނީ. | ގެޓީ އިމޭޖަސް

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން، އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1،332 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށިތާ ހަފުތާއެއް ވެފައިވާއިރު، މެދުއިރުމަތީގެ މަސްރަހު ދަނީ ދުވަހުން ދުވަހަށް ނުތަނަވަސްވެ، ހަމަލާތައް ވަރުގަދަވަމުންނެވެ.

ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއެކު، އެމެރިކާއާއި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،332 އަށް އަރާފައެވެ.

މިހާތަނަށް ލިބިފައިވާ މުހިންމު މައުލޫމާތުތައް:

އީރާން

އަސްކަރީ ހަމަލާތަކާއި މަރުވި މީހުންގެ އަދަދު: އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، ފެބްރުއަރީ 28 އިން ފެށިގެން އީރާނުގެ 3،000 އަށްވުރެ ގިނަ އަމާޒުތަކަށް ވަނީ ހަމަލާދީފައެވެ. އަދި އީރާނުގެ ހަނގުރާމަމަތީ 43 މަނަވަރު ހަލާކުކޮށްލާފައިވާއިރު، އީރާނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،332 އަށް އުފުލިފައެވެ.

އެމެރިކާގެ ޝަރުތުތައް: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އީރާނުން "އެއްވެސް ޝަރުތަކާ ނުލައި އަމާންދޭން" ޖެހޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އެއްވެސް އެއްބަސްވުމަކަށް ނާދެވޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކަނޑުގެ ސަރަހައްދުގެ ނުތަނަވަސްކަން: ހޮރްމޫޒް ކަނޑުއޮޅި އަދިވެސް އޮތީ ހުޅުވާލެވިފައި ކަމަށް އީރާނުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދެއެވެ. ނަމަވެސް، އެ ސަރަހައްދުން ދަތުރުކުރާ އެމެރިކާ ނުވަތަ އިޒްރޭލުގެ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ސަރީހަ އިބާރާތުން ދީފައެވެ.

ޔޫރަޕަށް އޮތް ނުރައްކާ

އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވަނީ ޔޫރަޕްގެ ގައުމުތަކުން އެމެރިކާއާއި އިޒްރޭލާ ބައިވެރިވެއްޖެނަމަ، އެ ގައުމުތަކަކީ އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ "ސައްހަ އަމާޒުތަކަކަށް" ވާނެ ކަމަށް އިންޒާރު ދެއްވާފައެވެ.

ރަޝިއާގެ އެހީތެރިކަން

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި، އީރާނުން މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަސްރަހުގެ ފަހުގެ މައުލޫމާތު ޕޫޓިން ވަނީ އޮޅުންފިލުއްވާފައެވެ. މީގެ އިތުރުން، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، ރަޝިއާއިން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ތަންތަނުގެ އިންޓެލިޖެންސް މައުލޫމާތު އީރާނަށް ފޯރުކޮށްދެމުންނެވެ.

ތެލުގެ ވިޔަފާރި

މި ހަނގުރާމައާ ގުޅިގެން ރަޝިއާގެ ހަކަތައިގެ އުފެއްދުންތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ކްރެމްލިންއިން ބުނެއެވެ. 

ގަލްފުގެ ގައުމުތައް

ޤަޠަރު، ކުވައިތު އަދި ޔޫއޭއީ: މި ތިން ގައުމުގެ ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ހުކުރު ދުވަހު އީރާނުން ޤަޠަރަށް ފޮނުވާލި 10 ޑްރޯންގެ ތެރެއިން 9 ޑްރޯން އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް ޤަޠަރު ސަރުކާރުން ބުނެއެވެ.

ސައުދީ އަރަބިއްޔާ: ސައުދީގެ ވެރިރަށް ރިޔާޟް ކައިރިންވެސް ގިނަ އަދަދެއްގެ ޑްރޯންތަކެއް ހުއްޓުވާފައިވާ ކަމަށް އެ ގައުމުން ރިޕޯޓްކޮށްފައިވެއެވެ.

ކުވައިތު: ތެޔޮ ރައްކާކުރާނެ ޖާގަ ނެތުމުގެ ސަބަބުން، ބައެއް ތެޔޮ ވަޅުތަކުން ތެޔޮ ނެގުން މަދުކުރަން ފަށާފައިވާ ކަމަށް ވޯލްސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓްކޮށްފައެވެ.

އިނގިރޭސިވިލާތުގެ އަސްކަރީ އެހީ

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ވާހަކަދައްކަވައި، ސައުދީގެ ދިފާއުގައި އިނގިރޭސިވިލާތުގެ ހަނގުރާމަމަތީ ބޯޓުތަކާއި، ހެލިކޮޕްޓަރު އަދި މަނަވަރު ފޮނުވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. މީގެ އިތުރުން، ޤަޠަރުގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް އެހީތެރިވުމަށް އިނގިރޭސިވިލާތުގެ އިތުރު ޓައިފޫން ފައިޓަރ ޖެޓްތައް އެ ގައުމަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވައިގެ ދަތުރުފަތުރު

ސަރަހައްދީ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، ޤަޠަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން މިހާރު ވަނީ "އިމަޖެންސީ ރޫޓްތަކެއް" މެދުވެރިކޮށް ދަތުރުތައް އަލުން ފަށާފައެވެ. ޤަޠަރު އެއާވޭސްއިން ވަނީ ޔޫރަޕްގެ ފަސް ސިޓީއެއް ކަމަށްވާ ލަންޑަން، ޕެރިސް، މެޑްރިޑް، ރޯމް އަދި ފްރެންކްފާޓަށް މީހުން އުފުލުމަށް ޚާއްސަ ފްލައިޓްތަކެއް ބާއްވަން ނިންމާފައެވެ.

އިޒްރޭލް

އީރާނުގެ ހަމަލާތައް: އީރާނުން ދަނީ މެދުނުކެނޑި އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ޑްރޯންއާއި މިސައިލް ހަމަލާތައް ފޮނުވަމުންނެވެ. މީގެ ސަބަބުން ތެލް އަވީވްއާއި، އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކުގެ އިތުރުން ނެގެވް ސަހަރާގެ ބީރުޝެބާ ކައިރިން ބާރުގަދަ ގޮވުންތަކުގެ އަޑު އިވި، ނުރައްކަލުގެ ސައިރަންތައް ދަނީ ގޮވަމުންނެވެ.

ވައިގެ ދިފާއީ ނިޒާމަށް ބާރުބޮޑުވުން: މާހިރުން ލަފާކުރާ ގޮތުގައި އީރާނުގެ އުސޫލަކީ މެދުނުކެނޑި ހަމަލާދީގެން އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމަށް ބާރުބޮޑުކޮށް، އެ ގައުމުގެ މިސައިލް ހުއްޓުވާ ނިޒާމުގެ ސްޓޮކް ހުސްކޮށްލުމެވެ.

އދ. ގައި ޝަކުވާ ކުރުން

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ ވަނީ، އިޒްރޭލާއި އެމެރިކާއިން އެއްވެސް އިންސާނީ އުސޫލަކަށް ބެލުމެއް ނެތް ކަމަށާއި، އެ ގައުމުތަކުން ދަނީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ކަމަށް ތުހުމަތު ކުރައްވާފައެވެ.

ހިޒްބުاللهގެ ބަދަލުހިފުން

ލުބުނާނުގައި އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގެ ބަދަލުގައި، ހިޒްބުاللهއިން ވަނީ އިޒްރޭލުގެ އުތުރުގެ ގިނަ ސަރަހައްދުތަކަކަށް ރޮކެޓް ހަމަލާތައް ދީފައެވެ.

އެމެރިކާ

ހަނގުރާމައިގެ މުއްދަތާ މެދު އޮތް އޮޅުންބޮޅުން: ހަނގުރާމަ ދެމިގެންދާނެ މުއްދަތާ މެދު އެމެރިކާގެ އޮފިޝަލުން ދަނީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. ވައިޓް ހައުސްއިން ބުނާ ގޮތުގައި މި ހަމަލާތައް ހަތަރެއް ނުވަތަ ހަ ހަފުތާއަށް ދެމިގެންދާނެއެވެ. ނަމަވެސް ޕެންޓަގަނުން ވަނީ ވަކި މުއްދަތެއް ބުނަން ދެކޮޅު ހަދާފައެވެ.

އަސްކަރީ ތައްޔާރީތައް: ރައީސް ޓްރަމްޕް ވިދާޅުވީ މި ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި ހަތިޔާރު އުފައްދާ ކުންފުނިތަކުން ހަތިޔާރު އުފައްދާ މިންވަރު ހަތަރު ގުނަ އިތުރުކުރާނެ ކަމަށެވެ. ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (CSIS) އިން އަންދާޒާކުރާ ގޮތުގައި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ފުރަތަމަ 100 ގަޑިއިރަށް އެކަނިވެސް 3.7 ބިލިއަން ޑޮލަރު ހޭދަވެފައިވެއެވެ. މިއީ ދުވާލަކަށް ގާތްގަނޑަކަށް 891 މިލިއަން ޑޮލަރެވެ. މީގެ ތެރެއިން ގިނަ ޚަރަދުތަކަކީ ބަޖެޓުގައި ހިމަނާފައިވާ ޚަރަދުތަކެއް ނޫނެވެ.

ސްޓްރެޓީޖިކް ފިޔަވަޅުތައް: އެމެރިކާއިން ދަނީ އެ ގައުމުގެ ހަމަލާދިނުމުގެ ގާބިލުކަން އިތުރުކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ލިބުމާއެކު، އެމެރިކާގެ ބީ-1 ބޮމާ މަތިންދާބޯޓެއް ވަނީ އިނގިރޭސިވިލާތުގެ އެއާބޭސްއަކަށް ގޮސްފައެވެ.

ލުބުނާނާއި އިރާގު

ބިގާ ވާދީގައި ހިނގި ކުރިމަތިލުންތައް: ލުބުނާނުގެ އިރުމަތީ ބިގާ ވާދީގައި ހިޒްބުاللهގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. ހިޒްބުاللهއިން ބުނި ގޮތުގައި ސޫރިޔާ މަގުން އިޒްރޭލުގެ ހަތަރު ހެލިކޮޕްޓަރެއް އެ ސަރަހައްދަށް ވަންނަން އުޅެނިކޮށް ވަނީ ހުއްޓުވާފައެވެ.

ލުބުނާނަށް ދިން ހަމަލާތަކާއި މަރުވި މީހުން: އިޒްރޭލުގެ ޖެޓްތަކުން ވަނީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ ރަށްތަކަށް ބޮން އަޅާފައެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ހަމަލާތައް ފެށުނު ފަހުން އެ ގައުމުން މިހާތަނަށް 217 މީހުން ވަނީ މަރުވެފައެވެ.

ރެފިއުޖީންގެ ކަންބޮޑުވުން: ހަމަލާތަކާ ގުޅިގެން ޓަޔަރ އަދި ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުން ގިނަ އަދަދެއްގެ ބަޔަކު ދަނީ ގެދޮރު ދޫކޮށް ފިލަމުންނެވެ. ބެއިރޫތުގެ ސްކޫލްތައް މިހާރު ބޭނުންކުރަމުން ދަނީ ހާލުގައި ޖެހިފައިވާ މީހުން ބައިތިއްބާ މަރުކަޒުތަކެއްގެ ގޮތުގައެވެ.

ޚާރިޖީ ގުޅުންތައް: ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ ހަމަލާތައް ހުއްޓުވުމަށް އެހީތެރިވުމަށް އެކުވެރި ގައުމުތަކަށް ގޮވާލައްވާފައެވެ. ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވަނީ ރައީސް އައުންއާ ފޯނުން ގުޅުއްވައި، ފަރަންސޭސިވިލާތުގެ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

އިރާގުގެ ކުރުދިސްތާން ސަރަހައްދަށް ދިން ޑްރޯން ހަމަލާ: އިރާގުގެ އުރުބީލްގައި ހުންނަ "އަރުޖާން ބައި ރޮޓާނާ" ހޮޓަލަށް ޑްރޯން ހަމަލާއެއް ވަނީ އަމާޒުވެފައެވެ. މިއީ ބޭރު މީހުން ބޭނުންކުރާ ހޮޓާތަކަށް އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން ހަމަލާދީފާނެ ކަމަށް އެމެރިކާ އެމްބަސީން އިންޒާރު ދީފައި ވަނިކޮށް ހިނގި ހާދިސާއެކެވެ.

ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން ހިނގާފައިވާ މުހިންމު ކަންތައްތައް

ހަނގުރާމައަށް އެއް ހަފުތާ: އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި އަސްކަރީ ކެމްޕޭނަށް ހުކުރު ދުވަހު ވަނީ ހަތް ދުވަސް ފުރިފައެވެ. މި ހަނގުރާމަ ފެށުނީ މިދިޔަ ހޮނިހިރު ދުވަހުގެ ގްރީނިޗް މީޑިއަމް ޓައިމުން 06:27 ގައެވެ.

މަރުވި މީހުންގެ އަދަދު އިތުރުވުން

ވޭތުވެދިޔަ ހަފުތާގައި އީރާނުން މަދުވެގެން 1،332 އާންމުން މަރުވެފައިވާއިރު، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ ހަމަލާ އަމާޒުވެފައެވެ. ލުބުނާނުން 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުން 11 މީހުން އަދި އެމެރިކާގެ އަސްކަރިއްޔާގެ 6 މީހަކު ވަނީ މަރުވެފައެވެ.

ހިޒްބުالله ހަނގުރާމައިގެ ތެރެއަށް

މާރިޗު މަހުގެ 2 ވަނަ ދުވަހު ހިޒްބުاللهއިން ހަނގުރާމައިގެ ތެރެއަށް ވަދެ، އިޒްރޭލުގެ އުތުރަށް ހަމަލާދޭން ފެށިއެވެ. މިއާއެކު އިޒްރޭލުން ވަނީ ލުބުނާނަށް ދޭ ހަމަލާތައް ފުޅާކޮށްފައެވެ.

އިންސާނީ ކާރިސާ

އދ. އިން އަންދާޒާކުރާ ގޮތުގައި ހަމަލާތައް ވަރުގަދަވުމުގެ ސަބަބުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުން މަދުވެގެން 330،000 މީހުން ވަނީ މަޖުބޫރުވެގެން ގެދޮރު ދޫކޮށް ގޮސްފައެވެ.

ޔޫރަޕްގެ ބައިވެރިވުން

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ސްޕެއިން ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ އެކުވެރިންގެ މަސްލަހަތު ހިމާޔަތްކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވެފައެވެ.

ހަކަތައިގެ ބާޒާރަށް އައި ލޮޅުން

ދުނިޔޭގެ ތެލުގެ 20 އިންސައްތަ ސަޕްލައި ކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރަށް ބުރޫއެރުމާ ގުޅިގެން، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ސަރަހައްދީ ހަމަލާތައް ފުޅާވުން

އީރާނުން ވަނީ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފައެވެ. މީގެ ތެރޭގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ބަހްރޭން، ކުވައިތު، ޤަޠަރު، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ހިމެނެއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތާއީދު

އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން ވަނީ ހަނގުރާމަ ހުއްޓުވުމަށް ހުށަހެޅި ގަރާރުތައް ބޭރުކޮށްލާފައެވެ. މިއާއެކު، އީރާނާ ދެކޮޅަށް ރައީސް ޓްރަމްޕް ކުރިއަށް ގެންދަވާ އަސްކަރީ ކެމްޕޭނަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތާއީދު އޮތްކަން ވަނީ ހާމަވެފައެވެ.

އީރާން-ޔޫއެސްއޭ-އިޒްރޭލްހިޒްބުﷲހޯރްމޫޒް ކަނޑުއޮޅިލުބުނާން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެއްޖެ ކަމަށް އީރާނުން ބުނެފި

އީރާނުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން މަރުވެ ނުވަތަ ޒަޚަމްވެއްޖެ ކަމަށް އީރާނުން ބުނެފި

08 މާރިޗު 2026
އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

އީރާން ބައިބައިކުރަން އެމެރިކާ އިން ރޭވި ރޭވުންތައް ނާކާމިޔާބު: ލާރިޖާނީ

08 މާރިޗު 2026
ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

07 މާރިޗު 2026

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު