Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ސަރުކާރު މުޅިން ނައްތާލުމަށް، ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލައިފިން: ނަތަންޔާހޫ

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ދެމުން އަންނަ ހަމަލާ ތަަކަށް ހަފުތާއެއް ވެފައިވާއިރު، ނަތަންޔާހޫ ވިދާޅުވީ އީރާންގެ ވެރި ރަށް ތެހެރާން މިހާރު އޮތީ އެމެރިކާ އާއި އިޒްރޭލްގެ ފުރިހަމަ ބާރުގައި، އެ ޤައުމު ތަކުގެ އަތް ދަށުގައި ކަމަށް. އޭނާ ވިދާޅުވީ، އީރާންގެ ސަރުކާރު ނައްތާލުމުގެ އިތުރުން، އެ ސަރަހައްދުގައި ޙާސިލު ކުރަން ބޭނުންވާ ގިނަ މަޤުސަދު ތަކެއް ވެސް އެބަހުރި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 07:21
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އީރާންގައި މިހާރު އޮތް މުޅި ސަރުކާރު ނައްތާލުމަށް، އިޒްރޭލް އިން ހަރުދަނާ ނިޒާމީ ރޭވުމެއް އެކުލަވާލާފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ، ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އެންމެ ބާރުގައި ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން އީރާން އަށް ދެމުން އަންނަ ހަމަލާ ތަަކަށް ހަފުތާއެއް ވެފައިވާއިރު، ނަތަންޔާހޫ ވިދާޅުވީ އީރާންގެ ވެރި ރަށް ތެހެރާން މިހާރު އޮތީ އެމެރިކާ އާއި އިޒްރޭލްގެ ފުރިހަމަ ބާރުގައި، އެ ޤައުމު ތަކުގެ އަތް ދަށުގައި ކަމަށެވެ. އޭނާ ވިދާޅުވީ، އީރާންގެ ސަރުކާރު ނައްތާލުމުގެ އިތުރުން، އެ ސަރަހައްދުގައި ޙާސިލު ކުރަން ބޭނުންވާ ގިނަ މަޤުސަދު ތަކެއް ވެސް އެބަހުރި ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އެކުވެގެން، އީރާންއާ ދެކޮޅަށް މި ހަނގުރާމަ ފަށާފައި ވަނީ ފެބްރުވަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު އެވެ. އެގޮތުން އެމެރިކާ އާއި އިޒްރޭލް އިން ވަނީ އީރާން އަށް އަމާޒުކޮށް އެ ދުވަހު ވަރުގަދަ ހަމަލާ ތަކެއް ދޭން ފަށައިފަ އެވެ. އެ ހަމަލާ ތަކުގައި ޖެހިގެން އައި އާދީއްތަ ދުވަހު އީރާންގެ އެންމެ މަތީ ވެރިޔާ، އަދި ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާއިރު، އެއީ އެމެރިކާ އާއި އިޒްރޭލްގެ އެންމެ ބޮޑު މަޤުސަދެވެ. 

އިސްރާއީލާއި އެމެރިކާ ގުޅިގެން އިރާނާ ދެކޮޅަށް މި ހަނގުރާމަ ފަށާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ތެހެރާނަށް ދިން ވަރުގަދަ ހަމަލާތަކަކުންނެވެ. އެ ހަމަލާތަކުގައި އިރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާކަން ވެސް ނަތަންޔާހޫގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. 

ޤައުމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ކާމިޔާބީއާ ހަމައަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ރައްޔިތުންނާއި ސިފައިން ބޭނުންވާ ކަމަށާއި، އެކަމުގެ ޔަޤީންކަން އޭނާ ދެއްވާ ކަމަށެވެ. އަދި އިޒްރޭލް އާއި އެމެރިކާގެ އަސްކަރިއްޔާ އިން ދެމުން އަންނަ ވަރުގަދަ ހަމަލާ ތަކުގެ ސަބަބުން، އީރާންގެ ވައިގެ ސަރަހައްދު މިހާރު އޮތީ އެ ޤައުމު ތަކުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ނަތަންޔާހޫ ތަކުރާރުކޮށް ވިދާޅުވި އެވެ. 

މީގެ އިތުރުން އެ ބަޔާނުގައި އީރާންގެ ރައްޔިތުންނަށް ނަތަންޔާހޫ ވިދާޅުވީ، އީރާންގެ އަނިޔާވެރި ވެރިކަމުން އެ ރައްޔިތުން ސަލާމަތްކޮށް، މިނިވަން ކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށެވެ. އަދި އިޒްރޭލް އިން މިހާރު ކުރަމުންދާ މަސައްކަތް ތަކުގެ ސަބަބުން މެދު އިރުމަތީގެ ބާރުގެ މިނިވަން ކަމަށް ބޮޑެތި ބދަލު ތަކެއް އައިސް، އަދި މުޅި ސަރަހައްދު ބަދަލުވަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބު ތަކަށް ބަލާއިރު، ހަނގުރާމައިގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނި ވެސް އީރާން އަށް 3،400 އަށް ވުރެ ގިނަ ވައިގެ ހަމަލާ ދީފައިވެ އެވެ. މި ހަމަލާ ތަކުގައި ގާތް ގަނޑަކަށް 7،500 ބޮން ބޭނުން ކޮށްފައިވާ ކަމަށް ވެސް އިޒްރޭލްގެ އަސްކަރިއްޔާ އިން ވަނީ މައުލޫމާތު ދީފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އިޒްރޭލްބެންޖަމިން ނަތަންޔާހޫއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-އެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

އީރާންގެ ވެރިކަން ބަދަލުކޮށް، ދާޚީލީ ހަނގުރާމަ ފެށުމަށް ކުރާ މަސައްކަތާ ދެކޮޅަށް ތުރުކީގެ ވަރުގަދަ އިންޒާރެއް

08 މާރިޗު 2026
އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

އިންޒާރުތަކަށް ބެލުމެއްނެތި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް އީރާނުން ޑްރޯން ހަމަލާދީ ގޮއްވާލައިފި

08 މާރިޗު 2026
އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

އީރާނުން އެއްވެސް ހާލެއްގައި އަމާން ނުދޭނެ: ރައީސް ޕެޒެޝްކިއަން

08 މާރިޗު 2026
އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

އަވަށްޓެރި ޤައުމު ތަކަށް ހަމަލާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް އީރާންގެ ރައީސް އިއުލާން ކުރައްވައިފި

07 މާރިޗު 2026
ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

ޕުޓިންގެ ފޯނު ކޯލެއް އީރާނުގެ ރައީސް ޕެޒެޝްކިއާން އަށް، ވިދާޅުވީ ޚާމާނައީ އަވަހާރަ ކޮށްލުމަކީ ހިތާމައެއް ކަމަށް

07 މާރިޗު 2026

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު