Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެންނަ ނުފެންނަ ވޯޓު

ފެންނަ ނުފެންނަ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަމެއް ނެތް: އަލީ ހުސައިން

ދެ އިންތިޚާބު އެއްކޮށްލުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކީ މުޅި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލުމަށް ކުރާ ކަމެއް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. މި ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ، ބާރުތައް މަސްހުނިވެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލި، ކުރިއަށް އޮތް ތަނުގައި މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވި. އެހެންކަމުން، މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ ތަރަހައިން ބޭރުން ކޮށްފައިވާ ގޯސް ސުވާލެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.

މަޚްތޫމް
މަޚްތޫމް | 8 މާރިޗު 2026 | އާދީއްތަ 14:36
"ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން

"ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު އަލީ ހުސައިން | ރާއްޖެ އެމްވީ

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ހަމައެކަނި ފެށުމެއް ކަމަށާއި، އެ ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ، މިނިވަން އަދި ދެފުށްފެންނަ އިތުރު އިންތިޚާބެއް ބާއްވާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

 "ދެ އިންތިޚާބު އެއްކުރަން ނުފެނޭ" ނަމުގައި އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި ރައްޔިތުންގެ މެދުގައި ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓަކީ މުޅި ދައުލަތުގެ ނިޒާމު ގަޑުބަޑުކޮށްލުމަށް ކުރާ ކަމެ ކަމަށެވެ. އޭނާ ވިދާޅުވީ މި ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެ ނަމަ، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަކި ބިލެއް ތަސްދީގު ކުރައްވާނެތޯ ނުވަތަ ނޫންތޯ އެއީ ރައްޔިތުންގެ ގާތުގައި އަހަންޖެހޭ ސުވާލެއް ނޫން ކަމަށެވެ. އެއީ ގާނޫނުއަސާސީން ރައީސަށް ދީފައިވާ އިޚުތިޔާރީ ބާރެއް ނުވަތަ ޑިސްކްރިޝަނަރީ ޕަވަރއެއް ކަމަށާއި، އެ ބާރު ބޭނުންކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ ހަމައެކަނި ރައީސަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރައްޔިތުންގެ ގާތުގައި އަހަންޖެހޭނެ ހަގީގީ ސުވާލަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށް ވާއިރު، މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ގާނޫނުއަސާސީގެ ތަރަހައިން ބޭރުން ކޮށްފައިވާ ގޯސް ސުވާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޤާނޫނުއަސާސީގެ އެންމެ އަސާސީ ސިފައަކީ އިނގޭތޯ، ސެޕަރޭޝަން އޮފް ޕަވަރ، އިސް ތިން ބާރު ވަކިވެގެން ވުން. އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓުދިނީވެސް ތިން ބާރު ވަކިކޮށްފައި ބާއްވަންވެގެން. އެހެންނަމަވެސް، ތިން ބާރު ވަކިވާއިރުގައި، ދެ ބާރުގެ މީހުން، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ނިސްބަތް ހޮވަން ބޭނުންވާ މީހުން އަތުގުޅައިގެންގޮސް، އެކީއެކައްޗަކަށް އަތުގުޅައިގެންގޮސްފައި ހޮވުނީމާ، ދެން ކިހިނެއްތޯ އަޅުގަނޑުމެން ދައުލަތުގެ ވެރިންނާ ސަރުކާރު ޖަވާބުދާރީނުކުރެވޭ ކަމަށް ވާނަމަ، ކިހިނެއްތޯ އަޅުގަނޑުމެންނަށް ހޯދޭނީ؟ އެ ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރަނީ ކިހިނަކުންތޯ ކޮންގޮތަކަށްތޯ؟ އަޅުގަނޑުމެން ހޯދޭނެ އެއްވެސް ގޮތެއް ނޯންނާނެ.
ގާނޫނީ ވަކީލު އަލީ ހުސައިން

މީގެ އިތުރުން، މިހާރުވެސް ރައްޔިތުންނާ ގުޅުންހުރި އެތައް މައްސަލައެއް ސުޕްރީމް ކޯޓުގައި ނުނިމި "ޕާކުކޮށްފައި" ހުރިކަން އަލީ ހުސައިން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަތައް ހިމެނޭއިރު، އިލެކްޝަންސް ކޮމިޝަނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި އޮތް ތަނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ. އެހެންކަމުން، މިހާރުވެސް ރާއްޖޭގައި މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމުދުން މި އިންތިޚާބު، މި ރިފަރެންޑަމް ކާމިޔާބުކޮށްފިއްޔާ ދެން އަންނާނީ ހަމަ އެއްކަލަ ލޯކަލް ކައުންސިލުތަކާ ބާއްވާހެން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާހެން އެންމެ ގިނަ ވޯޓު ލިބޭ މީހާއަށް ހޮވެނީއޭ. އެހެންވީމާ، އެއާއެކީގައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއާ އެކީގައި ނުކުމެ ދައުލަތުގައި ހުރިހާ ވަސީލަތްތަކާއި، ފައިސާއާއި، މުދަލާއި، މީޑިއާއާ އިނގޭތޯ. ވަޒީފާއާއި، ޕްރޮޖެކްޓްތަކާއި ހުރިހާ އެއްޗެއް އެކަނި ނުކުމެ، އަދި ސުޕްރީމް ކޯޓުން ބޭނުންވެއްޖެއްޔާ ނިންމަންވެސް ނިންމާނީ ޑރ. މުއިއްޒު މޮޅުވިއްޔޭ ނިންމާ ހިސާބަށް ދާނީ އިނގޭތޯ.
ގާނޫނީ ވަކީލު އަލީ ހުސައިން

އަލީ ހުސައިން އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުންވެސް ނިންމުންތައް ނިންމާނީ ސަރުކާރު ބޭނުންވާ ގޮތަށް ކަމަށް ވުމުގެ ބިރު އެބައޮތް ކަމަށެވެ. މުޅި ގާނޫނުއަސާސީ ގަޑުބަޑުވާ ފަދަ ކަންކަން ކުރަން އުޅޭއިރު، މިއީ ނިޒާމީ ގޮތުން ގައުމު ނުރައްކަލަކަށް ވައްޓާލުން ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަލީ ހުސެއިންރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓުއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

08 މާރިޗު 2026

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

08 މާރިޗު 2026
ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟
08 މާރިޗު 2026

އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު

08 މާރިޗު 2026
އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު
08 މާރިޗު 2026

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު
07 މާރިޗު 2026

ރައީސް މުއިއްޒުގެ ކޮއްކޯފުޅު، މެންބަރު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެ

07 މާރިޗު 2026
ރައީސް މުއިއްޒުގެ ކޮއްކޯފުޅު، މެންބަރު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކުރި މައްސަލައެއް ފެންމަތިވެއްޖެ
06 މާރިޗު 2026

ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް

06 މާރިޗު 2026
ރައްޔިތުން ކައިރި އަށް ވެރިން ނުދާ ނަމަ ރައްޔިތު މީހާ އަށް ސަރުކާރުން ލިބޭނެ އެކައްޗެއް ވެސް ނެތް: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު