Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޕިކަޕް ޖަލްސާ

ނިޔާޒް: އިންތިހާބުގެ ހަރަދަކީ އިސްރާފެއް ނޫން، އަސާސީ ހަރަދެއް.

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ހީލަތްތެރި ރޭވުމެއް ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީ އިން ރައްޔިތުންނަށް ގޮވާލައިފި. އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިސް ބޭފުޅުން ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންވީ ވަގުތު ކަމަށާއި، ގާނޫނަށް ބަދަލު ގެނެސްގެން ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ފުރުސަތު ނުދިނުމަށް އިލްތިމާސްކުރާ ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 03:13
އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާ ގައި ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާ ގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

އިންތިހާބުތަކަށް ހިނގާ ހަރަދުތަކަކީ ދައުލަތުން ކޮންމެހެން ކުރަންޖެހޭ، އަސާސީ ހަރަދުތަކެއް ކަމަށާއި، އެއީ އިސްރާފެއް ނުވަތަ ދައުލަތަށް އޮތް މާލީ ބުރައެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ހަވީރު މައްޗަންގޮޅި ބުރު ސަރަހައްދުގައި އެމްޑީޕީ އިން ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، ކޮންމެ ދައުލަތެއްގައި ވެސް އަސާސީ ގޮތުން ކޮންމެހެން ކުރަންޖެހޭ ހާއްސަ ހަރަދުތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން ކަންކަމާ މެދު ރައްޔިތުން ދެކޭ ގޮތް ހޯދުމަށާއި، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ބާއްވާ އިންތިހާބުތަކަކީ އެފަދަ މުހިންމު އަސާސީ ހަރަދެއް ކަމަށާއި، އެއްވެސް ހާލެއްގައި އެއީ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމެއް ނުވަތަ ދައުލަތަކުން، ކޮންމެހެން ކުރަން ޖެހޭ އަސާސީ ހަރަދު ތަކެއް ހުންނާނެ. އެ އިން ހަރަދެއް އެއީ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ ގާތަށް ގޮސް އެމީހުންގެ ކަންތައްތަކާމެދު ދެކޭގޮތް ދެނެގަތުމަށްޓަކައި ދައުލަތުން ކުރާ ހަރަދު. އެއީ އިސްރާފެއް ނޫން. އެއީ ބޮޑު އަދަދެއް ނޫން. އެއީ ކޮންމެހެން ކުރަން ޖެހޭ ހަރަދެއް.
އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއަރޕާސަން އަލީ ނިޔާޒް

ނިޔާޒްގެ ވާހަކަފުޅުގައި، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ތުހުމަތު ކުރެއް ވިއެވެ. އަދި މިކަމާ ގުޅިގެން ނަގާ ވޯޓުގައި ހުރިހާ ރައްޔިތުން ވެސް "ނޫނެކޭ" ބުނުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. މިއީ މި ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ބޮޑުކޮށް ނޫނެކޭ ބުނަންވީ ވަގުތު ކަމަށާއި، ދައުރުގެ މެދުތެރެއިން އަންނަ މި އިންތިހާބުގައި ރައީސް މުއިއްޒަށް ރައްޔިތުންގެ ނުރުހުން އޮތްކަން ހާމަކުރަންޖެހޭ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

މި ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީގެ އެހެން ބޭފުޅުން ވެސް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ ބޭފުޅުން ތުހުމަތު ކުރެއްވި ގޮތުގައި، ގާނޫނުތަކަށް ބަދަލު ގެނެސްގެން ރައީސް މުއިއްޒު މި އުޅުއްވަނީ ރާއްޖޭގައި ދިގު ޒަމާންތަކަކަށް ދެމިގެންދާނެ ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރެއްވުމަށެވެ. މިއީ އެ މަގަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ބޭފުޅުން ސިފަކުރެއްވި އެވެ.

މީގެ އިތުރުން، ގައުމުގެ ހާލަތު އަނެއްކާ ވެސް 25 ވަރަކަށް އަހަރު ފަހަތަށް ސޮއްސައިގެން ދިޔަ ނުދިނުމަށްޓަކައި، ކުރިއަށް އޮތް އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިހާބުތަކުގައި ރައީސް މުއިއްޒަށް ބޮޑުތަނުން ނޫނެކޭ ބުނުމަށް އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. މި ޕިކަޕް ޖަލްސާއަކީ ކުރިއަށް އޮތް އިންތިހާބުތަކަށް އަމާޒުކޮށްގެން، ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމްޑީޕީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބޭއްވި ޖަލްސާއެކެވެ.

އަލީ ނިޔާޒްއެމްޑީޕީޑރ. މުހައްމަދު މުއިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026
3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

3 އަހަރު ކުރިން އިކޮނޮމިކް ކައުންސިލުން ދިން ލަފަޔަކާ ގުޅިގެން، ކުރީގެ މިނިސްޓަރު ޝައުނާ އޭސީސީ އަށް ހާޒިރުކޮށްފި

05 މާރިޗު 2026
އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

އީރާނުގެ ލީޑަރު އަވަހާރަ ކޮށްލި ހާދިސާ އާ ގުޅިގެން މުއިއްޒުގެ ސަރުކާރުން އަމަލުކުރީ ކަމާ ބެހޭ ގޮތުން ހެދިފައިވާ ގަވައިދާ ވެސް ޚިލާފަށް!

04 މާރިޗު 2026
ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

ބޮޑު ބަޖެޓެއް ފާސްކޮށް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

04 މާރިޗު 2026
ކޮންމެ ކަމެއްގައި ވެސް "ރައީސް ވިދާޅުވީ"، މިފަހަރު ވަޓްސްއަޕް ގްރޫޕް ވެސް ހައްދަވަނީ "ރައީސް ވިދާޅުވީ" ތީ

ކޮންމެ ކަމެއްގައި ވެސް "ރައީސް ވިދާޅުވީ"، މިފަހަރު ވަޓްސްއަޕް ގްރޫޕް ވެސް ހައްދަވަނީ "ރައީސް ވިދާޅުވީ" ތީ

04 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު