Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް

ސަރުކާރު ޗުއްޓީއަށް ދިއުމުގެ ކުރިން ރޯދަ މަހު ބޭއްވި ފުރަތަމަ މަޖިލީހުގެ ޖަލްސާ: ރައްޔިތުންނަށް އޮޅުވާލަން ކުރިކަމެއްތަ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލުމަށް ފަހު، އާދިއްތަ ދުވަހު ކުއްލި ގޮތަކަށް ބޭއްވި ޖަލްސާގައި މެންބަރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ވަނީ ކުރެވިފައި. ސަރުކާރުގެ މެޖޯރިޓީ އޮތް މި މަޖިލީހުން ރަމަޟާން މަހު ޖަލްސާތައް ނުބާއްވާ މައްސަލައިގައި ފާޑުކިޔުން އަމާޒުވެފައިވާއިރު، މެންބަރުން މަޖިލީހުގެ މަސައްކަތްތަކަށްވުރެ ބޮޑަށް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އިސްކަންދޭ ކަމަށް ގިނަ ބަޔަކު ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 12:57
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. | މަޖިލިސް

ދިވެހިރާއްޖޭގެ ހާލަތު އެންމެ ބޮޑަށް އެނގޭނެ ސާފުކޮށްދޭނެ އެއް އިދާރާއަކީ ރައްޔިތުންގެ މަޖިލީހެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުން އެގައުމުގެ މަސައްކަތްތައް ހުރިނެތް ގޮތާއި، ސަރުކާރުގެ ހާލަތު ވަރަށް ސާފުކޮށް ވަޒަން ކުރެވޭނެ އެވެ. އަދި ޚާއްސަކޮށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ހާލަތު އެނގޭނެ އެވެ. އެއީ ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މެންބަރުން ހަމައެކަނި ކުރައްވާ މަސައްކަތަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެ ވިދާޅުވާ މަސައްކަތް އެކަނި ކަމަށްވާތީ އެވެ. ގައުމާއި، ރައްޔިތުންގެ ހައްގުގައި ބަސްބުނާ ސަރުކާރުގެ މެންބަރެއް މަޖިލީހުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. 

ކަންމިހެން އޮތްއިރު، މިސަރުކާރާއި، މިސަރުކާރުގެ މެންބަރުންނަކީ ވަރަށް ބޮޑަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރާ ބޭފުޅުންގެ ގޮތުގައި ގިނަ ބަޔަކު ދަނީ ތަހުމަތު ވެސް ކުރަމުންނެވެ. އެކަން އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފެނިގެން ގޮސްފަ އެވެ.

ގިނަ ދުވަސްތަކަކަށްފަހު 8 މަރޗް 2026 ވީ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވިއިރު، އެންމެފަހުން ޖަލްސާއެއް ބާއްވާފައިވަނީ 17 ފެބްރުއަރީ 2026 ގަ އެވެ. މިދިޔަ ހުރިހާ ދުވަސްތަކެއްގައި އެއްވެސް ޖަލްސާއެއް ނުބާއްވާ މަޖިލިސް އޮތީ ޗުއްޓީއެއްގަ އެވެ. އަދި އާދިއްތަ ދުވަހު ކުއްލި އަކަށް ޖަލްސާއެއް ބޭއްވިއިރު، ޖަލްސާއިން ފެނިގެންދިޔައީ ޒުވާބު ކުރުމާއި ހަޅޭއްލެވުމާއި ހުތުރު މަންޒަރެވެ. އިދިކޮޅު މެންބަރުންނަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ވެސް ނުދެއްވި އެވެ.

މީގެ އިތުރުން އާއްމު ގޮތެއްގައި އާދިއްތަ ދުވަހަކީ މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރާ ދުވަހެއް ނޫނެވެ. މަޖިލީހުގެ ޖަލްސާތައް ކޮންމެ ދައުރަކަށް، ފެށުމަށް ފަހު އާއްމު ގޮތެއްގައި ޖަލްސާތައް ބާއްވަމުން ދަނީ ހޯމަ، އަންގާރަ، އަދި ބުދަ ދުވަހު އެވެ. 

އެހެންކަމުން އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާ ބޭއްވި މަގުސަދާ މެދު ސުވާލު އުފެދެ އެވެ. 9 މަރޗް 2026 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ކޮށްފައިވާއިރު، ދެން ޖަލްސާއެއް އޮންނާނެ ދުވަހެއް ވެސް ނޭނގެ އެވެ. ނަމަވެސް އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމުން ރަމަޟާން މަސް ތެރޭގައި ވެސް ޖަލްސާއެއް ބޭއްވިކަން ރިކޯޑަށް ފެންނާން އޮންނާނެ އެވެ. 

20 ވަނަ މަޖިލީހުގެ މަސައްކަތްތައް މިހެން އޮތްއިރު، މިއާ ހިލާފަށް އެމްޑީޕީގެ މެޖޯރިޓީގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ވަނީ ބުރަ މަސައްކަތްތައް ކޮށްފަ އެވެ. ރަމަޟާން މަސް ކަމުގައި ވިޔަސް ޖަލްސާތައް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް 20 ވަނަ މަޖިލީހުގައި މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ވެސް ބާއްވާފައިވަނީ އެންމެ 8 ޖަލްސާ އެވެ. އަދި މި ރަމަޟާން މަހު ކުރިއަށް ގެންދިޔަ ފުރަތަމަ ޖަލްސާ ވެސް ނިންމާލިއިރު މަޖިލީހުގެ ޖަލްސާ ދެން ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ. އަދި ގިނަ ދުވަސްތަކެއް މަޖިލީހުގެ ޖަލްސާ ނުބޭއްވި ސަބަބު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ކަންމިހެން އޮތް ނަމަވެސް ޚިދުމަތްތެރި ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މެންބަރުން ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ވަރަށް ފޯރީގައި ކެންޕޭންގެ އެކިއެކި ހަރަކާތްތަކުގައި އުޅުއްވާ މަންޒަރު ފެނެ އެވެ. މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމަށްފަހު މިހާރު މިބޭފުޅުން ކުރައްވާ މަސައްކަތްތަކީ ރައްޔިތުންނާއި ގައުމަށް ހެޔޮ އެދިގެން ކުރާ މަސައްކަތްތަކާ މެދު ސުވާލު އުފެދެ އެއްނުންތޯ އެވެ.

ރައްޔިތުންގެ މަޖިލިސްއެމްޑީޕީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު

އެމްބަސީތަކަށް މަހަކު 54 މިލިއަން ޚަރަދު ކުރާއިރު ބަދަލުގައި ކޯއްޗެއްތޯ ލިބެނީ؟ ކުރާ ޚަރަދާ ގާތަށް ވެސް އެބޭފުޅުން މަސައްކަތް ނުކުރޭ: ޒިޔާދު

08 މާރިޗު 2026
ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

ރައީސް މުއިއްޒު ރަމަޟާން މަހު ރޯދައަށް ހުންނަވައިގެން ވަރަށް ތެދުވެރިކަމާ އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާ އެކު ގައުމު ހިންގަވާ: މެންބަރު ސުޖާއު

08 މާރިޗު 2026
އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

އެމްޑީޕީން ރައްޔިތުންނަށް ދައްކަނީ ސިޔާސަތުތަކެއް، ޕީއެންސީން ދައްކަނީ ކަޅު ދަބަހެއް: ޒިޔާދު

08 މާރިޗު 2026
ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

ރައީސް ސޯލިހު ރައީސް މުއިއްޒަށް: އެވަގުތަށް ތިމާއަށް ފައިދާވާ ގޮތަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ، އިންތިޚާބުތައް އެއްކޮށްގެން 2028 ގައި ލަނޑެއް ލިބިވަޑައިގެންފާނެ

08 މާރިޗު 2026
އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

އޮފީހަށް ގޮސް "އިނގިލި ޖަހާފަ" ގެއަށް ދިއުމުގެ ސަގާފަތް ދަސްކޮށްދިނުމަކީ ޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން: މާރިޔާ

07 މާރިޗު 2026

އަހަރުތަކުން މިއަދު

8 މާރިޗު
ޕިއްޒާ ޕޮޕާސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޕޮޕާސް

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު
20242 އަހަރު ކުރިން
ރާއްޖެ

ގޮނޑިއެއް ކާމިޔާބު ކުރުމަށް ދުވަހަކުވެސް ނުކުރާހާ މަސައްކަތް، ކޮމަންޑޫ ގޮނޑި ރާޑޯއަށް ކާމިޔާބު ކޮށްދިނުމަށް ކުރެވުނު: ސާލިހު

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ފޯއް ރުކަށް އެރުމަށް އުފެއްދީ ސްކޫޓަރެއް

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އޮހިއޯގައި އޮޅުމަކުން ކޮވިޑު ވެކްސިންގެ 2 ޑޯޒް ޖެހި މީހަކު އެނދުމަތި ކުރަން ޖެހިއްޖެ

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ
20197 އަހަރު ކުރިން
ރިޕޯޓު

މިއީ ފަޅުގެއެއް ނޫން، ފުޅަދޫ ކައުންސިލްގެ އިދާރާ

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން
20188 އަހަރު ކުރިން
ތަފާތު ޚަބަރު

އޮޔާ: ހަޔާތުގެ ވާހަކަ އާއިއެކު ރެޕް ރަސްގެފާނު، ޕެސްޓުގެ އެނބުރި އައުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު