Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިހުސާނެވެ. ތަހުގީގަކީ ވެސް ކޯޓަކީ ވެސް އަދި ފަނޑިޔާރަކީ ވެސް ތިއައީތޯ އެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ ދަރިފުޅުގެ ވީޑިއޯއެއް ނެގި މައްސަލައިގައި، ގާނޫނީ އިޖުރާއަތްތަކުން ބޭރުން އަމިއްލަފުޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވުމަކީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭ. ފުލުހުންގެ މުއައްސަސާގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ހުންނަވައި، ގާނޫނު އަމިއްލަ އަތަށް ނަންގަވައިގެން ބިރުދެއްކުމުގެ ބަދަލުގައި، މިފަދަ މައްސަލަތައް ހައްލުކުރަންވާނީ ކަނޑައެޅިފައި ހުންނަ ގާނޫނީ ހަމަތަކުގެ މަތިން. އެހެންކަމުން، ހެކި ހުރި ނަމަ މައްސަލަ ރަސްމީކޮށް ހުށަހެޅުމުގެ ބަދަލުގައި ޖަޒުބާތުގައި ވާހަކަދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 14:27
ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން

ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން | ރައީސް އޮފީސް

އެއްވެސް ހާލެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނާނެ ގޮތަށް ހެދުމަކީ އަދި އަމަލުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެކަން ކުށްވެރި ކުރަމެވެ. ނަމަވެސް ތިމާގެ އަތުގައި އާރާއި ބާރު އޮތުމުން ތިމާއަށް ކަންކަން ކުރެވޭނެ ކަން ދައްކާ، މީހުންނަށް ބިރުދައްކާ ނަމަ ގޯހެވެ. ގާނޫނާއި ގަވާއިދުތައް ހެދިފައި ވެސް އޮންނަނީ ކަމެއް ވީމަ އެވެ. ވަކިން ހާއްސަކޮށް ގާނޫނު ނަގަހައްޓާ ދަމަހައްޓާ މުއައްސަސާގެ ވެރިއެއް ގާނޫނުގެ ތަރަހައިން ބޭރުން ކަންކަން ކުރުމުން އެއީ މޮޅުކަމެއް ނޫނެވެ. އެއީ ދެއްކުންތެރިކަމައި ބޮޑާ ކަމެވެ. 

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ އޭނާގެ ދަރިފުޅުގެ ވީޑިއޯއެއް ނެގުނު މައްސަލައިގައި ގާނޫނީ ހަމަތަކަށް އިހުތިރާމު ނުކުރައްވައި ގާނޫނު އަމިއްލަ އަތަށް ނަގައި ހިންގަވަން އުޅުއްވާ ކަމަށް ބެލެވޭ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. ފުލުހުންގެ މަސައްކަތްތައް ބައްލަވަން ހުންނަވާ އެންމެ އިސް މަގާމުގައި ހުންނަވައިގެން މިނިސްޓަރު ވަނީ ގާނޫނީ އިޖުރާއަތްތަކަށް ބަދަލުގައި އަމިއްލަ ގޮތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ބުނެފަ އެވެ. 

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ދިހަ އަހަރު ނުވާ ދަރިފުޅުގެ ވީޑިއޯ ނެގި ފަރާތްތަކަށް ވީޑިއޯ ނަގައިގެން ނުވާނެ ކަމަށާއި އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ އަންހެނުންނާއި ދަރިފުޅުގެ ފޮޓޯއެއް ނެގުނީ އެމަނިކުފާނަށް ދައުލަތުން ދެމުންގެންދާ ސެކިއުރިޓީއާ ގުޅިގެން ކަންބޮޑުވެގެން ކަމަށެވެ. ނަމަވެސް ދައުލަތުގެ ވެރިއަކަށް ދެމުންގެންދާ ސެކިއުރިޓީއާ ބެހޭ ގޮތުން ސުވާލުއުފެއްދުމަކީ ރައްޔިތުންގެ ހައްޤެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ވީޑިއޯ ނެގުނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ކެމެރާއެއްގެ ދަށުގައި ކަމަށާއި އެކަން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވީޑިއޯ ނެގި ފަރާތްތަކަށް އެމަނިކުފާނު ވާހަކަ ދައްކަވާނެ ކަމަށާއި ކުރިއަށް އޮތް ތާގައި ވެސް އެކަން ކުރައްވާނެ ކަމަށެވެ. އަދި އެ ފަރާތްތަކުން އެ ކުރީ ޖިނާއީ ކުށެއްތޯ ނުވަތަ ދައުލަތުން ބަދަލުވެދޭ ސަބަބު މައްސަލައެއްތޯ ބަލާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ މިހާތަނަށް ކޯޓަށް ދާން ނުވަތަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުޤީޤުކޮށްދޭން އެދިފައި ނުވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ވީޑިއޯ ނެގި ފަރާތްތަކުން އެ ކުރީ ރޯދަމަހެއްގައި ހަވީރު ކަމަށާއި އެކަމަކީ ޣައިރު ޒިންމާދާރު ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނާއި އެ ކުދިންގެ ކަރާމާތަށް އަރައިގަންނަ ކަންކަން ކުރާ ކަމަށް ވެއްޖެއްޔާ އެ މީހުންގެ ވާހަކަ އެމަނިކުފާނު ދައްކަވާނެ ކަމަށް ވިދާޅުވި އެވެ. އިހުސާނެވެ. މިއީ ކުރިންވެސް ބުނިހެން ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ކަމެއް ކުރުމަކީ ގޯހެކެވެ. އެކަން ކުށްވެރި ނުކުރެވޭނެ އެއްގޮތެއްވެސް ނެތެވެ. ނަމަވެސް ވެރިއަކަށް ހުންނަވާ އަމިއްލަފުޅަށް ހޭވި ހަޑިއަކާއެކު ބަޔަކަށް އިންޒާރުދީ ވީޑިއޯ އެބަހުއްޓޭ ބުނެ ބްލެކްމެއިލް ކުރުމަކުން ތިޔަ ކުރެވެނީ އެހާ ތާހިރު ކަމެއް ނޫނެވެ. 

ބަޔަކު ވީޑިއޯ ނެގި އިރު މަނިކުފާނުގެ އަނބިކަނބަލުން ވެސް އެއިން ފެނެއެވެ. ނަމަވެސް ހުއްޖަތަކަށް ކުޑަކުއްޖެއް ދެއްކީ ވެސް މަނިކުފާނެވެ. އަދި އެވާހަކަ ތަކުރާރުކުރީ ވެސް މަނިކުފާނެވެ. ތި މައްސަލަ ސަރުކާރުގެ ރަސްމީ އެކައުންޓަކުން ކުރުމަށްވުރެ އަމިއްލަ އެކައުންޓުން ކުރި ނަމަ ސުވާލެއް އުފައްދާކަށް ވެސް ނުޖެހޭނެ އެވެ. ސަރުކާރުގެ ރަސްމީ އެކައުންޓުން އަމިއްލަށް މައްސަލަ ބަލާ، އަމިއްލައަށް ގާނޫނު ހަދައި، އަމިއްލަ އަށް ކޯޓު ހަދާ އަމިއްލައަށް ހުކުމް ކުރުމުން އެއަށް ކިޔޭނީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ. އެކަން މަނިކުފާނަށް ޖަޒުބާތުގައި ނަމަވެސް ކުރެއްވުނީތީ މިހާރު އެޅުނު ޅައެއްޗެއްގެ ބޮޑުކަމުން އަނެއްކާވެސް ތި ދެއްކެވި ވާހަކައިން ތިވީ  އިތުރަށް ބޭޒާރެވެ. 

މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުންނަށް އަބުރުގެ ދަޢުވާ ކުރައްވަން ވީނަމަ ކުރައްވަން ވީ ކަމަށާއި އެމަނިކުފާނު ޖަވާބުދާރީވާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވެވޭނެތޯ އެ ބޭފުޅުން ކުރެއްވި އަމަލު ސުވާލު ކުރެއްވި އެވެ. އިހުސާނެވެ. މައްސަލައެއް ޖެއްސީ މަނިކުފާނެވެ. އެ މައްސަލަ އެކަމަކު އޮންނަންވާ މަގުން ނުގެންދިވީ ވެސް މަނިކުފާނެވެ. ފުރައްސާރައިގެ މައްސަލައެއްގެ ގޮތުގައި، ނުވަތަ ނުރައްކާ އޮތްކަމަށް ބަލައި މައްސަލަ ޖެއްސި ނަމަ ވެސް ފުލުހުން އެކަން ބަލާނެ އެވެ. ނަމަވެސް އަމިއްލައަށް ކޯޓު ހަދައިގެން މޮޅެއް ވާން ވެގެން ކުރި ކަންތައް އަތަށް ގޮވީމާ ދެން އެހެން ބަޔަކު ދައުވާ ކުރޭތޯ ނުކުރޭތޯ ބަލާކަށް ވެސް ނުޖެހެ އެވެ. މިހާރުވެސް ތި މައްސަލަ ހުށަހަޅައިފި ނަމަ މަނިކުފާނު ތިކަމުގައި ގޯސް ހަދާފައި އޮތްކަން މާ ސާފުކޮށް ވެސް ފެންނާނެ އެވެ. 

މިނިސްޓަރު ވިދާޅުވީ އެމަނިކުފާނުގެ ގޭގައި ހުރި ދެ ކެމެރާއިން ވީޑިއޯ ނެގި ދެ ބޭފުޅުން ވަރަށް ސާފުކޮށް ފެންނަ ކަމަށާއި ތަހުޤީޤަކަށް ގޮސްފި ކަމަށް ވާނަމަ ހެކި އެބަހުރި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކެމެރާތަކާއި ފުލުހުންގެ ކެމެރާތަކާއި އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުގެ ކެމެރާތަކަށް ވެސް އެ މަންޒަރު އަރާނެ ކަމަށް ވިދާޅުވި އެވެ. ހެކި ހުރެމެ މައްސަލަ ނުޖައްސާނީ ކާކުހެއްޔެވެ. އަހަރެން ނަމަވެސް އަދި ކިތައްމެ ނިކަމެތި މީހެއް ނަމަވެސް ދަރީގެ ކަމެއްގައި އެކަން ގެންދަންޖެހޭ ހިސާބަށް ނުގެންދާނީ ކާކުހެއްޔެވެ. އެހެންވީމަ ޖަޒުބާތުގައި ދެކެވުނު ވާހަކައެއް ތެދުކުރަން ދޮގު ހަދައި އަތަށް ގޮވީމާ ދެން ލައްކަ ބަހަނާއެއް ދެއްކޭނެ އެވެ. އަދި ދައްކަން ވެސް ޖެހޭނެއެވެ. ހެކި ހުރިނަމަ މިހާރު ތި މައްސަލަ ފުލުހަށް ހުށަހަޅައި މަނިކުފާނުގެ ނުފޫޒުން ތި މައްސަލަ ނުބަލާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. 

ނަމަވެސް ފުލުހުންގެ މުއައްސަސާގެ އިސް ވެރިއަކަށް ހުންނަވައި މިނިސްޓަރަކު ގާނޫނީ އިޖުރާއަތްތަކަށް ބެލުމެއް ނެތި އަމިއްލަ ގޮތުން ފިޔަވަޅު އެޅުއްވުމަކީ ގާނޫނީ ހަމަތަކަށް އިހުތިރާމު ނުކުރައްވާ ކަމެވެ. ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެ، އިންޒާރުދީ ބިރު ދައްކަވައި ހެއްދުވުމަކީ، ގާނޫނު އަމިއްލަ އަތަށް ނަންގަވައި ހިންގަވަން އުޅުއްވާ ކަމަށް ބެލެވޭނެ ކަމެކެވެ. މިއަދު ތިއީ އާންމު ފަރުދެއް ނޫނެވެ. ތިއީ ހޯމްލޭންޑް މިނިސްޓަރެވެ. 

އަލީ އިހުސާންހޯމްލޭންޑް މިނިސްޓްރީސިޔާސަތުތައްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

ދޮޅުމަސް ތެރޭގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި، ދެ މިލިއަން ސިނގިރޭޓުގެ އިތުރުން 7،000 ވޭޕް އަތުލައިގަނެފި

05 މާރިޗު 2026
އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

އަކްރަމް އާއި ވަހީދު ވީޑިއޯ ނެގި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރު އިހުސާން ކޯފާ އިސްކުރައްވައި، ޒާތީވެވަޑައިގެން އިންޒާރު ދެއްވައިފި

05 މާރިޗު 2026
ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

ޖިންސީ ކުށްވެރިޔާ އެޕްސްޓީންއާއި ވަހީދާއި ގުޅުމުގެ މައްސަލައިގައި އިސްތިއުފާ ދެއްވަން އެންގި ނަމަވެސް މައްސަލަ ތަހުގީގު ކުރަން ރައީސް މުއިއްޒު ނާންގަވާ އަދި ފުލުހުންވެސް އެކަން ނުބަލާ

05 މާރިޗު 2026
ހުއިފިލަނޑާތައް ނީލަން ކިޔަން ނިންމީ އެތަކެތި ހަލާކުވާނެތީ، ތަކެތީގެ ވެރިފަރާތް ކަނޑައެޅުމުން އެ ފައިސާ އެމީހަކަށް ދޭނަން: އިޙްސާން

ހުއިފިލަނޑާތައް ނީލަން ކިޔަން ނިންމީ އެތަކެތި ހަލާކުވާނެތީ، ތަކެތީގެ ވެރިފަރާތް ކަނޑައެޅުމުން އެ ފައިސާ އެމީހަކަށް ދޭނަން: އިޙްސާން

05 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

ދެ އިންތިހާބު އެއްކޮށްލަނީ 2028 ވަނަ އަހަރު ރައްޔިތުން މުއިއްޒު އަށް ނޫނެކޭ ބުނާނެތީ ބާރާ ނުފޫޒު ފޯރުވައިގެން އިންތިޚާބު ނެގުމަށް: ރައީސް ސޯލިހު

05 މާރިޗު 2026

އަހަރުތަކުން މިއަދު

26 މާރިޗު
އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ވެރިކަމެއްގައި ހަލާލު ސްޓިކާ އިންނަން ޖެހޭނެ، ރައީސް މުއިއްޒުގެ މި ވެރިކަމުގައި ހަލާލު އިސްޓިކާއެއް ނެތް: ބޮންޑާ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

މުލީއާގެއަށް ގަތް އަގުބޮޑު ފެނުގެ ވާހަކަ ތިލަވުމާއެކު އެއީ ހަދިޔާކުރި އެއްޗެއްކަމަށް ސަރުކާރުން ބުނެފި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!
20233 އަހަރު ކުރިން
ރިޕޯޓު

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން
20224 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ސަރުކާރުގެ ފަސް އަހަރު މުޒާހަރާކުރުން މަނައެއް ނުކުރަން، އެކަމަށް ހުއްދަ ދިނިން: ރައީސް ޔާމީން

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ޓިކްޓޮކް: ޖީލެއް ހަލާކުވެދާ އިރު މުއައްސަސާތައް ނިދާފައި!

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން
20197 އަހަރު ކުރިން
ރިޕޯޓު

ގުއިރޯނު ދަމައި، އޭގައި އަމިއްލައަށް ޖެހޭ ބަޔަކު މި ނޫނިއްޔާ ނުދެކެން

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް
20188 އަހަރު ކުރިން
ރިޕޯޓު

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު